ޝައްފާން ރަޝީދުގެ އިންސްޓަގްރަމް ފޮޓޯތަކުން މުޅިން ހެން ފެންނަނީ ތަފާތު އެކި ވައްތަރުގެ މަސްތަކާ އެކުގައި ނަގާފައި ހުރި ފޮޓޯތަކެވެ. ހުށިޔާރުކަމާ އެކު މަސް ހިފާ ވީޑިއޯތަކެވެ. ހަލުވި ހަންޖާއި ގިއުޅާއި ބޯވަ އާއި ރަތް މަހާއި ބޮޑެތި ފާނަތަކާއި ތޮޅި ހިފަހައްޓައިގެން ހުރެ، އެތައް ފޮޓޯއެއް ފެނެއެވެ. އިންސްޓަގްރަމް މުޅިން ހެން އޮންނަނީ މޫދުގެ އެކިއެކި ފޮޓޯތަކާއި ވީޑިއޯތަކުން މީހުންގެ ފޫހި ފިލުވައިދޭ ގޮތަކަށެވެ. ސްނޯކްލިންއަށް ދިއުމަކީ އޭނާ އާންމުކޮށް ކުރާ ކަމެކެވެ. ބަޑި ޖަހައިގެން މަސް ހިފަން ދިއުމަކީ އޭނާގެ ކަށީގައި ހަރުލާފައި ހުންނަ ކަމެކެވެ.

މ. ބޮއިލިން ފިޝް، ޝައްފާން ރަޝީދު، 24، އަކީ ގިނަ އަދަދެއްގެ ފްރީ ޑައިވަރުން ދަންނަ މޫނެކެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ފަޔަ ފައިޓަރަކަށް މަސައްކަތް ކުރާ ޝައްފާން އަބަދުވެސް އެންމެ ދާން ބޭނުންވާ ތަނަކީ މޫދެވެ. އެކަމަކު، ރާއްޖޭގައި ފާހަގަކޮށްލެވޭ ފްރީ ޑައިވަރު މާލޭގެ ވެސްޓް ޕާކު ސަރަހައްދު މޫދަށް އެރި އުޅެނިކޮށް އިއްޔެ ނިޔާވެފައި އޮއްވައި ފެނުމަކީ އޭނާގެ ރަހްމަތްތެރިންނަށް ލިބުނު ހައިރާންކަމެކެވެ. ޝައްފާން މި ދުނިޔެއާ ވަކިވެގެން ދިޔަ ކަން ގިނަ ބަޔަކަށް ވަނީ ގަބޫލު ކުރަން ވެސް ދަތިވެފައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، މޭޖަ އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި ޝައްފާން، ވެސްޓް ޕާކް ކައިރި އަށް މޫދަށް އެރި އުޅުނީ ގާތްގަނޑަކަށް 11 ޖަހާކަން ހާއިރެވެ. އޭނާ ގެއްލުނު ކަން އެމްއެންޑީއެފަށް ރިޕޯޓު ކުރީ ހަވީރު 4:30 ހާއިރެވެ. އެކަމަކު އެއީ އޭނާ މޫދަށް ދިޔަ ކަމަށް ބުނާ ވަގުތަށް ވުރެ ފަސް ގަޑިއިރު ފަހެވެ. ޝައްފާންގެ ހަށިގަނޑު ޑައިވަރުންނަށް ފެނުނީ 12.1 މީޓަރު އަޑިންނެވެ.

ޝައްފާން ރަޝީދު

އެމްއޭސީއެލްގެ ފަޔަ ފައިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ ފަސް އަހަރު ދުވަސްވެފައިވާ ޝައްފާން ކައިވެނިކުރީ މީގެ ދެ ހަފުތާ ކުރިންނެވެ. މިއީ ޝައްފާންގެ އާއިލާ އަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމަކާއި ވޭނެކެވެ.

ދަރުމަވަންތަ ސްކޫލުން ތައުލީމް ހާސިލްކޮށް، ސީއެޗުއެސްއީން އޭ ލެވެލް ފުރިހަމަކޮށްފައިވާ ޝައްފާނަކީ ރާއްޖޭގެ ނިސްބަތުން މޮޅު ފްރީ ޑައިވަރެކެވެ. ސްކޫލް ދައުރުން ފެށިގެން ވެސް މޫދުގައި އުޅުމަށް އޭނާގެ ޝައުގުވެރިކަން ހުރެއެވެ. ނޭވާލާން އެއްވެސް އެއްޗެއްގެ އެހީތެރިކަމާ ނުލައި ވަރަށް އަޑިއަށް އޭނާ ފީނައެވެ. އެ ހުރިހާ ކަމެއް އޭނާ ކުރީ، ހަދަން ޖެހޭ ތަމްރީންތަކާއި ހުރިހާ މައުލޫމާތެއް އެނގި ހުރެއެވެ.

