މިއަދު ހުޅުމާލޭގައި އިސްލާމިކް ބޭންކަށް ޖަމާކުރަން ފިއުލް ސަޕްލައި އިން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ، ފައިސާ ހިފައިގެން ދިޔަ މީހާގެ މޫނަށް ދެމީހަކު ވެގެން ސްޕްރޭ ޖެހުމަށް ފަހު ފޭރިގެންފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ ފިއުލް ސަޕްލައި މޯލްޑިވްސް އިން އިސްލާމިކް ބޭންކަށް ޖަމާ ކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އެފައިސާ ހިފައިގެން ދިޔަ މީހާގެ މޫނަށް ދެމީހަކު އައިސް މޫވް ސްޕްރޭ ޖަހާފައި ފޭރިގަތް މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ.

މިއަދު ފޭރިގެންފައި ވަނީ ކިހައި އަދަދެއްގެ ފައިސާ ކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

މީގެ ކުރިން ވެސް ފައިސާ އުފުލާ މީހުންގެ މޫނަށް ތަފާތު ވައްތަރުގެ ސްޕްރޭ ޖެހުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ވަގުތު

    މަށަށް ހީވަނީ މީ ރާވައިގެން ކުރާކަމެންހެން

  2. މަކަރުވެރި ކިބޫ

    ސާބަހޭ ! ޥެރިކަން އެބަކުރެވޭ! ޥައްކަމާއި،ފޭރުމާއި ،ދީނަށް ފާޅުގައި ފުރައްސާރަކުރުން ،މީހުން މެރުން މެކުހަށް! ޙަދަން ބޭނުންވި އެތި މި ފެންނަނީ.ޙޭއަރާތިބޭތި!

  3. ބަލާބާލާ

    މިއޮތީވާ ވެރިކަމެއް
    ތަންތާގަ ބިރުން ފިލާތިބި ހުރިހާ އިންސިސައިތާނުން ފުލްސައިޒްގަ ނުކުމެގެން ފާޅުގަ އުޅެންފެށުނީ މިގެރިވެރިކަމުގަ....

  4. ނޭބާރ

    ނޭބާ ހޫޑް ޕޮލިސް އުތުރި އަރަނީ

  5. ޖަޒީރާ ފަލި

    ޕިސްޕިސް. ޖަޒީރާ ރާއްޖޭގައި މިނޫން ދުވަހެއް ނާދޭ

  6. ލަބީބު

    ރައްޔިތުން އެކުގައި ނުކުމެ މި ވަގުވެރިކަން އަވަހަށް ވައްޓާލަން ޖެހިއްޖެއެވެ. ދެމަސްދުވަހުން މުޅިރާއްޖެ ނާމާންވެއްޖެއެވެ. ވައްކަމާ ޓެކުމާ ފޭރުމާ ، ޒިނޭއާ ، މަސްތުވާތަކެއްޗާ ، ބަނގުރަލާ ، އަންހެނުންލޫޓުވުމާ ، ކުއްލިމަރުތަކާ ، އިސްލާމްދީނަށް ފުރައްސާރަކުރުމާ އިންތިހާއަށް ހިގައްޖެއެވެ. މަތްﷲ ނަހީކުރެއްވިމަގުން އައި ވެރިކަމެއްގައި އަމާންކަމެއް އުފަލެއް ނޯންނާނެއެވެ. ދުވަސްވީވަރަކަށް ދާނީ ނުބައިން ނުބަޔަށެވެ. މިފެންނަނީ ވަގުވެރިކަމެއްގެ ނަތީޖާއެވެ.

  7. ސަލާމަތު

    މީހުން ތޮއްޖެހިފައި އޮންނަ މަގުމަތީގައި ތިޔަކަހަލަ ކަންކަން ހިންގޭތީ ހަމަ ހައިރާންވޭ! މިރާއްޖެ ދޫކޮށް ދެވޭނެ ކަހަލަ އަމާން ތަނެއް ނެތްބާ!

  8. އަހުސަން

    ވެރިކަމުގަ ތިބި މީހުން ވެރިކަމަށްގެންނަން ނިކުތް އެކްޓިވިސްޓުން ތިކަން ކުރަނީ. އެއްވެސް ފިޔަވަޅެއް ނޭޅޭނެ. ފާޅުގަ އެބުނަނީ ތިމަންމެން މަގުމައްޗަށް ނިކުމެގެން ގެނައި ސަރުކާރެކޭ، މިސަރުކާރު އޮތްހާހިދަކު ތިމަންމެނަށް ގޮތެއް ނެހެދޭނެޔޭ! އެކަން މިދަނީ އަމަލާ ބަހުން ސަބިތުވަމުން. ސިއްދީގަށް ހަމަލަދިންމީހާއަށްވެސް އެއްކަމެއްވެސްނުވި. މަތްﷲ މިގައުމު އަވަހަށް ސަލާމަތްކޮށްދެއްވާށި، އާމީން

