މިރޭ މަޖިދީ މަގު ފުރާލާ ދިވެހި ރައްޔިތުންގެ ބާރު ދައްކާލަން ޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ދާދި ދެންމެއަކު މ. ކުނޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ދިވެހި ޖުޑިޝަރީ އަށް ވަނީ އުދުވާނީ ހަމަލާއެއް އައިސްފައި ކަމަށާއި ގާނޫނު އަސާސީ އިނީ އުލު ބައިންދާފައި ކަމަށެވެ. އެހެން ކަމުން ދިވެހި ރައްޔިތުން މިރޭ 20:30 ގައި މަޖީދީމަގު ފުރާލަން ޖެހޭ ކަމަށެވެ.

"ސިޔާސީ ހަރަކާތް ހުއްޓުވުމުގެ ހައްގެއް ރައީސް ޔާމީންއަކަށް ނޯންނާނެ. ސަލާމަތީ ބާރުތަކުން ގާނޫނު އަސާސީ ދަމަހައްޓާނެ ކަމަށް އުއްމީދު ކުރަން. ސިފައިންނާއި ފުލުހުން އެންމެ ގިނައިން ހައްޔަރު ކުރީ މި ސަރުކާރުން،" އިންތި ވިދާޅުވިއެވެ.

ފުލުހުންގެ ތެރޭގައިވެސް ސަރުކާރާއި ދެކޮޅު އެތަށް ސިފައިނާއި ފުލުހުން އެބަތިބި ކަމަށް ވިދާޅުވެ އިންތި ވަނީ އެބޭފުޅުންވެސް މިރޭ ދިވެހި ރައްޔިތުންނާއި ގުޅިވަޑައިގަތުމަށް ގޮވާލާފައެވެ.

"ރައީސް ޔާމީން ކުރައްވާ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވުމަށް ގޮވާލަން، އަސްކަރިއްޔާ އާއި ދިވެހި ފުލުހުން ވެސް ރައީސް ޔާމީން ވެއްޓެމުންދާ އިރު އޭނާގެ ދިފާއު ނުކުރުމަށް ގޮވާލަން،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ދައުލަތުގެ ތިން ބާރު އެއްކޮށް ކިލަނބު ކޮށްލައިފިކަމަށާއި ދިވެހި ރައްޔިތުން މިރޭ 20:30 އަށް ނިކުމެ ބާރު ދައްކަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިންޗި

    އިސްލާމް ދީން ފޮހެލަން އުޅޭ މީހުންނަށް ﷲ ގެ ވާގޮޔާއެކު މުސްލިމިންގެ ހިތްވަރު އަދި އިންތި މެނަކަށް ނުފެނޭ. އެބާރު މިންވަރު ކުރަނީ އެފަރާތުން. އިސްލާމީ ތާރީޚް ހެކިވާނެ. ﷲ ބިރުވެތި ވުމަށް ނަސޭހަތްތެރިވަން

  2. ހާޝިމް

    އިންތި ދިވެހި ރައްޔިތުންނަކީ ވަރަށް ކެތްތެރިބަޔެއް. ދިވެހިންގެ ކެތްތެރިކަން ކޮޅުން ލާނީ އިސްލާމު ދީނާ ކުޅެއްޏާ. ދިވެހިން ނަކީ މުސްލިމުން. ހަގީގީ ދިވެހި ރައްޔިތިން ބާރު ދައްކާލައިފިއްޔާ ކަލޭމެން އެކަކުވެސް މިރާއްޖެޔަކު ނޫޅޭނެ.

  3. ފަންގި

    ޔާ ﷲ މިބައި މީހުންނަށް ތެދު މަގު ދައްކަވާންދޭވެ. އެއީ، މިބައި މީހުން ބަލިކަށިކޮށް ބައި ބައި ކޮށްފަހީނަމަވެސް. ހަމަކަށަވަރުން ﷲ އީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އެންމެހާ ކަންތަކަށް ކުޅަދުންވަންތަ ރަސްކަލާންގެއެވެ. އާމީން

    • ނާނާ

      މި ރެޭ މުޒަާހަރާއަށް ނުކުންނަ މީސްތަކުންގެ ހިތްތައް އެމް ޑީޕީގެ ނުބައި ރޭވުންތަކުން ސަލާމަތް ކުރައްވަދޭ ކާފިރުންަ ގުޅިފައިވާ ކެނެރިގެ ބައިގަނޑުގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާދޭ ދިވެހި ފުލުހުންނާ ސިފައިންގެ ހިތްތަކުގެ އީމަންތެރިކަ ވަރުގަދަ މުރއްވަދޭ

  4. ނިޒާރު

    އިންތި އެހުރީހަމަހޭގަތަ

  5. ޙަފްޞާ / މާލެ

    ކަލޯ އަމީތު! ކަލޭ ތީނީ ރަގަޅަށް ފޮށާބާލާ ގަޅަހައްދާފަ!

  6. ޢާދިލް / އެމްޑީޕީ

    ލަދުގެންބަލަ ދެންވެސް! ރައްޔިތުން ތިބީ ރައީސް ޔާމީންއާއެކު ކަން އަދުވެސް ނޭގޭދޯ؟