ރައީސް ޔާމީން ސަރުކާރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ނަވާޒް، މިރޭ ޖުމުހޫރީ ޕާޓީ އަށް ސޮއިކުރައްވައިފިއެވެ.

މިރޭ ޖުމުހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ރަސްމިޔާތެއްގައި ނަވާޒު ޖުމުހޫރީ ޕާޓީ އަށް ސޮއިކޮށްފައިވާއިރު ރައީސް ޔާމީން ސަރުކާރުގައި އެކްޓިން ކޮމިޝަނަރުގެ މަގާމަށް ނަވާޒު ހަމަޖެއްސެވީ މިދިޔަ އަހަރު މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސިޔާސީ ލީޑަރުންތައް ހިމެނޭ ގޮތަށް ގިނަ ބަޔަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު އެވެ.

އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ވަކިކޮށް އެ މަގާމަށް ދެން އައްޔަން ކުރެއްވި އަހުމަދު ސައުދީ އެވެ.ނަވާޒް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ފެބްރުއަރީ 3 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ރައީސް ޔާމީން ސަރުކާރުގެ ފަހު ދުވަސް ކޮޅު އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ނަވާޒް، އެމަގާމުން ވަކި ކުރައްވައި އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ވަނީ ހަމަޖައްސަވާފައެވެ.

ނަވާޒު ޖުމުހޫރީ ޕާޓީ އަށް ސޮއިކުރެއްވި އިރު ރޭ 100 އަށް ވުރެން ގިނަ އާންމުނާއި އެކު ކުރީގެ ޖެންޑާ މިނިސްޓަރު އަދި ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ޑރ. އާމާލް އަލީ ވެސް ވަނީ ޖުމުހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ. މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ މަޖިލީސް މެންބަރުނާއި ގިނަ ސިޔާސީ ފަރާތްތަކެއް ވަނީ ޖުމުހޫރީ ޕާޓީ އަށް މީގެ ކުރިން ސޮއިކުރައްވާފައެވެ.

ޖޭޕީން ވެސް މިހާރު އަންނަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ތައްޔާރުވަމުންނެވެ. އެގޮތުން އެ ޕާޓީގެ ކައުންސިލުން ވަނީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކަންކަން ކުރިއަށްގެންދަން ހަތް މެމްބަރުންގެ ކޮމެޓީއެއް ނަގައިފަ އެވެ. ކޮމެޓީގެ ރައީސަކީ ޖޭޕީގެ ވެސް ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ޖޭޕީ އިން މައުލޫމާތު ދޭ ގޮތުގައި މަޖިލިސް އިންތިޚާބަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރައިމަރީ ބޭއްވުމާ މެދު ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަނާނަ މޭން

    ލަނޑަޔާވާނީ ލަޑަޔާ މީހުންބުނޭ

  2. عبدالله

    ވެރިކަން ކޮންޓްރޯލުން ނެއްޓިގެން ދާއިރު، ގޮތްހުސްވެއްޖެއްޔާ ބޮޑުމަންޒަރު ބަލަން ތިބޭށެވެ.

  3. ދަތްދޫނި

    މަމެންނަށް މިހާރު ހީވެ ޔަޤީން ވެއްޖެ. ތިއީ ރައްޔިތުން ކުނި އުކަން އޮންނަ ކުނި ޕާރޓީ އެއްކަން. ސާބަހޭ ހުރިހާ ކުދިން އަތުކުރި އޮލާފާ ބަހައްޓާ. ރައްޔިތުން ބަލައި ނުގަންނަ ހުރިހާ ކުދިވެރިންނަށް ތިއޮތީ ރަނުގެ ފުރުޝަތެއް.

  4. މާވަޑި ފަލާހް

    ފުލުހުންލައްވާ އެންމެގިނައިން ޤާނޫނާޙިލާފް އަމަލްކުރުވި އަދި ޤާނޫނާ ހިލާފް އަމުރުތައްކުރި މީހާ ސޭޓް ތިކައިރިކުރީ. ސޭޓަށް ކުރިއަނިޔާ ހަނދާންނެތުނީތޯ؟ ތިކަހަލަމީހުންނަކީ ދެކޮޅުންކާވެނެއް ކަހަލަމީހެއް. އަނިޔާވެރި ސަރުކާރުގަ ކެވުނުވަރަކަށް ކައިފަ މިހާރު މިސަރުކާރުތެރެއަށް ކާންތިވަނީ

  5. ހުސޭނުބޭ

    އަދި ކިރިޔާ އެކްޓިން ސީޕީއަށް އެކްޓްކުރަން އެ ދަސްވީ! އެކްޓް ކުރިވަރަކަށް ސޭޓްއަރުން ކޭޝް ލިބޭނެ! އެހެންނޫނީ އެކްޓްކުރާނެކަމެއްނެތް!!!!!!!