އައިޖީއެމްއެޗުގެ ކެތު ލެބުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

އައިޖީއެމްއެޗުގެ ކެތު ލެބުގެ ހިދުމަތް މެދު ކެނޑުނީ އިއްޔެއެވެ. އެއާއެކު އެ ލެބުން ދެމުން ގެންދާ ހުރިހާ ހިދުމަތެއް މިހާރު ވަނީ ހުއްޓިފައެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކެތު ލެބުގެ ހިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ދެން ހިދުމަތް ފެށޭވަރު ވާނީ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށެވެ.

ކެތު ލެބަކީ ހިތުގެ ބަލިތަކަށް ހާއްސަކޮށްގެން ފަރުވާ ދޭން ޓެސްޓުތައް ހަދާ ލެބެކެވެ.

ގްރޭޓާ މާލޭގައި އައިޖީއެމްއެޗުގެ އިތުރުން އޭޑީކޭ އަދި ޓްރީޓޮޕްގައި ވެސް ކެތު ލެބު ގާއިމުކޮށްފައިވާ އިރު އައްޑޫގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ވެސް ކެތު ލެބުގެ ހިދުމަތް ފަށަން ދަނީ މަސައްކަތް ކުރަމުން ނެވެ.

އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާ ފަސް ހޮސްޕިޓަލެއްގައި ވެސް ކެތު ލެބު ހެދުމުގެ ވިސްނުން އެބަހުރި ކަމަށް ސަރުކާރުން ބުނެއެވެ.

ރާއްޖޭގައި ހިތުގެ ބަލިތައް ވަރަށް އާންމެވެ. އަދި ބައި ޕާސް ފަދަ ސާޖަރީތައް ވަރަށް ގިނައިން ހަދާކަން ފާހަގަކޮށްލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ފެއިލް ވި ސަބަބު ވިދާޅުވެދެއްވަބަލަ؟ އެތާތިބި ބަލިމީހުން ނަށް ނުރައްކަލެއް އެބަ އޮތްތަ؟ ޒިންމާދާރު ނޫސްވެރިކަން ކުރައްވަބަލަ.!

    11