ރ. އަތޮޅު އަގޮޅިތީމު ސްކޫލްގައިވެސް މޫނު ބުރުގާ އަޅައިގެން އުޅޭ އަންހެނަކަށް ވަޒީފާ ދީފިއެވެ.

މި ޓީޗަރަކީ އެސްކޫލުގައި ކުރިންވެސް ކިޔަވާދެމުން އައި ޓީޗަރަކެވެ. އޭނާ މޫނު ބުރުގާ އަޅައިގެން ކިޔަވަދޭން ނުކުމެފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އެ ސްކޫލްގެ ޕްރިއިމަރީ ގްރޭޑްތަކަށް ކިޔަވާދެމުން އަންނަ އެ ޓީޗަރު ކިޔަވާދެމުން ދިޔައީ އިނގިރޭސި މާއްދާއެވެ.

މޫނު ބުރުގާ އެޅި ޓީޗަރުންނަށް ވަޒީފާ ދިނުމުން އެތައް ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ. ދާދި ފަހުން ތޮއްޑޫގައިވެސް ވަނީ މޫނު ބުރުގާ އެޅި މީހަކަށް ސްކޫލުން ވަޒީފާ ހަމަޖެހިފައެވެ.

މޫނު ބުރުގާ އެޅި އަންހެނުންނަށްވެސް، އެހެން އަންހެނުންނެކޭ އެއްފަދައިން ސަރުކާރުގެ ވަޒީފާ ލިބެން ޖެހޭނެކަމަށްވެސް އެތައް ފަރާތަކުން ދަނީ ބުނަމުންނެވެ.

މީގެ ކުރިން، މޫނު ބުރުގާ އެޅި ބައެއް ތީޗަރުންނަށް، ސަރުކާރު ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ފުރުޞަތު ގެއްލިފައިވެއެވެ. އެގޮތުން، ކުރިން ވަޒީފާ ގެއްލުނު ޓީޗަރުންނަށް ވަޒީފާ ދިނުމަކީ ސަރުކާރުގެ ވައުދެއްކަމުގައިވިޔަސް، އަދި އެފަރާތްތަކަށް ވަޒީފާ ލިބުނުކަމުގެ މައުލޫމާތު ލިބިފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. Anonymous

  ރަސޫލާއަށް ހިތުހުރި އެއްޗެއް ކިޔަންސަރުކާރުން ހިތްވރުދީފަ، މޫނުބުރުގާ އެޅި ޕާޓީ މަންޖެއަކަށް ވަޒީފާ ދިނީމަ ދިވެހިން ތިބެ ބުނާނެ މިސަރުކާރުން އިސްލާމް ދީނަށްޠަކައި އެމީހުނަށް ވަޒީފާ ދެނީއޭ. ދިވެހިން މިތިބީ ހަމަ ރަނގަށް ހޭބަލިވެފަ

 2. ބޮކި

  ކޮބާތަ އަދިވެސް ބުނާނަންދޯ މިސަރުކާރަކީ ލާދީނީ ސަރުކާރެެއް !

  1
  2
  • Anonymous

   ތިހެން ބުނެފަ ދިވެހިން ހެވިފަ ތިބޭނެތީއޭ އެޒާތުގެ މަކަރުވެރިކަންކަން އެކުރަނީ. މިސަރުކާރު މިއީ ލާދީނީކަމުން ހައްދުންނެއްޓި، އިސްލާމްދީން މިގައުމުން ފޮހެލުމަށް ފޫގަޅައިގެން ތިބި ބައެއް. ﷲ ގެ ރަސޫލާއަށާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށާއި، ޞަހާބީންގެ އެންމެ މާތް ބޭކަލުންނަށް ހުތުރު އެއްޗެހި ގޮވާއިރު، އެކަން ހުއްޓުވާ އެކަން ކުރާ މީހުނަށް އަދަބު ނުދީ ރައީސްއޮފީހަށް އެމީހުންގެންގޮސް އެކަމަށް ހިތްވަރުދޭ ސަރުކާރެއް މިތާ އޮތަނުދީ، މުސްލިމުންނަމަ ވެރިކަން ވައްޓާލާނެ.

 3. އެމީހާ....

