ޑައިވިނަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް ނިޔާވެފައި ވަނީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ އިއްޔެ މ.އަތޮޅުގައި ޑައިވިން ކުރުމުގެ ތެރޭގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ނިޔާވެފައި ވަނީ ނ.އަތޮޅު ވެލިދުއަށް ނިސްބަތްވާ އަހްމަދު ހަސަން ނަމަކަށް ކިޔާ މީހެކެވެ.

އަހްމަދު ހަސަންގެ ހަށިގަނޑު ރޭ ވަނީ މާލެ ގެނެސްފައެވެ. އޭނާގެ ޖަނާޒާ ރޭ ފަތިހު ވަނީ ބާއްވާފައެވެ.

ފުލުހުން ވިދާޅުވީ އިއްޔެ 10:55 ކަންހާއިރު މުލީ ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމަަށް ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށެވެ.

އޭނާ ނިޔާވެފައި ވަނީ ޑައިވިނަށް ފައިބާ އުޅެނިކޮށްކަން ފުލުހުން މިހާތަނަށް ބެލިބެލުން އެނގިފައިވާ ކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ. ނަމަވެސް އެހާދިސާގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ވެސް ނުދެއެވެ.

ފުލުހުން ވިދާޅުވީ ޑައިވިނަށް ގޮސް އުޅެނިކޮށް މީހަކު ނިޔަވި ހާދިސާ އާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ފާއިތުވި ދެމަހެއްހައި ދުވަސް ތެރޭގައި ފީނަން ގޮސް އުޅެނިކޮށް އިތުރު ދެޒުވާނަކު ވެސް ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަަމަ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

    25
  2. ާ އަމްނާ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

    1
    1
  3. ޖާބެ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون
    މިކަހަލަކަންކަން ހިނގާދިޔަގޮތުގެ ތަފްސީލް އަދި އިންވެސްޓިގޭޝަން ރިޕޯޓަކީ މިއިންޑަސްޓްރީގަ މަސައްކަތްކުރާ ޑައިވަރުންނައް އަދި ވިޔަފާރިވެރިންނާ އެޑިޔުކޭޝަން އިންސްޓިޓުޔުޓްތަކައް މުހިއްމު މައުލޫމާތ އެއީ މިކަހަލަ ކަންކަން ޕްރިވެޓްކުރުމައް ކުރެވެންހުރިކަންކަން ހަރުދަނާކުރުމައްޓަކާ

  4. ިހިތްހެޔޮ އަލީ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

  5. ސޯލިބޭ

    ފުލުހުންގެ އަޒުމް. ބަލަންޖެހޭކަންކަން ދަނީ ބަލަމުން.