ފ. ނިލަންދޫ އިން ފުރައިގެން މާލެ އައުމަށް ދަތުރު ކުރަމުންދިޔަ ބޯޓެއްގައި މިއަދު ވަނީ އަންހެނަކު ނިޔާވެފައެވެ. މިއަދު ހަވީރު 16:15 ހާއިރު އެމީހާ ނިޔާވިއިރު، ނިޔާވި މީހާގެ ހަށިގަނޑު ނިލަންދުއަށް ގެންދެވުނީ ހަވީރު 18:00 ހާއިރުއެވެ.

މިކަން ހިނގި ވަގުތު ބޯޓުގައި ހުރި އެރަށު ކައުންސިލްގެ މެންބަރު އަބްދުލް ލަތީފް މުޙައްމަދު ވަނީ މިކަން ހިނގާދިޔަ ގޮތް "ވަގުތު" އާ ހިއްސާކުރައްވާފައެވެ. އޭނާއަކީ ނިޔާވި، އުމުރުން 78 އަހަރުގެ އައިޝަތު އުމަރު މަނިކުގެ އާއިލާގެ މެންބަރެކެވެ.

ލަތީފު ވިދާޅުވި ގޮތުގައި އައިޝަތު ނިޔާވުމުގެ ކުރިން އެންމެ ފަހު ކަމެއްގެ ގޮތުން، އަޞުރު ނަމާދު ކޮށްފައިވެއެވެ. އަޞުރު ނަމާދު އަދާކުރުމަށްފަހު ބޯޓުގެ ތިރީ ބަޔަށް ސައިބޯން ދިޔައެވެ. އެހެންނަމަވެސް، ސައި ނުބޮއެ އޭނާ އެރީ މައްޗަށެވެ.

"އަޞުރު ނަމާދުވެސް ކުރި. ދެން އެއީ ދެ ބުރިއަށް ހުންނަ ބޯޓެއް. ތިރީ ބަޔަށް ސައިބޯން ދިޔަ. ނަމަވެސް ފަހުން މައްޗަށް އެރީ." ލަތީފު ވިދާޅުވިއެވެ.

މި ދަތުރުގައި އައިޝަތާއެކު އޭނާގެ ފިރިހެން ދަރިއަކުވެސް ދިޔައީ ދަތުރުކުރަމުންނެވެ. މައްޗަށް ގޮސް، އުނދަގޫތަކެއްވާ ވާހަކަ އައިޝަތުވަނީ ދަރިފުޅުގެ ގާތުގައި ބުނެފައެވެ. މި ދަރިފުޅުވަނީ އެވާހަކަ ލަތީފު ގާތުގައި ބުނެފައެވެ.

ލަތީފު ވިދާޅުވި ގޮތުގައި އޭނާ، އޭނާގެ ދައްތަގެ ކައިރިއަށް މައްޗަށް ދިޔައިރު ވަނީ ނޭވާ ހޮޅިއަށް އެޅިފައެވެ. އަދި ނިޔާވާން އުޅޭކަން އެނގުނުކަމަށް ވިދާޅުވިއެވެ.

"މައްޗަށް ދިޔައިރު، ނޭވާ ލަމުން ދިޔައީ، ކީކޭ ބުނާނީ ހޮޅި ނޭވާ، ދެން އަޅުގަނޑަށް އެނގިއްޖެ." ލަތީފު ވިދާޅުވިއެވެ.

މި ބޯޓުން މާލެއަށް ދަތުރުކުރުމަށް ޑޮކްޓަރަކުވެސް އިނެވެ. ޑޮކްޓަރުވެސް ވަނީ އައިޝަތުގެ ކައިރިއަށް ގޮސް ވެގެން އުޅޭގޮތް ބަލާފައެވެ. ޑޮކްޓަރު އިރުޝާދު ދިނީ ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަކަށް ގެންދިއުމަށެވެ. އެހެންނަމަވެސް، ތިބީ ކަނޑުމަތީގައިކަމުން، އެކަމަށް އެތައް ގޮންޖެހުންތަކެއް ހުއްޓެވެ.

