ފަތުރުވެރިންތަކެއް ޑައިވް ކޮށްގެން ތިބި ސަރަހައްދަކުން އެމްއެންޑީއެފް ކޯސްޓްގާޑްގެ އުޅަނދެއް ގަވައިދާއި ހިލާފަށް ދުއްވުމުން ފަތުރުވެރިންތަކެއް މަރުގެ އެތިފަހަރަކުން ކިރިޔާ ސަލާމަތްވެއްޖެއެވެ.
އިއްޔެ ލ.އަތޮޅު މުންޑޫ ކަނޑު އޮޅި ކައިރިއަށް ޑައިވް ކޮށްގެން ތިބި ފަތުރުވެރިންތަކެއް ގަޑި ހަމަކޮށް މައްޗަށް އަރަމުން ދިޔަ ވަގުތު ވަރަށް ބާރު ސްޕީޑްގައި ކޯސްޓްގާޑްގެ އުޅަނދެއް ފަތުރުވެރިންނާއި ދިމާ މަތިން ވަނީ ގޮސްފައެވެ.
ފަތުރުވެރިން ގޮވައިގެން ދަތުރު ކުރި ޑައިވް ދޯނީގެ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކޯސްޓްގާޑްގެ އުޅަނދު ފެނުމުން އެސަރަހައްދުގައި ފަތުރުވެރިން ތިބިކަން އަންގަން އިޝާރާތް ވެސް ކުރި ކަމަށެވެ.
"އަޅުގަނޑުމެންގެ ދޯނީގައި ވެސް ހުންނަނީ ޑައިވް ދޯންޏެއްގައި ހުންނަން ޖެހޭ ދިދަ ވެސް ނަގާފައި. ފަތުރުވެރިން ޑައިވް ކޮށްގެން ތިބި ސަރަހައްދުގައި ވެސް ހުންނާނީ ދިދަ ނަގާފައި. އަދި ފަތުރުވެރިން މައްޗަށް އަރަމުން ދިޔައީ ބެލޫން ވެސް އަރުވާފައި. ބެލޫން މަތިން ކޯސްޓްގާޑް ލޯންޗް ދިޔައީ. ތިން ފަތުރުވެރިއެއްގެ ފުރާނަ ސަލާމަތްވީ ނަސީބު ރަނގަޅު ކަމުން." މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނީ ފަތުރުވެރިންތައް މައްޗަށް އެރުން ސިކުންތުކޮޅެއް އަވަސްވި ނަމަވެސް ނުރައްކާތެރި ހާދިސާއެއް ހިނގާނެ ކަމަށެވެ.
ތިން ފަތުރުވެރިން ޑައިވް ކުރި ސަރަހައްދާއި ކައިރީގައި އިތުރު ސަފާރީއެއްގެ 15 ފަތުރުވެރިން ވެސް އެވަގުތު ޑައިވް ކޮށްގެން ތިއްބެވެ. އެމްއެންޑީއެފްގެ ލޯންޗް ދަތުރު ކުރީ އެ މީހުންނަށް ވެސް އެއްވެސް ބަލާލުމެއް ނެތި، އެމީހުން ވެސް ޑައިވް ކޮށްގެން ތިބި ސަރަހައްދުން ގަވައިދާއި ހިލާފަށެވެ.
"ވަގުތު" އާއި މައުލޫމާތު ހިއްސާ ކުރި ފަރާތުން ބުނީ ލ.ކައްދޫ ގައި ހުންނަ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑްގެ އިސްވެރިޔާ އާއި އިއްޔެ ހިނގި ހާދިސާގެ މައުލޫމާތު ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
"ފަތުރުވެރިން ވެސް ތިބީ ވަރަށް ބިރުން. އަދި އެއީ ކޯސްޓްގާޑްގެ އުޅަނދެއްކަން އެނގުމުން އެމީހުން ތިބީ މާބޮޑަށް ބިރުގެންފައި. އެފަދަ އުޅަނދުތައް ދުއްވަން ތިބެން ވާނީ ގަވައިދުތަކާއި ޤާނޫނުތައް މާބޮޑަށް އެނގިވަޑައިގަންނަވާ ބޭފުޅުން ކަމަށް ފަތުރުވެރިން ވެސް ބުނި." މައުލޫމާތު ދިން މީހާ ބުންޏެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ ރަސްމީ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ.
އަވަސް.. ވަގުތުން އެ ދުއްވި ބަޔަކު ސަސްޕެންޑ ކުރޭ..
