ޑައިވް ކުރަނިކޮށް ޑީކޯވި ޒުވާނު ހާލު ދެރެވެގެން ހެލިކަޕްޓަރުގައި މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިިފިއެވެ.

ހާލު ދެރަވެގެން ފަރުވާދެމުން ދަނީ 35 އަަހަރުގެ މީހަކަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވެ ހާލުދެރަވެގެން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު، ހެލިކޮޕްޓަރުގައި، މިއަދު 15:35 ހާއިރު މާލެ ގެނެސްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، އިއްޔެ ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑީކޯވި މިމި ޒުވާނާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރުން މިއަދު ލަފާދިނުމުންނެވެ.

އޭނާގެ ހާލާތައި ގުޅޭގޮތުން އިތުރު ތަފްސީލެއް ނޭގެއެވެ.

މި މަސް ތެރޭގައި ޑީކޯވެގެން ހާލުދެރަވި މީހަކު، އައިޖީއެމްއެޗްއަށް ގެނެސްގެން ފަރުވާ ދީފައި ވެއެވެ.