"ދޯނި ދަތުރުކުރަނީ ގަޑިއަކު 10 މޭލު ބާރުމިނުގައި. އެންމެ ކައިރިން ޞިއްޙީ ޚިދުމަތް ދޭ ތަނެއް ހުރީ 13 މޭލުގެ ހިސާބެއްގައި، އެކަމަށް ގަޑިއިރުތަކެއް ނަގާނެ." އޭނާ ވިދާޅުވިއެވެ. ލަތީފު އިތުރަށް ވިދާޅުވި ގޮތުގައި ޑޮކްޓަރު އައިޝަތުގެ ކައިރިއަށް އައިފަހުން ލީ ދެ ނޭވާއެވެ.

އައިޝަތު މާލެ ދާން ފުރީ، ވަކި މުޙިއްމު ބޭނުމެއް އޮވެގެން ނޫނެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނާ ދަތުރަށް ފުރީ ހަމަ މާލެ "ޖައްސާލުމަށެވެ." އަދި ދަތުރަށް ފުރިއިރު އޭނާ ބަލި ނޫންކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. އައިޝަތު

  إنا لله وإنا إليه راجعون اللهم اغفر له وارحمه وعافه واعف عنه

  2
  1
 2. ތުނިޔަ

  އިންނާލިއްލާހި ވައިންނާއިލައިހިރާޖިޢޫން! ކިހާފުރިހަމަ މަރެއްތޯ! ފަހު އަމަލަކަށްވެސް ނަމާދު އަދާކުރީ..މާޝާﷲ އަޅަމެން އެންމެންގެ ފާފަ ފުއްސަވާ ހެޔޮއަމަލު ތަކުގެ މަތީގައިވާހާލު މަރު ގަންނަވާށި!

  • މީ

   ޔާﷲ އާމީން

 3. Anonymous

  إنا لله وإنا إليه راجعون

 4. أمينة

  إنا لله وإنا إليه راجعون

 5. عبد الرحمن

  إنا لله وإنا إليه راجعون. اللهم اغفر لها وارحمها وعافها واعف عنها.

 6. Anonymous

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

 7. ޝބ

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

 8. ބަލަ

  ކޮޅެއްނެތްހާ ބޮޑު މޮޅެއް

 9. ޤާދިރު

  إنا لله وإنا إليه راجعون اللهم اغفر له وارحمه وعافه واعف عنه

 10. ލީލާ

  إنا لله وإنا إليه راجعون

 11. ރާވެރިބެ

  އަހަރެމެން އެނބުރި ދިއުން ވަނީ ﷲގެ ޙަޟުރަތަށެވެ. މަރުވާނެ ގަޑިއެއް، ތަނެއް ނޭނގެއެވެ. އަދި މަރުވާނީ ކޮންމެއްގައި ހުއްޓާކަމެއްވެސް ނޭނގެއެވެ. ގިނަވަގުތު ޣާފިލުކަމުގައި އުޅޭމީހެއްގެ މަރު ބައްދަލުވުން ކައިރި އެފަދަ ކަމެއްގައި ހުއްޓައެވެ. މަރުހޫމާއަށް ސުވަރުގެ މިންވަރުކުރައްވާށި.. އާމީން.

  • އިމް

   ޔާﷲ އާމީން

   • ޭެެުުތތ

    إنا لله وإنا إليه راجعون

 12. އަޙްމަދު

  إنا لله وإنا إليه راجعون اللهم اغفر له وارحمه وعافه واعف عنه

 13. މުހައްމަދު ސައީދު

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

 14. ކިޔުންތެރިޔާ

  إنا لله وإنا إليه راجعون

 15. Faxu

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

 16. ޯިުހޔތދދސަޘޗބނ ނމ.

  إنا لله وإنا إليه راجعون. اللهم اغفر لها وارحمها وعافها واعف عنها.