އާ ސަރުކާރެއްނު. ހުރިހާ ކަމެއްވެސް އޮންނާނީ ތިގޮތަށް
އެހެންތާ ވާނީ ކޮސްޓްގާޑް ލޯންޗް ބޭޏުންކުރަނީ މަހަށްދާން ވިއްޔާ
ތިކަން ނުބެލޭނެ އެއީ އެއްވެސް މީހެއް މަރެއް ނުވޭނު..މީހުން މަރުވެގެން އުޅޫއިރު ނުބެލޭއިރު
ތީ ވަރަށް ފެނުން މަތީގަ އުޅޭ ބޭފުޅުންތަކެއް. ތިވާހަކަ ނުދައްކާ
ނުވާނެ. ނުވާނެ. ކުށްވެރިވާނީ ޑައިވް ކުރި މީހުން. ތިތާނގާ ޑައިވްކުރާކަން ކޯސްޓްގާޑަށް އަންގާފައިނެތީމާ.
އަބަދުވެސް އެމީހުން ދުއްވާނީ ގަވައިދާ ހިލާފަށް. ތިއީ އާމު ކަމެއް. ނުބަލާނެ ތި މައްސަލައެއް.
އެއްގަމު ވެހިކަލްތައްވެސް ދުއްވަނީ އެހާ ފަރުވާކުޑަކޮށް ވަރަށް ބާރަށް..ފުލުހުންވެސް ސިފައިންވެސް..ހައްލެއް ބޭނުންވާކަމެއް
ސިފައިންނާ ޕޮލިހުން މިދެބައިމީހުންގެފަރާތުން
އަޅުގަޑުދެކެންބޭނުންނުވާ ޔުނީފޯމަންހުތުރުވާ
ފެނެައެވެ ބުނަންދެރަވެސްވޭ
ޢަވަހައް ކޮމިޝަނެއް ހަދާފަ ބަޔަކައް މުސާރަދީ.. އޭރައް ހަމަވީނު ހުރިހާކަމެއް..
ވެރިކަން ބަދަލުވުމާއި ގުޅިގެން ރާއްޖޭގެ އެންމެން އަދިވެސް މިތިބީ ހައިޕަރވެފަ. ދެރަވަރު.
ސިފައިންނާ ފުލުހުން އަމަލް ކުރަން އޮންނަނީ ވަކިގަވާއިދެއް. އެއީ އާންމުގަވާއިދުތަކާ ތަފާތު ގަވާއިދުތަކެއް. އެހެންކަމައްވާއިރު ސިފައިން އަދިފުލުހުން ބޭނުންވެއްޖެ ނަމަ އެބޭނުންވީ ހިސާބަކުން ދުއްވާފަދެވޭނެ. ހިތާމައަކީ އެފަދައިންގަވާއިދަކަށް އަމަލްކުރާނަމަވެސް ނަހަމަގޮތުގަ އޭގެބެނުން ހިފާކަން. އެއީ މިސްއަނޑަސްޓޭންޑިގް އެއް.
ޙުޅުމާލެ ފަޅުތެރޭގަ ވެސް ހުރިއެތްޗެއްޖަހާފަދުއްވަނީ އެހެންބަޔަކުދުއްވައިފިއްޔާ ޕޮލިހުންވެސްހިފަހައްޓާ ގަވައިދާ ވާނީ ގަވައިދައް
ކޯސްޓްގާޑް ރާއްޖެތެރޭގައި ބައެއްފަހަރު ދުއްވަނީ ކަންދައްކަން. އެއްވެސް ބެލުމެއްނެތި ކުރިކަންތަކުން ގެއްލުމެއް ވިނަމަ ކޮންބައެއް ކުށްވެރިވާނީ. ތަންކޮޅެއް ހޭލުންތެރިވާންޖެހޭ ކޯސްޓްގާޑުންވެސް.
މިހާރު ޖެހޭނީ އަމިއްލަ އަށް ސަލާމަޠް ވާން
ކޮމިޝަންނެއް އުފައްދަން ފެނޭ.
ތި ލޯންޗް ދުއްވީ އިންޑިޔާ ސިފައިގެ މީހަކަށްވާނީ ކުރާނެ ކަމެއްނޯންނާނެ.
ތިޔަދާނީ ކޮންމެސް މީހެއްގެ އަންބެއް ކާރިއަށް ވަންނަން ލަސްވެގެން...
އެވާނީ ތިގޭ މަންމަ ކައިރިއަށްކަމަށް
އަތިރިމައްތު ހުއްޓާ މަވެސް ދެކެނިން ތެއް ލޯންޗެއް.....މަވެސް ބިރުން ގެޔަށް އެރޫ.....