ޝައްފާނާ އެކީގައި ދަރުމަވަންތަ ސްކޫލާއި ސީއެޗްއެސްއީގައި ކިޔެވި، ޒުވާނަކު "ވަގުތަށް" ބުނީ ޝައްފާނަކީ އަބަދުވެސް ވަރަށް ސަކަރާތް ޖަހައި، ސަކަ މިޒާޖެއްގެ މީހެއް ކަމަށެވެ. އަދި އެއްވެސް މީހަކާ ދޭތެރޭގައި ރުޅިވެރިކަމެއް ނުބާއްވާނެ ކަމަށް އޭނާ ބުންޏެވެ.

"އެއީ އެންމެންނާ ގުޅިގެން އުޅޭ މީހެއް. ވަރަށް މަޖާ ވާނެ. ކުރާ ހިތުން އެކަމެއް ކުރާނެ،" އެ ޒުވާނާ ކިޔައި ދިނެވެ.

ޝައްފާން، ބަޑި ޖަހައިގެން މަސް ހިފަނީ.

އެ ޒުވާނާ ބުނީ ސްކޫލްގައި ތައުލީމް ހާސިލްކޮށް ނިމުނު ފަހުން ޝައްފާނާ ވަރަށް ބައްދަލު ނުވާ ކަމަށެވެ.

"އެކަމަކު، އެހެން އުޅެފައި ޝައްފާންއާ ދިމާވާނީ މޫދު ކައިރިން. ވެސްޓް ޕާކްއާ ދިމާލުން ވަރަށް ގިނަ އިން ފެންނާނެ،" ޒުވާނާ ބުންޏެވެ.

ފްރީ ޑައިވް މޯލްޑިވްސްގެ އޮފިޝަލަކު ބުނި ގޮތުގައި ޝައްފާނަކީ ފްރީ ޑައިވިން ސްކޫލަކުން ތަމްރީން ހޯދި، ވަރަށް އަހުލާގު ރަނގަޅު ޑައިވަރެކެވެ. އެއީ ވަރަށް ހުނަރުން ފުރިގެންވާ، ރައްޓެއްސެއް ކަމަށް އޭނާ ބުންޏެވެ.

"މޫދުގައި ބޭއްވިހާ އިރަކު އޮންނާނެ ޝައްފާން. ހުސް ވަގުތެއް ލިބޭ އިރަށް މޫދަށް ދާނެ. ހަފްތާއެއްގެ ތެރޭގައި ތިން ހަތަރު ދުވަހު މޫދުގައި އުޅެފާނެ،" ފްރީ ޑައިވް ކުރަން ޝައްފާން އުޅޭތާ ފަސް އަހަރުވެފައިވާ ކަން ފާހަގަކޮށް އޮފިޝަލް ބުންޏެވެ.

ޝައްފާން މޫދު އަޑީގައި

ޝައްފާން ވަކިވެގެން ދިއުމަކީ "ޑައިވިން ކޮމިއުނިޓީ" އަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް އޭނާ ބުންޏެވެ. ގެއްލިގެން އެ ދިޔައީ ފްރީ ޑައިވް ކުރުމުގައި ތަޖުރިބާކާރު ދިވެހި ޒުވާނެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

"އަހަރުމެންނަށް އަދިވެސް ގަބޫލު ނުކުރެވޭ ޝައްފާން ވަކިވެގެން ދިޔަ ކަމަށް. ހިތަށް އަރަނީ ހަމަ އެ ޝައްފާނުހޭ އެއީ،" ޒުވާނާ ބުންޏެވެ.

ޒުވާނާ ކިޔައި ދިން ގޮތުގައި ޝައްފާނާ އެންމެ ފަހުން ބައްދަލުވީ، މީގެ ދެ ހަފްތާ ކުރިން ފޯނުންނެވެ. ޝައްފާނަކީ އަބަދުވެސް ނޭނގޭ ކަންކަން ހޯދައި އޮޅުން ފިލުވައި ހަދާ މީހެއް ކަމަށާއި އެ ފޯން ކޯލް ވެސް ޝައްފާންގެ ފަރާތުން އައީ ކަމެއް ސާފު ކުރަން ވެގެން ކަމަށް އޭނާ ބުންޏެވެ.

"އެހެން މީހުންނާ ހިލާފަށް ކަމެއް ނޭނގިއްޖެ ނަމަ، ގުޅާނެ އަޅުގަނޑުމެންނަށް،" އެމީހާ ބުންޏެވެ.

ޝައްފާންގެ އެހެން ރައްޓެއްސަކު ކިޔައި ދިން ގޮތުގައި، ޝައްފާނަކީ ހުރިހާ އެންމެންނާ އެކީގައި ވެސް ޑައިވް ކުރާ މީހެކެވެ. މޫދަށް ދާން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ޝައްފާން އެންމެ ފުރިހަމަ އަށް އަބަދުވެސް ހިފާނެ ކަމަށް އޭނާ ބުންޏެވެ.

"މޫދަށް ދާން ލިބޭ ޗާންސް ބޭނުން ނުކޮށެއް ނުހުންނާނެ. ރަށަކަަށް ދާން ލިބުނަސް، ލޯންޗު ފަހަރުގައި ދާން ލިބުނަސް ދާނެ،" އެމީހާ ބުންޏެވެ.

ފްރީ ޑައިވް ކުރުމަކީ ރާއްޖޭގައި ވަރަށް ފަހުން އުފެދުނު ކުޅިވަރެކެވެ. ގާތްގަނޑަކަށް ހަ ވަރަކަށް އަހަރު ކުރިން، އުފެދުނު މި ކުޅިވަރަކީ ގިނަ އަދަދެއްގެ ޒުވާނުންގެ މެދުގައި މިހާރު މަގުބޫލް ކަން ހޯދަމުން އަންނަ ކުޅިވަރެކެވެ. އެކަމަކު، މިއީ އެކަނި މޫދަށް ގޮސްގެން ކުރާ ވަރުގެ ކަމެއް ނޫނެވެ. ފްރީ ޑައިވް ކުރާ ނަމަ، އެކަން ދަންނަ އިތުރު މީހަކާ އެކީގައި ދިއުމަކީ ބުއްދިވެރި ގޮތެކެވެ.

ޝައްފާން ރަޝީދު.

އެކަމަކު، ޝައްފާން އެކަނި މޫދަށް ދިޔަ ސަބަބާ ބެހޭ ގޮތުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދަން ފަށައިފައެވެ.

ފްރީ ޑައިވް މޯލްޑިވްސްގެ އޮފިޝަލް ބުނީ އެކަނި ފްރީ ޑައިވް ކުރަން ދިއުމަށް އެއްވެސް ވަރަކަށް ހިތްވަރު ނުދޭނެ ކަމަށެވެ. ފްރީ ޑައިވަރަކަށް ވާން ނިޔަތް ގަންނަ ހިސާބުން އެއީ އެކަނި ކުރެވޭނެ ކަމެއް ނޫން ކަން ގަބޫލު ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"އެއީ ހަމަ އެންމެ ނޭވާއަކުން މިކަން މި ކުރަނީ. އެހެންވީމަ މީހަކާ އެކީގައި ކުރުން ރަނގަޅީ. ސޭފްޓީ ބަޑީއެއް ހުންނަން ޖެހޭ. ޝައްފާނަކީ އެނގިފައި އޮންނަ ގޮތުން ސޭފްޓީ ބަޑީއަކާ އެކީގައި މިކަން އަބަދުވެސް ކުރާ މީހެއް،" އޮފިޝަލް ބުންޏެވެ.

"ވަރަށް ގަދަރު ލިބިގެންވާ ޑައިވަރެއް އެއީ. މޫދުގައި އުޅެން ލޯބި ކުރާ މީހެއް ނަމަ، ޝައްފާން ނޭނގި ނުހުންނާނެ. މޫދަށް އެރޭ މީހަކު ނަމަ، ޝައްފާނޭ ބުނާ އިރަށް ހަމަ އެނގޭނެ. އެންމެންނާ ހަމަ ވަރަށް ބޮޑަށް ގުޅޭ މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެ،"

ޝައްފާން ނެތި ދިއުމަކީ ފްރީ ޑައިވް ކޮމިއުނިޓީ އަށް ލިބުނު ފޫނުބެދޭ ވަރުގެ ގެއްލުމެއް ކަމަށް އޭނާ ބުންޏެވެ.

"ޝައްފާންގެ ފަރާތުން ހިތްޖެހޭ ބައިވަރު މީހުން އެބަތިބި މި ކުޅިވަރަށް. އޭނާގެ ހުނަރުގެ ސަބަބުން ފްރީ ޑައިވް ހަދާ ކުންފުނިތަކުން ސްޕޮންސާ ވެސް ކޮށްފައި ވަނީ،" ޝައްފާނަކީ އަލްޗަމީ ފިންސް ބްރޭންޑްގެ އެމްބެސެޑަރުކަން ފާހަގަކޮށް އޮފިޝަލް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރަދީފް

