ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އަދާރަން ޕްރިސްޓްރީޖް ވާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް ފައްޓަވާދެއްވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އެވެ.

ޓޫރިޒަމް މިނިސްޓްރީ، ޕީއެޗްއެސްއޭ ޔޫއެސް، އެޓޯލްސް ވޯލްޑް އަދި އަދާރަން ރިސޯޓްސް ގުޅިގެން މިއަދު ފެށި މި ޕްރޮގްރާމްގެ ދަށުން ތަމްރީން ކުރުމަށް ހަމަޖެހިފައިވަނީ އިސްޓްރަކްޓާ ލެވަލްގެ ޑައިވަރުން ނެވެ.

ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް
ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް

މިހާތަނަށް ހަޑައިވަރަކު ތަމްރީން ކޮށްފައިވާ ކަމަށް އެޓޯލްސް ވޯލްޑްއިން ބުނެ އެވެ. ޑައިވަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަނީ ޑައިވާސް ޕޮއިންޓް އިން ކަން ފާހަގަކުރަމުން އެޓޯލްސް ވޯލްޑިން ބުނީ އިތުރު ހަ ފަރާތެއް ތަމްރީން ކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ފަށާނެ ކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެއްވަނަ މަންޒިލް ކަމަށެވެ. ފަތުރުވެރިކަމަށް 50 އަހަރު ފުރުނު ރަން އަހަރު ފާހަގަކުރުމަށް ބައިވަރުކަންތައްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން ވިދާޅުވީ ކުރިއަށް އޮތް 50 އަހަރަށް ވަރަށް ބައިވަރު ކަންތައްތަކާއިމެދު ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ފަސްވަނަ މާސްޓާ ޕްލޭންގެ ޑްރާފްޓް ހަދަމުން ދިޔައިރު ވާހަކަ ދެކެވުނު އެއްކަމަކީ ރާއްޖޭގެ ރީތިކަން އެންމެން ވެސް ބަލަން ޖެހޭނެ، އެހެންވީމަ ރާއްޖެއަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ޑައިވްކުރުމުގެ ފުރުސަތު ލިބޭނެ މަންޒިލަކަށް ހެދެންޖެހޭ." މައުސޫމް ވިދާޅުވި އެވެ.

ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް
ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް

މިއަދު ފެށުނު ޕްރޮގްރާމްގެ ދަށުން ތަމްރީން ކުރާ މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގެ ރީތިކަން ދުނިޔޭގެ ފެންވަރުގައި ދައްކައިދޭނެ މީހުނަށް ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މުސްތަގުބަލުގައި ރާއްޖެއަށް ނުކުޅެދުންތެރިކަން ހުންނަ މީހުން އަންނަން ބޭނުންވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިއަދު ފެށި ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އަދި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަދާރަންގެ ރިސޯޓްތަކުގަ އެވެ. އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް
ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް

އެޓޯލް މޯލްޑިވްސް އިން ބުނީ ކުރިއަށް އޮތްތާގައި އެ ޕްރޮގްރާމް އިތުރު ރިސޯޓްތަކަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަތޮޅުތަކަށް ވެސް އެ ޕްރޮގްރާމް ފުޅާ ކުރާނެ ކަމަށެވެ.

ކޯހުގައި ބައިވެރިވުމަށް ފަތުރުވެރިންގެ އަތުން ކުޑަފީއެއް ނަގާނެ ކަމަށާއި ނަމަވެސް ދިވެހިންގެ އަތުން ފީއެއް ނުނަގާނެ ކަމަށް ވެސް އެޓޯލް މޯލްޑިވްސް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކޮންމެ ރަސްމިއްޔާތެއްގަ ވެސް މޭޒުގެ އެއްކޮޅުގަ އިންޑިއާ މީހަކު ބެހެއްޓުމަކީ ލާޒިމުކަމެއް.

  2. ބަލަ

    މައުސޫމްކައިރީ އަހާލަން ބޭނުންވަނީ ރާއްޖޭގެ ޓޫތިޒަމް އަށް 50 އަހަރުފާހަގަކުރިއިރު ޑރ. އައިޝަތު ޝަކީލާ ހ. ރެވިމާގެ، މިދާއިރާއަށް ކޮށްދީފައިވާ ހިދުމަތް ފާހަގަނުކުރެވުނީ ކީއްވެހެއްޔެވެ.ދަސްޓެނަބަލް ޓޫރިޒަމް، ޓޫތިޒަމް މެނޭޖްމަންޓްއަދި ސްމޯލްއައިލެންޑް ޓޫރިޒަމް ޑެސްޓީނޭޝަންގެރޮނގުން، ޑރ. ޝަކީލާއަކީ ރާއްޖެމީހަކު މިހާތަނަށް ރާއްޖެއާއިބެހޭ އެންމެގިނަ ރިސަރޗް ހަދާ ދުނިޔޭގެ އެންމެ ނަންމަޝޫރު ޖާރނަލްސްތަކުގައި އެތަށް ޕަބަލިޝްކޮށްފައިވާފަރާތެވެ. ޖާރނަލް އޮފް ސަސްޓޭނަބަލް ޓޫރިޒަމް، ޖާނަލް އޮފް ޓްރެވަލް ރިސާރޗް އަދި އާރނަލްސް އޮފް ޓޫރިޒަމްގައި ބަބްލިޝްކޮށްފައިވެއެވެ. ޑރ. ޝަކީލާގެ ގިނަރިސާޗްތަށްވަނި ޓޯޕްޓިޔަރ ޖާނަލްސްގައި ޕަބްލިޝްކޮށްފައިއެވެ. އަދި ދުނިޔެއިން މިދާއިރާއިން ގުނާލެވޭ މީހުންތަކުގެ ތެރޭގައި ޑރ. ޝަކީލާހިމެނެއެވެ.

  3. ދުންނިކަ

    އާނ. ތިޔައީ މިހާރު ނުކުރެވިފަ އޮތްކަމަކީ. ނުކުޅެދޭ މީހުން އެއުޅެނީ ޑައިވިން ނުކުރެވިގެންވިއްޔަ. އެމީހުން ރަނގަޅަށް ބަލަހައްޓާނެ ބަޔަކު ތަމްރީންކޮށްބަލަ. މިހާރުވެސް އެއްޚަބަރެއްގަ އެއޮތީ އެމީހުންނަށް އެތައް ގޯނާއެއް ކުރާވާހަކަ. މާދަން ބުނާނެ އެމީހުން ޖައްވަށް ފޮނުވަން ތަމްރީން ދެނީއޭ. ލާރިގަނޑެއް ތަނަކުން ހޯދާނެ ގޮތެއް ބަލަނީހެން ހީވަނީ.