ދީނާ ހިލާފު އަމަލުތަކާއި، ދީނުގެ ނަމުގައި ހައްދު ފަހަނައަޅާ ދިއުމަށް ފުރުސަތު ނުދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހި ވިދާޅުވީ، ރާއްޖޭގެ ސޯޝަލް މީޑިއާގައިވެސް މި ވަގުތު ބައެއް ކަހަލަ ކަންތައްތައް ހިނގާ ހަލަބޮލިކަމެއްގެ ތެރެއަށް ދާތަން ފާހަގަވާ ކަަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި ހަމަޖެހުން އޮތުމަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އެއްވެސް ފަރާތަކުން އެއްވެސް ބޭފުޅަކު ރާއްޖޭގެ ހަމަނުޖެހުން ނަގާލުމަށްޓަކައި އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑުމެން އެދޭ ކަމެއް ނޫން". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދީނުގެ ނަމުގައި ކުރެވޭ ބަހުސްއެއް ކުރެވެމުންދާ ކަމަށާއި، ދީނާއި ހިލާފަށް ހިންގާ ކަންތައްތަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ގާނޫނި އަސާސީގައި ވަރަށް ސާފްކޮށް ބަޔާންކޮށްފައި އެބަ އޮތް އަޅުގަނޑުމެންގެ ދީނަކީ ކޮބައިކަން. އަޅުގަނޑުމެން އުޅެންވީ ގޮތަކީ ކޮބައިކަން. އަޅުގަނޑުގެ މެނިފެސްޓޯގައި ވަރަށް ސާފްކޮށް އެކަން ފާހަގަވެފައި އެބައޮތް. އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކީވެސް އެއީ. އެއީ ހިލާފަށް ހިންގާ އެއްވެސް ކަމަކީ އަޅުގަނޑުމެން އެއަށް ފުރުސަތު ދޭނެ ކަންތައްތަކެއް ނޫން". ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ، ގާނޫނު ތަންފީޒު ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަަށެވެ. އަދި ވެރިކަމަށް އައިސް ތިބީވެސް ގާނޫނުތައް ހިންގުމަށްކަންވެސް ރައީސް ވިދާޅުވިއެވެ. އަދި ދީނުގެ ނަމުގައި ހިންގާ ހައްދަފަހަނައަޅާ ދާ ކަންތައްތަކަކީވެސް ރާއްޖެ ހަމަނުޖެހުމަށް މަގުފަހިވެގެންދާކަމަކަށްވާތީ އެކަންތައްތަކަށްވެސް ފުރުސަތު ނުދޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ސޯލިހޫހޫޙޫޙޫޙޫ
ސޯލިު އިބު! އެހްންވީއިރު ފިޔަވަޅުއަޅާ. މިނަ ބިރުގެންފި
ރައީސް ޔާމީނު ކަންތައްތައްކޮށް ރައްޔިތުންނަށް ތަރައްޤީ ހޯދައި ދެމުންދިޔައީ މާބޮޑު އަނގަތެޅުމެއްނެތި ބަރާބަރަށް ދޮއްތޯ
ނަމުން ސޯލިހު. ކަމުން ލާދީނީ.
އިބްރާޔަށް ފިޔަވަޅުއަޅަން ނުކެރޭނެ. ކެރިހުރެ މިދަންނަވަނީ
އަހަރެމެން ދީން ދަސްކުރަނި ގުރުއާނާއި ސުއްނަތުން. ގާނޫނުއަސާސީއިން އެއްނޫން
ކެކެކެކެ. އަހަރުމެންނަށް އެނގޭ ކަލެއަށް ދެކޮޅު ލާފައި ނޫނީ އެއްޗެއް ބުނަން ނުކެރޭނެކަން ލާދީނީ ކަންކަމާއި ގުޅޭގޮތުން. ހައްދު ފަހަނަ އަލާ ވާހަކަ ދައްކާއިރު ލާދީީ އޭ ކިޔާކަށް ނުކެރޭނެ. އެކަމަކު ލާދީނީ އަންނަ ކޮންމެ ތަނެއްގައި ހައްދު ފަހަނަ ބޭނުންކުރާނެ.
ކޮބާ މުރުތައްދު އިބުރާ އަށް ކޮންފިޔަވަޅެއް
ތި އެޅުނީ.
ދީނުގެ ނަމުގައި ހައްދު ފަހަނަ އަޅައި ދިއުމަށް ފުރުސަތު
ނުދޭނަމޭ ތިޔަ ބުނަނީ، ކަލޭމެން ދީނަށް ފުރައްސާރަ
ކުރީމަ އެކަމާ ދެކޮޅަށް އަޑު އުފުލާ ބަސްބުނާ މީހުންގެ
ވާހަކަ. ކަލޭ ނިކަން އަޅާބަލަ ފިޔަވަޅު. މިހާރުވެސް
ﷲގެ ކޯފާ އާއި ޢަޒާބު މި ޤައުމަށް ލައްވައިފި. ކަލޭ
މެންގެ ވެރިކަން އައި ފަހުން މުޅިން ވެސް ބަދު ނަސީބު
އެހެންވިއްޔާ ކޮބާ ލާދީނީ ކަން ގަދަމީހުން ތަށް އިބުރާ ހައްޔަރުކޮށްބަލަ ވެލަޒިނީ ހައްޔަރު ކޮށްބަލަ އާނިޔާހައްޔަރު ކޮށްބަލަ ނަޝީދު ހައްޔަރުކޮށްބަލަ ނުކެރޭނެ ކަލެޔަކަށް މިކަންކުރާކަށް ތިޔައީ ހަމަ ނަމުން ސޯލިހު ކަމުންލާދީނީ.