    ވަރަށް ދެރަ.މައްޔިތާއަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން

    114
  2. މަސްމަރާ

    މަސްމަރާ ބަޑި ރާއްޖެ އެތެރެކުރުމާއި ބޭނުން ކުރުމަކީ ޤާނޫނީ ކުށަކަށްވާއިރު ދިވެހިރާއްޖޭގެ އާބާދީގެ ޒުވާނުންގެ ބޮޑު ބައެއް މިހާރުވެސް މަސްމަރާ ބަޑި ބޭނުންކޮށް މަސްހިފާ އެފަދަ ފޮޓޯތަކާއި ވީޑިއޯތަށް އެބޭފުޅެއްގެ ސޯޝަން މީޑިއާގައި ހަމާކުރާއިރު، ކަމާބެހޭ ފަރާތްތަކުން ވަކި ބަޔަކަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރުމަކީ އިންސާފެއްތޯ؟ ދިވެހިރައްޔިތެކަށް ވާނަމަ ކޮންމެ ބޭފުޅެއްގެ މައްޗަށްވެސް ޤާނޫނު ހިނގަންޖެހޭ. ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން މިކަމުގައި ވަރަށް ބޮޑަށް އިޙްމާލުވެފައިވޭ.

    70
    21
  3. ބަޑި

    މަސްމަރާ ބަޑިއަކިީ އާންމުންގެ ތެރޭގައި ގެނގުޅުން މަނާ އެއްޗެއް..އެބޭނުން ކޮއްގެން މަސް ހިފުމަކީ މަނާ ކަމެއްނޫން

    16
    3
  4. ކިނބޫލޯ

    ފުރީޑައިވް ކުރާއިރު މީހަކު ހުރުންމުހިންމު ނޭވާ ކޮޅައްގޮސް މީހާ ގަނޑުވެ ހޭބުއްދި ފިލާގޮސް މަރުވުން ކައިރި މިއޮތީ އެހެންވެފަ

    12
  5. އޭނަމީނަ

    ދެރަމީހާގެ މަސްމަރާ ބަޱި އަތުލާފަ ގަދަފައި ޖަހާފަ ގޮންޖަހާފަ ފާޅުގައި ސޯސަލްމީޱިޔާގައި އުޅޭމާހުންގެ ބަޱި ނާތުލެވެނީ ތޯއޭ؟

    37
    6
  6. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    މިހާރަކަށް އައިސް ޒުވާން ކުދީންގެ ކިބައިގައި ވެސް ބައެއް ފަހަރަށް ކޮލެސްޓެރޯލް ވަރަށް މައްޗަށް ހުއްޓާ ފެނޭ. ކޮލެސްޓެރޯލް ހުރުމަކީ ހިތުގެ ކައްކަން ކުއްލިއަކަށް ދިމާވެދާނޭ ސަބަބެއް. ލަފާކުރެވެނީ ހާރޓް އެޓެކެއް ޖެހުނީ ކަމުގައި. ޑރ. އަފްރާޝީމް ގެ ގެކޮޅު ވަށައިގެން ހުރި ސީސީޓީވީ ކެމެރާތައް ބެލެހެއްޓުމާއި ޙަވާލުވެ ހުންނެވި، މއ. ދޫގަސް އަލްމަރްޙޫމް ޙުސައިން ޝަރީފު ގެކުރީގެ ލޭޓެސްޓްތަކުގައި ވެސް ކޮލެސްޓެރޯލް މަތިވެފައިހުއްޓާ ދެކުނީން. އަހަރަކު އެއްފަހަރު ކޮންމެ ބޭފުޅަކުވެސް ކޮލެސްޓެރޯލް ޓެސްޓް ކޮށްލުން ބުއްދިވެރި. ދެފުރާނަފުޅަށް ވެސް ސުވަރުގޭގެ ނިޢުމަތް ލައްވަވާށިއެވެ. އާމީން.

    13
  7. ކާރު ދުއްވުން

    ފްރީ ޑައިވަރެކޭ ބުނީމަ ނޭނގުނު

    2
    6
    • މުބީނު މާރނީ

      ވިކިޕީޑިއާ ބައްލަވާލައްވަވާ.

  8. ޢަލީ

    މަސްމަރާ ބަޑި އަތުލައިގެން ފުލުހުންވެސް މަސްމަރާކަން ފާހަގަ ކުރެވޭ

    19
    1
  9. މޮޔަ

    މަސްމަރާ ބަޑި ފުލުހުންވެސް ގެންގުޅޭ

  10. ރަބީލް

    ގޭތެރޭގެ މަސްހުނިމޮޑެ ރިހަގަޑު ހަދަން ތިބި ރިހަ ފިރިހެނުން މަސް މަސްމަރާބަޑިޔޭ ގާނޫނޭ ކިޔާނެކަމެއްނެތް ރާއްޖޭގެ ކަޑުގެ ނަފާ ހޯދަން ނިކުންނަނީ ހީވާގި ފިރިހެނުން އެއީ ކަންކަމާ ކެރިގެން ކުރިމަތިލުން

    4
    1