ގދ. އަތޮޅުގައި އޮންނަ ފަޅުރަށެއްކަމުގައިވާ ހައޮޑިގަލާގައި، ގަވާއިދާ ހިލާފަށް ހަރަކާތްތަކެއް ހިންގަމުން އަންނަ މައްސަލަ، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅައިފިއެވެ.

ހައޮޑިގަލާ އަށް ފަތުރުވެރިންތަކެއް ގެނެސްގެން ޚިދުމަތް ދިންކަމާއި އަދި އެތަނުގައި އެކި ވައްތަރުގެ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ ޚަބަރު ދާދިފަހުން "ވަގުތު" އިން ވާނީ ގެނެސްދީފައެވެ.

މިއަދު ފިޝަރީޒް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ އެއްވެސް ބަޔަކަށް ވަރުވާއަށް އަދި ކުއްޔަށްވެސް ދޫކޮށްފައިވާ ރަށެއް ނޫންކަމަށާއި އެހެންނަމަވެސް، އެރަށަށް ބަޔަކު އަރައިގެން ހަރަކާތްތަކެއް ހިންގަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމުގައެވެ.

ޤަވައިދާއި ހިލާފަށް ރާއްޖެ އައި ފަތުރުވެރިންތައް ދިވެއްސަކާއި އެކު
ޤަވައިދާއި ހިލާފަށް ރާއްޖެ އައި ފަތުރުވެރިންތައް ދިވެއްސަކާއި އެކު

ހަމައެހެންމެ، އެރަށުގައި ބަޔަކު ކަންތައްތަކެއް ކުރަމުން ދަނީ މިނިސްޓްރީގެ ހުއްދަ ނެތިކަމަށާއި އަދި ގަވާއިދާ ހިލާފު ކަމެއް ކުރާނަމަ، އެކަން ހުއްޓުވައިދޭން އެދިފައިވާނޭކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިދިޔަ ޑިސެމްބަރ މަހު، އެރަށަށް ގެނައި 40 އަށް ވުރެ ގިނަ ފަތުރުވެރިން ހައޮޑިގަލާގައި ޓްރޭނިންތަކެއް ކުރިއަށް ގެންދިޔަ ފޮޓޯތަކެއް ވެސް "ވަގުތު" އަށް ވަނީ ލިބިފައިވެއެވެ. އެމީހުން ކާޑެއްދޫ މަގުން، މާލެ ގޮސްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑު ދެލަޯ

    މި ސަރުކާރު އަދި ފައިމައްޗަށް ކޮޅަށް ކިރިޔާތެދުވަމުން އަންނަވަގުތު ތިޔަފަދަ ދެކޮޅު ނުޖެހޭ ދޮގުގާވާހަކަ ލިޔަނީ މިސަރުކާރަައި ދޭތެރޭ ރައަޔިތުންގެ ހިތުތެރަޭ ކޮންފަދަ ނަފްރަތެއް އުފަން ކުރުވަންބާ؟!!!!!

  2. އެނގޭތަ

    2018 ވަނަ އަހަރު އައީ ހައޮޑިގަލާއަށް ކަމެއް ޔަޤީނެއް ނޫނެވެ. ނަމަވެސް ރަޝިޔާގެ ބަޔަކު ހައޮޑިގަލާއަށް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައި އައިސް 20 ދުވަސް ވަންދެން ތިބެފައި ދިޔައީ، ސަވަވައިލް ޓީވީ ޝޯވއެއް ޝޫޓްކޮށްގެންނެވެ. އެއީ އެ މީހުންގެ އަމިއްލަ ޝޯވ އެކެވެ. އެކަމަށް ޓަކައި، އެ ރަށަށް ވަރަށް ބޮޑެތި ބަދަލުތައް ގެނެވުނެވެ. އޭގެ ފަހުން އެ ރަށަށް މީހުން އެރުން ކޮންޓްރޯލް ކުރުވިއެވެ. އެ ރަށް ބަލަހައްޓަނީ ނައިބު ރައީސް ޖިހާދުގެ އާއިލީ ބޭފުޅުންނެވެ. އެ ފަތުރުވެރިން އެ ރަށަށް ގެނައީ އައްޑޫ ޒުވާނަކު އަޑީގައި ހުރެގެންނެވެ. ފޮޓޯއިން ފެންނަނީ އެ މީހުން ބޭނުންވެގެން މިބުނި ޒުވާނާ ގެނައި ތަރުޖަމާނެކެވެ.