މީނާއަށް ހީވާކަހަލަ އިބުރާ ނޭވައަކު ދެކޮޅު މަދަޙަކިޔަނީއޭ! ........... ބަލަގަ އެ ހުރިހައި ނުލަފައި ކަމެއް ކުރަނީ ސީދާ ކަލެގެ ރުހުމުގައި ރަގަޅަށް ރޭވިގެން! އަހަރެމެން ދުލުގައި ހިފައިގެން ނުދަމާ!
ތިމައްސަލައަށް އެއްޗެއް ވިދާޅުވިލެއް މާއަވަސް ނުންތޯ؟ މަހީކުރީ މައުމޫނު ކަމަށް ސްލޯއީ ކަންތައްތައް ކުރުމުގަ. އެކަމު މައުމޫނު އަކީ އިބޫ ކައިރީ ފްލޭޝް.
ދީނާއި ޚިލާފު ކަންކަމޭ ތިކިޔަނީ ކީއްކުރަންތަ.. ދީނައް ފުރައްސާރަ ކުރުން ތިޔަ ކުލެސިފިކޭޝަނުގެ ތެރެއައްވަދޭތަ..؟ މިދުވަސްވަރު މިއުޅެނީ ދީނާއި ޚިލާފު ކަންކަމައްވުރެ ދީނައް ފުރައްސާރަ ކުރާ މައްސަލަ ބޮޑުވެގެން. ވީމާ އިބޫ ރައީސުގެ ހަތްސިއްޔަތުން ކުރަން ޖެހޭކަމަކީ ދީނައް ފުރައްސާރަކުރުން ހުއްޓުވާނެކަމުގެ ޔަގީންކަން ދީ އަދި އެކަން ކުރުމުގެ އަމަލުތައް ފެއްޓުމެވެ. ދީނާއި ޚިލާފު ކަންކަން ރާއްޖޭގައި މިހާރުވެސް ހިނގަމުންދޭ.. މިސާލަކައް ރާބުއިން.. ރިބާގެ މުއާމަލާތްތައް ގައުމީ ބޭންކުން ކުރުން.. އަދި އިސްލާމީ ޝަރީއަތުގައި ކަނޑަޅާފައި ހުންނަ ހައްދުގެ ކުއްތައް ސާބިތު ވުމުން ހައްދު ގާއިމު ނުކުރުން.. މިހިރީ ހައްތަހާވެސް ރައީސެއްގެ ހަތްސިއްޔަތުން އިބޫ މަސައްކަތް ކޮއްފިނަމަ އެކަށީގެންވާ ފިޔަވަޅުތައް އެޅި ރަނގަޅު ކުރެވިދާނެ ކަންކަން.. އެންމެ ކުޑަ މިންވަރަކައް ރާއްޖޭގެ މުއާސަލާތީ ޚިދުމަތްދޭ ފަރާތްތަކުގެ މައްޗައް އިންޓަނެޓުން އޮރިޔާން ސައިޓުތަކައް ނުވަދެވޭނޭ ގޮތްތަކެއް ހެދުމައް އަމުރު ކުރުން ވެގެންދާނީ ދީނާއި ޚިލާފު ބޮޑުފާފައެއް ހުޓުވުނުކަމައް.
މީނާގެ ހަގީގީ ސިފަ މިދަނީ ހާމަވަމުން..
ދީނާ ޚިލާފްއަމަލެއް އިބްރާ ރަސޫލާއާގުޅޭގޮތުން ދެއްކިވާހަކައަކީ ދީނާޚިލާފްއަމަލެއް ޒިނޭކުރާމީހުންނަށް ހިތްވަރުލިބޭގޮތަށްވާހަކަދެއްކުން މިފަދަ ފަރާތްތަކަށް ފިޔަވަޅު
އަޅުއްވާފައި އަދިނުވޭ ފިޔަވަޅުއަޅުއްވަންވީ ގާނޫނުއާޚިލާފްވުމުންނެތްނޫން ގާނޫނުއަކީ ﷲގެއަޅުން ހަދާފައިވާ އެއްޗެއް އިސްލާމްދީނަކީ ﷲ އެންމެހާއިންސާނުންނަށް ބާވާލެއްވި ހެޔޮރަހުމަތުގެދީން މިދީންމަތީގައި ސާބިތުވެއްޖެނަމަ ހުރިހާކަމެއްފުރިހަމަވާނެ ވީމާ،ފުރަތަމައިސްލާމްދީނަށާ ﷲފޮނުއްވި ރަސޫލްބޭކަލުންނަށް ފުރައްސާރަކުރައްވާ ލާދީނީވާހަކަދައްކާފަރާތްތަކަށް ފިޔަވަޅުއަޅުއްވާ ފިޔަވަޅުނާޅުއްވާ ފިޔަވަޅުއަޅުއްވާނެ
ކަމަށްވިދާޅުވެލެއްވުމުން ނުފުދޭނެ