ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ރ. މަޑުއްވަރިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ރަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، އެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ކަމަށެވެ.

ފުލުހުން ވިދާޅުވީ، މަޑުއްވަރިއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތަކާއި ގުޅިގެން މިއަދު 17:45 ހާއިރު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ މީހާއަކީ މަލެ އިން ފުރައިގެން މަޑުއްވަރީއަށް ލޯންޗެއްގައި ދަތުރުކުރި މީހެއްކަމަށެވެ. އަދި އަމިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާ އެއްޗެއް އަޅާފައިހުރި 90 ރަބަރު ޕެކެޓު ފެނިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ރ. މަޑުއްވަރި ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޥވވވވ

    ޥަރަށް އިގިގެން މި ބުނަނީ ޕޮލިހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރޭ...

    • ޥވވވވވ އަކީ ދަންނަބޭކަލެއް

      ޑީލް ކުރާ މީހުން ކިޔާ އެއްޗެއް ތީ. ސްޓްރީޓް ކްރެޑިޓް ހޯދަން.

    • ޥވވވވވވވވވ

      ކަލޯ ހިތުގަ ޖެހުނީތޭ!

  2. ހަސަން

    މިއޮތީވާ ސަރުކާރެއް. މި އެމްޑީޕީ ބައިގަނޑު ވެރިކަމަށް އައި ފަހުން މަސްތުވާތަކެތި އިންތިހާއަށް އިތުރުވެއްޖެ، މާރާމާރީ އިންތިހާއަށް އިތުރުވެއްޖެ، ގޮތްނޭންގޭ މަރުތައް އިންތިހާއަށް އިތުރުވެއްޖެ، ލާދީނީ ވާހަކަދެއްކުންވެސް އިންތިހާއަށް އިތުރުވެއްޖެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، އެމްޑީޕީ ގެ މުސީބާތުން މިގައުމު މިންޖު ކުރައްވާންދޭ. އާމީން.

  3. ބަލްގިޝް

    މަސްތުވާތަކެތި ގިނަވެ ޓަނުން ފެންނަން ފަށައިފި. ގޮތްނޭނގެ ފަސްހަ މަރު ނުވާ ދުވަހެއް ނާދޭ. ގައުމައް މުސީބާތެއް ދިމާނުވާ ދުވަހެއް ނާދޭ. ފާޅުގަ އިސްލާމް ދީނަށް އަދި ރަސޫލާ އައް ފުރައްސާރަ ކުރަމުން ދަނީ. މިސަރުކާރުގެ ނާގާބިލް ސުންޕާ ކަން މިއައްވުރެ ރަނގަޅައް ދޭހަވާނެ ގޮތެއް ނުވިސްނޭ

  4. ޙަލީމް

    ދެން އަތުވާނީ ފުލުހެއް!!!

  5. ދދދދދ

    ސްމިތު ގްރޫޕް.މީހެއް. ހަމަ މިހާރު ދޫކުރޭ.

  6. ކަމބުރުވެރިޔާ

    ޕޮލިހަށް ދަންނަވަން، ތިކަން ވަރަށް ރަގަޅަށް ބަލަން. އެހެނީ ތިކަމުގައި ރ ޔާމީނާއި ބޮޑު ގުޅުމެއް ވާނެތީ. ސަރުކާރަށް ނުފޮރޮއްޕާން ކުރަން މިހާރު ތިހުރިހާ ސަކަރާރެއް ޖަހަނީ އޭނަކަން ޔަޤީން ކުރެވޭވަރަށް ޤަބޫލުކުރެވޭތީ!!!!

  7. ފުލުހެއް

    މަޑުއްވަރީ މީހުން ހީކުރަނީ މަސްތުވާ ތަކެތި ވިއްކީމަ ވަރަށް ތަރައްގީވާނެ މިނޫނީ ނުހުއްންނާނެ ތަހުޒީބު ނުވާބައެށް

    • ނަނު

      މަސްތުވާތަކެތި ވިއްކަނީ ހަމައެކަނި މަޑުއްވަރީގަ؟؟؟؟

  8. ނޯކޮމެންޓް

    ކީއްވެތޯ ޕޮލިސްވީމަ ނުކުރަންވީ......!
    ގިނައެމްޕީން ވައްކަންކޮށް ރިޝްވަތުހިފާ.. ފަޑިޔާރުންނާއި ޤާޟީންވެސް ލިބޭމިންވަރުން ނުފުދިފަ....އިންސާފުނުލިބުމުން މުޅިދައުލަތް ދައުލަތްކާހުސްކުރާކްހްލް....

  9. ނާނު

    މަޑުއްވަރީގަ އެކަނިތަ މަސްތުވާތަކެތި ވިއްކަނީ؟؟؟