ބޯޓިންގ އިންޑަސްޓްރީގައި ސްކޫބާ ޑައިވް ހިދުމަތްދޭ ފަރާތްތަކުން ޓުއަރިޒަމް މިނިސްޓްރީގައި ރެޖިސްޓަރކޮށްގެން ކުރިއަށްގެންދިއުމަށް ގައުމީ ބޯޓިންގ ޖަމިއްޔާ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެދިއްޖެއެވެ.

އެ އެސޯސިއޭޝަންގެ ވައިސް ޕްރެޒިޑެންޓް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސޭ) ވިދާޅުވީ، ބޯޓިންގ އިންޑަސްޓްރީގައި ޑައިވިންގ ހިދުަމަތްދޭނަމަ ޓުއިރިޒަމް މިނިސްޓްރީގައި ރެޖިސްޓަރކޮށްގެން ކުރިއަށްގެންދިއުމަށް އެދޭ ކަމަށެވެ.

އިއްސެ ވިދާޅުވީ، ސަލާމަތީ ކަންކަމަކީ ވަރަށް އަހައްމިއްޔަތުކަން ދޭން ޖެހޭ ކަންކަން ކަމަށާއި، އެހެންކަމުން ސްކޫބާ ޑައިވިންގ ހިދުމަތްދޭއިރު، ހިދުމަތް ރަޖިސްޓަރ ކުރަން އެދޭ ކަމަށެވެ.

އެކަމަށް މިހާރު ހާއްސަ ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ. އެ ކެމްޕޭންގެ މަގްސަދަކީ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމެވެ.

2003 ވަނަ އަހަރު ޓުއަރިޒަމް މިނިސްޓްރީން ވަނީ ރީކްރިއޭޝަނަލް ޑައިވިންގ ގަވާއިދެއް އެކުލަވާލާފައެވެ،އެ ގަވާއިދު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.