ކުރިއަށް އޮތް 30 އަހަރުވެސް ރާއްޖޭގައި ވެރިކަން ކުރައްވާނީ ރައީސް ޔާމީން ކަމަށް އެމްޑީއޭގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު ރީހާން ވިދާޅުވެއްޖެއެވެ.
މިރޭ ވެރިކަން ކުރާ ޕީޕީއެމް, އެމްޑީއޭ, އަދި ޑީއާރުޕީގެ ޔޫތު ވިންގް އިން އިސް ނަގައިގެން "ރޫމާލު 2" ޖަގަހާގައި "ވަރަަށް ވާން ކޮށް ރައީސް ޔާމީން އާއި އެކު" މިނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިހާން ވިދާޅުވީ ޒުވާނުންނަށްޓަކައި އެތައް ހާސް ފުރުސަތުތަކެއް ރައީސް ޔާމީން ފަހިކޮށްދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބިފައި މިހިރީ އަގުބޮޑު ޖަވާހިރެއް ބައްލައްވާ ޒުވާނުންނަށްޓަކައި އެތަށް ހާސް ފުރުސަތު ތަކެއް ރައީސް ޔާމީން އެވަނީ ފަހިކޮއްދީފައިވާފައި" ރީހާން ވިދާޅުވިއެވެ.
ބަގާވާތް ކުރި ފަރާތް ތަކުގެ ކިބައިން ގައުމު ސަލާމަތަ ކުރަން ޒުވާނުން މިތިބީ ނިކުމެ ކަމަށް ވިދާޅުވެ ރީހާން ވިދާޅުވީ ގައުމުގެ ޒުވާން އެކު އެކީގައި މިތިބީ ރައީސް ޔާމީން އަށް 2018 ކާމިޔާބް ކޮއްދޭން ކަމަށެވެ.
ރީހާން އަކީ ފެށުނީއްސުރެ ރައީސް ޔާމީންގެ ސަރުކާރާއެކު ދެގޮތެއްނުވެ ހުންނެވި އަހްމަދު ސިޔާމް މުހައްމަދު ގެ އެމްޑީއޭގެ އަށް ނިސްބަތް ވާ އަދި ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް އައްޔަނު ކުރެވުނު 20 ވަނަ ފަރާތެވެ.
ނަޝީދުމެން ވެސް ބުނި ކުރިއަށް އޮތް 500 އަހަރު ވެރިކަން ކުރާނަމޭ....
އިންޝާﷲ
އެއީވައިއަޅުވަންވެގެންރީކޯބުނިއެއްޗެއް.
ރީހާން.މަގާމާއި ފައިސާ ބޭނުމަސް ފުކެއް ބޮޑުވަރު. ކޮންތާކުން ގެނައި 30 އަހަރެއް. މިހާރުވެސް ހަގީގީ ވޯޓެއް ލައިފިއްޔާ ޔާމީން ދާނީ ޗޮކުން.ތިކަހަލަ އަމިއްލަ އެދުން ބޮޑު ދޮގުވެރިން ލައިގެން ޔާމީން ވެސް މިހަލާކުކުރަނީ.އޭނާއަށް ނެތް ތާއީދު އޮތްކަމަށް ދައްކައިގެން
މިއައީ ބިރުގަންނަން ޖެހޭހިސާބު. ކުރީންވެސް އެކަކު 30 އަހަރު ވަންދެން ވެރިކަމުގައި ބަގުޑި ބައްދައިގެން އުޅެފިއެވެ.
30 ހެއްނުން ކޮކޯ 60 ރަގަޅެއްނު
މީނަޔަށްވެސް އިލްހާމު ކުރެއްވީތޯ؟
މުގާބޭގެ އަންހެނުންވެސް ބުނި މުގާބޭގެ ގަބުރަށް ވެސް ޒިމްބާބޯ ގެ ރައިޔަތުން ވޯޓް ދޭނޭ. ކިހިނެއްދިޔައީ ފޮރޮޅިގެން. ދިވެހިންވޯޓްނުދޭނެ ކިހިނެއް ހޮވޭނީ ؟
ހަރުމުދާތަ މީ ރާއްޖެ ބޭނުންވާ ވަރަކަށް ވެރިކަން ކުރަން.
ޖަޒުބާތުގައި ޖެހިގެން ބުނެވޭ އެއްޗެތި ތިއީ. އެެހެންވެ، އަހަރެން ބުނާނީ ދެވަނަ މައުމޫނެއް އުފަން ކުރުވުމުގެ ބަދަލުގައި 2 ދައުރު ހަމަކުރައްވާފައި ވަޑައިގްނަނަވާށޭ.
ތިރީސް އަހަރުވުމުން ދިނިޔެނިމުނީ ނުވަތަ ވެރިކަމުގައި މިހާރުހުރި ކޮރަޕްޓް އަނިޔާވެރިޔާ މަރުވަނީތޯ؟
މަޖާޒީ ރާގެއްގައި އެ ވިދާޅުވީ ކުރިޔަށްއޮތް 30 އަހަރޭ! ތިވަރު ނޫނަސް އިރާދަކުރެއްވިއްޔާ ކުރިޔަށްއޮތް ފަސް އަހަރު ރައީސުލްޖުމްހޫރިއްޔާއަކީ ރައީސް ޔާމީން!
ކަންކަން ހީނގަމުންދާގޮތާއީމެދު ފީކުރު ހީންގާލުމުން މީވަގުތު ސަރުކާރުގެ ޕޮލީސީތައް ހުރީގޮތައް ބަލާނަމަ ކުރީއައްއޮތް އެކެއް އަހަރު ވަންދެންވެސް ސަރުކާރު ވެރީކަމުގައީ ދެމެހެއްޓީއްޖެއީޔާމުން އެއީ ވަރައް ބޮޑުވަރެވެ.
ޑިކްޓޭޓާ ޖަސްޓް ލައިކް މައުމޫން. ވީ ކެން ނެވާ އެސްކޭޕް ހިމް.