ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްއަށް 10 މެޑިކަލް އޮފިސަރުން ހޯދަން އިއުލާނު ކޮށްފިއެވެ.

މިއަދު ކުރި އިއުލާންގައި ބުނެފައި ވަނީ، އެ ހޮސްޕިޓަލްގެ މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓަށް މެޑިކަލް އޮފިސަރުން ބޭނުންވާ ކަމަށެވެ.

މި މަގާމަށް ހޮވޭ ފަރާތްތަކަށް 30،000 އަށްވުރެ ބޮޑު މުސާރައެއް ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި އެލަވެންސްތައްވެސް ހިމެެނެއެވެ.

އެ އިއުލާނުގައިވާގޮތުން، މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮގަސްޓްގެ ގެ ކުރިން އެ ހޮސްޕިޓަލްގެ އީ-މެއިލް [email protected] އަށް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.