ސިނަމާލެ ބުރިޖު މަތިން ފުލުހެއްގެ ސައިކަލް ފަހަތައް ޖިންނިއެއް އަރާފައިވާ ކަމަށް އެކަން ތަޖުރިބާކުރި މީހާގެ ގާތް މީހަކު މީޑިއާއަށް މައުލޫމާތު ދީފައި ވީނަމަވެސް ފުލުހުންގެ ސަމާލުކަމަށް އެކަން އައިސްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޖިންނި ފެނުނު ހާދިސާ އާއި ގުޅިގެން "ވަގުތު" ގައި ޝާޢިއު ކުރި ޚަބަރަކަށް އިޝާރާތްކޮށް ފުލުހުން ނޫސްވެރިންނާއި މައުލޫމާތު ހިއްސާކުރާ "ވަޓްސްއެޕް" ގްރޫޕްގައި "ސަން" ގެ ނޫސްވެރިޔާ އަދި މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާޒިފް ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެެފަދަ މައުލޫމާތެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައި ނުވާކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ބުރިޖު މަތިން ފުލުހަކު ދަތުރު ކުރަމުން ދަނިކޮށް، ބުރިޖުގެ މެދުން، އޭނާގެ ސައިކަލު ފަހަތަށް މީހަކު އަރައިގެން އިންހެން ހީވިއެވެ. ދެން ބަލާލިއިރު ސައިކަލު ފަހަތުގައި އިނީ އަންހެން ކުއްޖެއްކަމަށް ބުންޏެވެ. މިކަމާ ބިރުން އަވަހަށް ސައިކަލު މަޑުކޮށްލާފައި ފަހަތް ބަލާލިއިރު މީހަކު ފެންނަން ނެތްކަމަށްވެސް ބުންޏެވެ.

މިކަމާ ގުޅިގެން ބިރުން، އެހެން މީހަކު އަންނަންދެން ކުރިއަށް ދާން ނުކެރިފައި ފުލުސް މީހާ ހުއްޓެވެ.

އެމީހާ އިތުރަށް ބުނި ގޮތުގައި ދެން އެހެން ހުއްޓާ ސައިކަލެއް އަންނަތަން ފެނުމުން އެވާހަކަ އެމީހާ ކައިރީގައި ބުނުމަށްފަހު، އެނބުރި މާލެ އައީ އޭނާއާ އެކުގައެވެ.

ސިނަމާލެ ބުރިޖު މަތިން ޖިންނި ފެންނަކަމުގެ ވާހަކަތަކެއް، އާއްމުވެފައިވެއެވެ. ބުރިޖު މަތީގައި ހިނގާ އެކްސިޑެންޓުތައް ގިނަވެފައިވަނީ އެކަމުގެ ސަބަބުންކަމަށް އެކްސިޑެންޓްވި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޜަންނަމާރި

    ފުލުހުންނަކަސް ދުލެއްނޯންނާނެ

  2. އިބުރާހިމްބެ

    އެ ޖިންނި ރީތިތޯވެސް އަހާލިނަމަ. ހުންނަ ގޮތްވެސް އަހާލިނަމަ. އޭރުން ދޯ އިނގޭނީ އެ މަންޖެ ފެނުނަސް.

  3. އަހަންމާ

    ބުރިޖުގެ ނަން ގަންޖާ ނަޝީދު ގެނަމަށްބަދަލު ކުރަނިކޮށް ޖިންނި ބިރުގަންނާނެ

  4. ސައިންޓިސްޓު ނާޒިމް

    ފަހުގެދިރާސާ ތަކުންދައްކާގޮތުގައި އެކަނި ސައިކަލު ދުއްވާމީހުންގެ ފަހަތަށް ޖިންނި އަރާނެ އިންސާނުންނެކޭ އެއްފަދައިން ޖިންނިވެސް އަވަހަށް ދަތުރު ކުރަންބޭނުންވޭ .....

  5. ަަަމިނު

    ޖިންނި ދެކެ ބިރުން އުޅޭމީހުން އުޅޭނެ އެކަމު މިހާރު މާގިނައިން މި ވާހަކަ އެއް މި ދައްކަނީީ ބުރިޖު މަ ތިން މާގިނައިން ބިޓުން ގޮވަގެން ދާކަން އަބި މީހާއަށް އެގުނީމަ.