ސަރުކާރު ބަދަލުވުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް އުފެއްދެވި ޓްރާންސިޝަނަލް އޮފީހުގެ ފަރާތުން އެކުލަވައިލައްވާފައިވާ ޓްރާންސިޝަނަލް ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙަށް މިއަދު އަރުވައިފިއެވެ.

މި ރިފޯޓް ރައީސް ސޯލިހަށް އެރުވީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ހެންވޭރު ސީވީޑް އަޙްމަދު ލަޠީފެވެ.

ޓްރާންސިޝަނަލް ރިޕޯޓް ތައްޔާރުކޮށްފައިވަނީ‏ ޓްރާންސިޝަނަލް އޮފީހުން އެކުލަވާލެއްވި ކޮމިޓީތަކުން ސަރުކާރުގެ ވުޒާރާތަކާއި އެކިއެކި އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުން ހޯއްދަވައިފައިވާ މަޢުލޫމާތު ތަކުގެ މައްޗަށް ބިނާކުރައްވައިގެންކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަބީބު

    ސަރުކާރު ވެއްޓެންދެން ތިހެން ތެޅިލަތެޅިލަ ތިބޭ!