ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި 48777 މީހުން ނިކުމެ ވޯޓުލާފައިވާ ކަމަށް ވެރިކަންކުރާ އެމްޑީޕީން ބުނެފިއެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 62 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އެ ޕާޓިން ބުނެފިއެވެ.
ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން ޕްރައިމަރީ އިންތިހާބު ގައި އިސްކޮށް އުޅުއްވި އިބްރާހީމް ވަހީދު ވިދާޅުވީ، ހުކުރު ދުވަހު ބޭއްވުނު 77 ދާއިރާގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 78637 މީހުން ކަމަށެވެ.
"މި އަދަދުގެ ތެރެއިން 48777 މީހުން ނިކުމެ ވޯޓުލާފައިވާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 62 ޕަސެންޓް މީހުން ވަނީ ވޯޓުލާފައި" އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ޕްރައިމަރީގައި ހޮވުނު ފަރާތްތަކަށް ޕާޓީގެ ފަރާތުން ޓެކްނިކަލް އެހީ ފޯރު ކޮށްދޭނެ ކަމަށާއި އެގެތޭރެގައި ޕާޓީން ކެޑިޑޭޓުންގެ ޕޯސްޓަރު ހެދުމާއި އެބޭފުޅުންގެ ކެމްޕޭނު ލޯންޗު ކުރުމުގެ ހަފްލާތަކުގައި ލީޑަރޝިޕްގެ އިސް ބޭފުޅުންވެސް ބައިވެރިވެ އެ ކެޑިޑޭޓުން ހޮވުމަށް ކުރާ މަސައްކަތުގައި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
"ޕްރައިމަރީގެ ޓިކެޓް ކަށަވަރުވެފައިވާ ފަރާތްތަކަށް ލިބިފައި ވޯޓުތަކަކީ އެ ދާއިރާއެއް ގައި ލިބެން ހުރި ވޯޓުތައް ލިބިފައިވުން. އެއީ ވަރަށް ބޮޑު އެހީތެރިކަމެއް" އޭނާ ވިދާޅުވިއެވެ.
ވޯޓުލާން ފެށުމުގައި ލަސްތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ވަހީދު ވިދާޅުވީ، އެ ފަދަ މައްސަލަތަކެއް ދިމާވި މައިގަނޑު ސަބަބަކީ، ވޯޓު ފޮށިތަކަށް އައްޔަން ކޮށްފައި ތިބި އިސްވެރިންނާއި އެންމެ ރަނގަޅަށް މުއާމަލާތު ކުރެވިފައި ނުވާތީ ކަމަށެވެ.
"މި ފަހަރު ބޭނުން ކުރިން ތަންކޮޅެއް ހައިލެވެލް ބޭފުޅުން. މީގެ ކުރިން އާދައިގެ ގޮތަކަށް. ފޮށިތަކަށް ލެވުނު ބޭފުޅުންނާއި އަޅުގަނޑުމެންނާ ދެތެރޭގައި އެންމެ ރަނގަޅަށް މުއާމަލާތު ކަންތައް ނުކުރެވި އޮތުން އެވެސް އެއް މައްސަލަ. ބައެއް ބޭފުޅުންނަށް ގަޑިއަށް ވަޑައިނުގެންނެވުން'' އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ އިން ހުކުރު ދުވަހު ބޭއްވި ޕްރައިމަރީ އަކީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އިންތިޚާބެވެ.
އެމްޑީޕީ ވޯޓުލިސްޓުގައި ހަތަރުބައިކުޅަ އެއްބައި މީހުންނަކީ އެމީހުން ނުވެސް ދެނެތިއްބާ ޕާޓީއަށް ލާފަތިބި މީހުންނެވެ. އެމީހުންނަށް އދިވެސް އެކަމެއް ނޭގެއެވެ. އަނެއް ބައިމީހުންނަކީ އަދި ނުއުފަންނަ މީހުންނާ މަރުވެގޮސްފައިވާ މީހުންނެވެ. ސާފްކޮށް ފެންނަން އޮތީ 22ހާސްމީހުން އެމްޑީޕީ ދަފްތަރުގައި އޮތްތަނެވެ.
82 ހާަސްމީހުން ވޯޓް ލާނެޔޯ ބުނާއަޑުއެހިން ތިވެސް ލާރިދީގެން އާދެސްކޮއްގެން ޕްރައިމަރީގަ ވޯޓުހޯދަން ލީ މީހުން ހިމަނައިގެން ވީވަރު