މާލޭ ބާޒާރުމަތީ ސަރަޙައްދުގައި ބަހައްޓާފައި ހުރި ދެ ކުކިންގ އޮއިލް ކޭސް ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށްފައިވަނީ، ބޮޑު ރަސްގެފާނު މަގުން ހުއްޓުވާ، ވަގަށް ނެގި ދެ ކޭހާވެސް އެކުގައެވެ. އަދި މި މީހުން ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 10:10 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންކަމަށެވެ. އަދި އެއީ އުމުރުން 26 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއްކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

އިއްޔެ، ރ. މާކުރަތުން ރިޕޯޓު ކުރި ބޮޑު ވައްކަމާ ގުޅިގެންވެސް މިއަދު ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެ

    ރެޑްހޭންޑްކޮށް ހިފާމީހުންގެ ފޮޓޯ ނުޖަހާއިރު ކަންކަމުގެ ތުހުމަތަށް ހައްޔަރުކުރެވޭމީހުންގެ ފޮޓޯ ޖަހަނީ ކީއްވެބާ؟