ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުގެ ފާހަނާއަށް ވެއްޓި އަނިޔާވެފައިވާކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.
އަދީބުއަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި މިހާރުވެސް ފަރުވާދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
އެމްޓީޑީ އިން މިއަދު ބުނީ، ރޭ ދަންވަރު 1:30 ހާއިރު އަދީބު ގޮޅީގެ ފާހަނަ ތެރެއަށް ހޭނެތިގެން ވެއްޓުމުންވެސް މާލެ ނުގެނައުމަށް ގޮޅިއަށް އޮފިސަރުން ވައްދައިގެން، އެކަށީގެންވާ ފަރުވާ ނުދީ، ހުރުމުން ނޭފަތުން ލޭ އަންނަ ވަރަށް ހާލު ގޯސްވި ކަމަށެވެ. އަދި އަދީބު އައިޖީއެމްއެޗްއަށް އެމާޖެންސީގައި ގެނެސް ފަރުވާދޭން ފަށާފައިވާކަމަށްވެސް އެ ޕާޓިން ބުންޏެވެ.
"އަދީބު ހޭނެތިފައި ވަނީ ފާހަަނައަށް. އަދި ހޭނެތުނު ވަގުތު ބޯ ފާހަނައިގެ ތަޅުންގަނޑުގައި ވަނީ ޖެހިފައި". އެމްޓީޑީގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވެއެވެ.
އަދީބު މިއަދު ހޮސްޕިޓަލަށް ގެނައުމާއި ގުޅިގެން އެނާގެ އާއިލާ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދީބާއި މެދު ސަރުކާރުން އަމަލު ކުރަމުންދާ ގޮތުން އަދީބުގެ އާއިލާ އިންނާއި އޭނާ ނިސްބަތްވާ އެމްޓީޑީ އިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދީބު މިހާރު ތިޔަ ކުޅެނީ ޑުރާމާ..ގާސިމު ކުޅުނު ކަހަލަ..
1 ފެބްރުއަރީގެ ކޯޓު އަމުރުގައި ވަގުތުން ދޫކޮށްލަންޖެހޭ ސިޔާސީ މީހުންގެ ލިސްޓުގައި އަދީބުގެ ނަން އޮތްއިރު އެއަމުރު ތަންފީޒުނުކުރެވިގެން ތެޅުނު މީހުން ވެރިކަމަށް އައިސް އެއަމުރުގެ އެއްބައި ތަންފީޒުނުކޮށް ދޫކޮށްލީ ކޮންގޮތަކަށް ބަލާފަތޯ؟
ރަނގަޅުވާނެ... ތި އަދި ކުޑަވަރެއްނު. މަރެއް ނުވޭނު
ޑްރެމެޓިކް ކަންދޯ. ފައިސާތައްކޮބާހޭ
ބޮޑައް ވައްތަރީ މޮސްކިޓޯ ބައިޓް އަކާ.
ހައްހައްހާހާހާ....
ބޮޑުވަގު ޖަލަށްދާން ޖެހުނީ ކީއްވެ؟ ޖަލު ފާހާނާއަށް ވެއްޓެންޖުހުނީ ޖަލަށް ވަނީމަ! ސިމްޕަތީ ހޯދަން ބޭކާރު ވާހަކަނުދައްކާ! ވަގަކަށް ނުވާނެ ހަމަ އެއްގޮތެއްވެސް ނެތް!
އަނިޔާވެރި ވެރިކަމަކުން އަނިޔާބޮޑު ވެރިކަމަކަށް!
ހަމަ ފައްކާ ހިޔަޅެއް.
މަރެއް ނުވިތަ؟ ފޭކު މީހެއްތީ... އަމިއްލަ ނަފުސަށް އަނިޔާކުރާ މުލުވަގެއް... މާފިޔާ ލީޑަރެއް
ވައްތަރީ ނަމާދު ކުރާތީ ލާފައިން ކުރަމަގަާއްޔަކާ!
ނަމާދު ކުރާއިރު ލާކުރަމަގާލި ހުންނަނީ އެއްފަރާތަކަށް ޖެހިފަދޯ!
ރަށްޔެތުންނަށް ދިންއަނިޔާޔާ އެއްވަރަށް އަނިޔާވާންއެބަޖެހޭ