  ދުވާފަރު ޕްރައިމަރީ ސްކަޫލުގައިވެސް މޫނު ބުރުގައި އަޅައިގެން ދެ ޓީޗަރުން މަސައްކަތް ކުރޭ!!!

 4. ޙުސައިން

  ބަލަ މޮޔެވެގެންތައް ތިއުޅެނީ..ޙައްޖާއި ޢުމުރާގެ އަޅުކަން އަދާ ކުރަނީ ހިލޭ ފިރިހެނުން ކުރިމަތީގައި މޫނު ނިވާ ނުކޮށް ތިބެ. ކިޔަވަ ދިނުމަކީ އަޅުކަމަކަށްވާ އިރު މުދައްރިސުންނަކީ ދަރިވަރުންގެ ދެވަނަ މައިން ބަފައިން ކަމުގައި ބެލެވޭއިރު މޫނު ފޮރުވައިގެން އުޅެން ޖެހޭ ސަބަބު ވިސްނާ ވިސްނާ ނޭނގުނު.

  • ަާަަަަަައ.މ

   ލޮލް... ކިޔަވާދިނުމަކީ އަޅުކަމެކޭ. އިންސާނާ ދުނިޔޭގައި އުޅޭއިރު ކުރާ ކޮންމެ ކަމަކީވެސް އަޅުަކމެއް..އެއީ ﷲ އަށް ހިތް ޚަލާޞްކޮށްގެން ކޮށްފި ކޮންމެ ކަމެއް. އެހެންނޭ ކިޔާފަ ނުޖެހޭ ހިލޭ ފިރިހެނުންނަށް ތިމާގެ މޫނު ދައްކާކަށް. ދީނުގެ ޢިލްމު ރަނގަޅަށް އެނގިގެން މެނުވީ އެވާހަކަ ނުދެއްކުން ރަނގަޅު. އެހެން ނޫނީ ޤިޔާމަތް ދުވަހުން ތިމާގެ ގުނަންތައް ތިމާއާ ދެކޮޅަށް ހެކިބަސް ދޭ ދުވަހު ތިމާއަށް ކިޔުނު އަދި ކުރެވުނު ކަންތަކާމެދު މޮޔަ ހީވެދާނެ. ހައްޖާއި ނަމާދާއި ރޯދައަކީ އެހެން ކަންކަން ފަދަ އަޅުކަންތަކެއް ނޫން. ޢިބާދާޓުގެ ވެސް ވައްތަރުތަކެއް ހުރޭ. ދުނިޔޭގައި އުޅެން ލިބިފައި މިއޮތް މަދު ވަގުތުކޮޅުގައި ބޭކާރު އަދި މޮޔަ ކޮމެންޓްތައް ކުރުމުގެ ބަދަލުގައި ތިމާ އެދީނަކަށް އުޅޭ ކަމަށް ދަޢުވާކުރާ ދީން އުނގެން މަސައްކަތް ކުރިއްޔާ މާ ރަނގަޅެއް ނޫންތަ؟ 🙂

   • Anonymous

    މޫނު ބުރުގާ އަޅަން ވާޖިބުވަނީ، ރަސޫލާގެ އަނބި އަނބި ކަނބަލުންނަށް. ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ދާން ހުއްދަވާނީ، މޫނާ ދެއަތްތިލަ ނޫން އެހެން ހުރިހާ ތަނެއް ނުފެންނާނެހެން ހަދާ އައުރަ ނިވާކޮށްގެން.

  • ބަލަ ޙުސޭނާ!

   މޫނު ބުުުރުގާއާ ބެހޭގޮތުން އަދި އިތުރަަށް ދަސްކުރަން ފެެނޭ ހުސޭނުމެން.
   ތުއްތު ދަރިން ކުރިމަތީ ވަރިހަމަ ދޯ އެއްޗިހި ލައިގެެން ތިބޭ ޙާލު އޮރިޔާމާ ކިޔަވައިދިނަސް؟
   ހަމަ ސަޙާބާއިން ހެދުންކޮޅު ތުރުކުރެއްވި ގޮތަށް ހެދުން އެޅީމަ ގޯސްވަނީ!

  • ހުސެނ

   ޖާހިލުން ނަކައް ވިސްނިއަސް ނޭގޭނެ

 5. ކޮމިޓީ

  މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މީހުން ތިބިތޯ ބަލާ ކޮމިޓީ އުފައްދަން ފެނޭ