  9. މިއަދު

    އެހެންތަވާނީ ގިނަޢަދަދެއްގެ ވޯޓުތަކެއް އޮޅުވާލާފައި ރާއްޖޭގެ ވެރިކަންވެސް ފޭރިގަތީވިއްޔަ އެނަމޫނަ ބަލައިގެން އަބަދުވެސް އޮންނާނީ ފޭރުން ފޭރުން

  10. މޫވު ސްޕްރޭ

    މޫވު ސްޕްރޭކަން އެހާއަވަހައް އެގުނީ ކިހިނެއް ބާ ؟

  11. ގަންޖާ

    ޖަޒީރާވަންތަކަން އުތުރިއަރަނީ

  12. ދީނާ އާދަމް

    ދިވެހި ޤަވްމު ނާމާންވެއްޖެއެވެ. ތަރައްޤިއާއި އިޤްތިޞާދު ވަޅުޖަހަން ކައިރިވެއްޖެއެވެ. އަދަބު އަޚްލާޤު ފައިދަށުވެއްޖެއެވެ. މާރާމާރީއާއި ވައްކަމާއި ކުއްލިމަރު ކަންބޮޑުވާހިސާބަށް ގޮސްފިއެވެ. ބަލިމަޑުކަން ޢާއްމުވެ ދީނާޚިލާފް ވާހަކަތައް ދެއްކުން ގިނަވެއްޖެއެވެ. ﷲގެ އިސްމުފުޅުން ފަށާފައޮތް ޤާނޫނުއަސާސީގެމައްޗަށް ފައިންއެރިމީހުންނާ ، ވަގުވޯޓުން އައި ރައީސުންނާ ، ނާޤާބިލް މިނިސްޓަރުންނާ ،ގިނަވީވަރަކަށް މި ނާމާންކަން ދާނީ ބޮޑުވަމުންނެވެ. ދިވެހިންނޭވެ! ވިސްނައި ފިކުރުކޮށްބަލާށެވެ.

  13. Anonymous

    މިއޮތީވާސަރުކާރެއް ވައްކަމާއި ފޭރުން މާރާމާރީއާއި ވަޅިހެރުން އިސްލާމްދީނައް ފާޅުގަ ފުރައްސާރަކުރާމީހުން އިތުވެއްޖެ އިސްރާފު ކުރުމާއި ދައުލައް ފާލުން ނައްޓާފި ދެންފަހެ ރައްޔިތުން ކޮބާތޯ

  14. އިންސާފް

    ކޮބާތަ ނެއިބާރހޫޑް ޕޮލިސް؟؟؟؟

  15. މިއަދު 2019 01 20

    މިއޮތީވާސަރުކާރެއް ވައްކަމާއި ފޭރުން މާރާމާރީއާއި ވަޅިހެރުން އިސްލާމްދީނައް ފާޅުގަ ފުރައްސާރަކުރާމީހުން އިތުވެއްޖެ އިސްރާފު ކުރުމާއި ދައުލައް ފާލުން ނައްޓާފި ދެންފަހެ ރައްޔިތުން ކޮބާތޯ

  16. އިބްރޭ

    ދެމަސްދުވަހުން މުޅިރާއްޖެ ނާމާންވެއްޖެއެވެ. ވައްކަމާ ޓެކުމާ ފޭރުމާ ، ޒިނޭއާ ، މަސްތުވާތަކެއްޗާ ، ބަނގުރަލާ ، އަންހެނުންލޫޓުވުމާ ، ކުއްލިމަރުތަކާ ، އިސްލާމްދީނަށް ފުރައްސާރަކުރުމާ އިންތިހާއަށް ހިގައްޖެއެވެ.

  17. ލުޠުފީ

    ޤަވްމު ޤަވްމަކަށްނެތް! ބާރުބާރަށް ހިނގަހިނގާއޮތް ވެރިކަމެއް ފޭރިގަނެ ، މި ނުބައި ޝައިޠާނުން ވެރިަކަމަށްގެންނަން ކަމަރުބެދެލި ޢިލްމުވެރިންް އަޅެފަހެ ވިސްނާކަށް ނުވޭހެއްޔެވެ؟ ޢަޒާބަކީ އެކި ގޮތްގޮތަށް އެކި ސިފަސިފާގައި އަންނަ ކަމެކެވެ.

  18. މޮޔަމީހާ

    މި ނިމުމެއް އޮންނާނެ ކަމެއް ނޫން. ޖަޒީރާ ރާއްޖެ.

  19. Anonymous

    ޢަހަރުމެންގެ ދަރިން އަހަރުމެންނައް ތަރުބިއްޔަތު ކުރެވޭ ގޮއި ރަނގަޅު ވީމަ