ސިނަމާލެ ބްރިޖު ހަދަން މާލެ އާއި ހުޅުލެއާ ދެމެދު ދަގަނޑުން ހެދި ޕްލެޓްފޯމް ނަގައި ނިންމައިފިއެވެ.

ދަގަނޑު ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކުރީ ވެސް ބުރިޖު އެޅި ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީން (ސީސީސީސީ) އިން ނެވެ. ބުރިޖުގެ މަސައްކަތް ނިންމާތާ ހަމަސް ދުވަސް ތެރޭގައި ހޮޅިތައް ނަގާ ބުރިޖު ސަރަހައްދު ސާފުކުރަން ޖެހެއެވެ. ޕްލެޓްފޯމްގެ ހޮޅިތައް ނަގާފައި މިވަނީ އެމުއްދަތު ހަމަވުމުގެ ދެމަސް ދުވަސް ކުރިންނެވެ.

ސިނަމާލެ ބުރިޖު އާއްމު ދަތުރުފަތުރަށް ހުޅުވާލީ މިދިޔަ ސެޕްޓެމްބަރ މަހުގެ 07 ވަނަ ދުވަހު އެވެ.

ވަގުތީ ޕްލެޓްފޯމްގެ ހޮޅިތައް ނަގާ ނިންމި ނަމަވެސް އެ ސަރަހައްދުގެ މޫދު އަޑީގައި ހުރި ދަގަނޑުގެ ކުނިބުނި އަދި ސާފެއް ނުކުރެ އެވެ. އެތަކެތި ވެސް ނަގާނެ ކަމުގެ ޔަގީންކަން ސީސީސީސީ އިން ވަނީ ދީފައެވެ.

ބުރިޖުގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރިއެވެ.

ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންއެވެ. ސިނަމާލެ ބުރިޖު މަޝްރޫޢު އަކީ ދިވެހިން އެތައް އަހަރެއް ވަންދެން ކުރަމުން އައި އުއްމީދެކެވެ.

ސިނަމާލެ ބުރިޖާއި އެކު މާލެ ސަރަހައްދުގެ ދަތުރުފަތުރަށް ވަނީ އިންގިލާބީ ބަދަލެއް އައިސްފައެވެ. ފެރީ ދަތުރުތައް މަދުވެ ބުރިޖު ބޭނުން ކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބުﷲ

    ށުކުރިންޔާ ޔާމީން ތިވަރުގެވެރިއެއްނުދެކެއް

  2. ހަހުރަ

    ހިޕް ހިޕް ހިޕް ހުރޭ!!

  3. ޙަސަން ސައީދު

    މި ދިވެހި ރައްޔިތުން ޝުކުރުވެރިވާން ދަސްކުރާނީ ކޮންދުވަހަކުން ބާ؟ ބްރިޖް ގެ އަގަށް ދިވެހި ސަރުކާރުން ލޯނާއި އެކު ޚަރަދު ކޮށްފަ އެއޮތީ އެނެއް 84 މިލިއަން ޑޮލަރު. އެއަގުގަ ނޫނީ އެއައްވުރެން ކުޑައަގެއްގަ އެބްރިޖް އެޅޭނެކަމަށް ދައްކާ ވާހަކައަކީ، ހުޅުލެ އެއަރޕޯޓް ހަދަން އިންޓަރނޭޝަންލް ބޮޑު ކުންފުންޏަކުން ހަވާލުވެފަ އޮތްއިރު އެތާގެ ކުރެހުމެއް ވެސް ނެތޭ ވިދާޅުވި ރައީސް މީހާ ހެއްދެވިކަހަލ ދޮގެއް!