ސިޔާސީ ގޮތުން ބާއްވާ ހުރިހާ އެއްވުމަކަށްވެސް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް އެފަދަ އެއްވުމެއްގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދީފިނަމަ އެއްވުން ރޫޅާލަންޖެހޭނެކަމަށް، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ވަގުތު"އަށް ދެއްވި ހާއްޞަ އިންޓަވިއުއެއްގައި އުމަރު ނަސީރު ވިދާޅުވީ، ހަމަނުޖެހުން ނުހިންގާނަމަ ސިޔާސީ ގޮތުން ބާއްވާ ހުރިހާ އެއްވުމަކަށްވެސް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް އެފަދަ އެއްވުމެއްގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދީފިނަމަ އެއްވުން ރޫޅާލަންޖެހޭނެކަމަށޭވެ.

"އެއްވެސް އެއްވުމެއްގައި ވައިލެންސް ހިންގައި، ފުލުހުންނަށް ހަމަލާދީ އެކަހަލަ ކަމެއް ކޮށްގެން ނުވާނެ. އެފަދަ ކަމެއް ކޮށްފިއްޔާ އެ އެއްވުމެއް ރޫޅާލަން ޖެހޭނެ،" އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ދެފަރާތުން ބާއްވާ ހުރިހާ ވައްތަރެއްގެ އެއްވުންތަކާ ރެލީ ތަކަކާއި ޖަލްސާތަކަށްވެސް ތާއީދު ކުރައްވާ ކަމަށާއި އަސްލު ޕޮލިޓިކަލް އެންގޭޖްމަންޓަކީ އެއީ ކަމަށެވެ.

އުމަރު ނަސީރު "ވަގުތު"އަށް ދެއްވި ހާއްޞަ އިންޓަވިއުގައި މިމޭރުމުން ވާހަކަ ދެއްކެވިއިރު، އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ގަޔަށް ކަޅުތެޔޮ ޖަހައި، ބަންދު ކޮށްފައިވާ ގިނަ އަދަދެއްގެ މިރުސް ފެން ޕެކެޓް އަދި ހަމަލާ ދިނުމަށް ބޭނުންކުރެވިދާނެ ދަގަނޑުބުރިތަކެއް ފުލުހުން ވަނީ ހޯދާފައެވެ.

މީގެ އިތުރުން މިރޭ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގައި، ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގުމުގެ އިތުރުން ފުލުހަކު ހިފަހައްޓާފައިވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޓިންޓޮން

    އުމަރަށް ވިސްނޭ އުމަރު އުޅޭހެން އުޅެބަލަ، އުމަރު އެބަހުރި ދުރޫސުލް އަހްލާގު ދަސްވެފައި

    • ސަދުން

      ސަޅިކޮމެންޓެއް. އޭނާގެ ދުރޫސްލް އަހުލާގު އެބަހުރި.

  2. ުބޮޑުވަރު

    ޢުމަރު ކޮންއެއްޗެކޭ ކިޔާކަށްތަ މާ އިންސާފު ވެރި ހުދުވަލެކޯ ހާކާލި ބުރުވާލި

  3. ހަސީނާ

    ނުވެއްޓޭނެކަން ޔަގީންވީމަ އަނެއްކޮޅައް ކިރިލީ ދޯ؟

    • ޕޮއް

      ހަމަ އާއި އިންސާފް ގަބޫލު ކުރުމަކީ ވަކި ކޮޅަކަށް އެރުމެއް ނޫން

  4. އައްޔަ

    ދާނެ ކޮޅެއް ނޭގިފަ

  5. ހަސަނު

    އުމަރު ބުނާހެން ހަދަންވާނެ އެއީ ހުރިހާ ކަމެއްގެ ހައްލު