ރާއްޖޭގައި ބާއްވާ އެންމެ ވަރުގަދަ ކެރިއަރ އެކްސްޕޯ "މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2019 " އަންނަ ފެބްރުއަރީ މަހުގެ 14 އިން 16 އަށް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި އެކްސްޕޯ އަކީވެސް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބާއްވަމުން އަންނަ އެކްސްޕޯއެކެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ ދަރުބާރުގޭގައި ކޮންމެ ދުވަހަކުވެސް 15:00 ން 22:00 އަށެވެ.

މި އެކްސްޕޯގައި މިއަހަރު ސްރީލަންކާއާއި ރާއްޖޭގެ އިތުރުން އިންޑިއާއާއި ތައިލެންޑް، ސިންގަޕޯރގެ އިތުރުން މެލޭޝިއާ އަދި ޖަރމަނީ އިން 40 އަށްވުރެން ގިނަ ކޮލެޖްތަކާއި ޔުނިވަރސިޓީތައް ބައިވެރިވުމަށް ހަމަޖެހިފައިވާ އިރު، މި އެކްސްޕޯގައި ތަފާތު ދާއިރާތަކުން ސްކޮލަރޝިޕް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އެކްސްޕޯގައި ސެމިނަރތަކާއި ވޯކްޝޮޕްތައް ހިންގުމަށް ހަމަޖެހިފައި ވަނީ އެކަމުގެ މޮޅެތި ޕްރޮފެޝަނަލުންނެވެ. އަދި ހަމައެހެންމެ ވަގުތުން ކޯސްތަކަށާއި ސްކޮލަރޝިޕްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވެސް ލިބިގެންދާ މި އެކްސޕޯގައި ގިނަ ޑިސްކައުންޓް ތަކެއްވެސް ވަނީ ހަމަޖެހިފައެވެ.

އެޑިއުކޭޝަން އަދި ކެރިއާ އެކްސްޕޯއަކީ 2018 ވަނަ އަހަރު އޯލެވެލް އަދި އޭލެވެލް ނިންމި ދަރިވަރުންނަށް ވަރަށް ގިނަގުނަ ފައިދާތަކަކާއި މަޢުލޫމާތުތަކެއް އަދި އިތުރު ފުރުސަތު ތަކެއް ހުޅުވިގެން ދާނެ އެކްސްޕޯއެކެވެ. އެގޮތުން ދަރިވަރުން ކިޔަވަން ބޭނުންވާ ދާއިރާތަކުން މައުލޫމާތު ލިބި އެ ދާއިރާތަކުން ރާއްޖެއާއި ބޭރުގެ ޔުނިވަރސިޓި އަދި ކޮލެޖުން ކިޔެވެން ހުރި މިންވަރު ފަސޭހައިން ބަލައިލެވުމާއި ސްކޮލަރޝިޕް އަދި ޑިސްކައުންޓް ތަކުގެ މައުލޫމާތު ފަސޭހައިން އެއް ތަނަކުން ލިބިގެންދާނެ އެކްސްޕޯ އަކަށް މި އެކްސްޕޯ ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު