ދިވެހި މަސްވެރިން، އެމީހުންގެ ދޯނިފަހަރުގައި އަވަށްޓެރި ސްރީ ލަންކާއަށް ގޮސް އެޤައުމުތަކުގެ މަސް މާރުކޭޓުތަކުގައި ދިވެހި މަސްވެރިން ބާނާ މަސް ވިއްކޭނެ ގޮތް ހަދަން، އެމްޑީޕީން މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެމްޑީޕީން ރާވާ، ތައްޔާރު ކުރަމުންދާ ކަރުދާހުގައި މިކަންކަން ބަޔާން ކޮށްފައިވާއިރު، މި ކަރުދާހުގައި ބުނެފައިވަނީ މިކަންކަން ކުރުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި ވާން ޖެހޭ އެއްބަސްވުންތައް ވުމަށް މަޖިލީހުން ކަންކަން ފަހިކޮށްދޭނެކަމަށެވެ.

މަސްވެރިން ލަންކާ އަށް ގޮސް މަސް ކިރަން އެމްޑީޕީ އިން މަގު ތަނަވަސް ކުރާއިރު ރާއްޖެ އާއި އެންމެ ކައިރީގައި އޮންނަ ލަންކާގެ ބަނދަރާއި ރާއްޖޭގެ ދުރުމިނަކީ 483 މޭލެވެ. ރާއްޖޭގައި ދުއްވާ އެންމެ ބޮޑެތި މަސްދޯނިތައް ވެސް ދުވަނީ ގާތްގަނޑަކަށް ގަޑިއަކު 13 މޭލަށެވެ. އެހެންކަމުން ރާއްޖެ އިން ފުރައިގެން ލަންކާ އަށް ދިއުމަށް އެންމެ އަވަސް ވެގެން ވެސް 38 ގަޑިއިރު ހޭދަ ވާނެއެވެ.

އެމްޑީޕީގެ ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މަސްވެރިކަން ކުރުމަށް އަންނަ އުޅަނދުތަކަށް ހުއްދަ ދިނުން ހުއްޓާލާ، އޭގެ ބަދަލުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް މަސް ކިރާ ބޯޓުތައް ވަދެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖައްސާނެއެވެ.

އެއްވެސް މެދުވެރިއެއް ނެތި ބޭރުގެ މަސް ކިރުވާ ބޯޓުތަކަށް ދިވެހި ދޯނިފަހަރުން މަސް ވިއްކޭނެގޮތް ހަދަން ހުޅުވާލާން ހުށަހަޅާފައިވާއިރު، ރޯމަސް ގަތުމާއި އެކްސްޕޯޓް ކުރުމުގެ ހުއްދަ އާއްމުކޮށް ދިނުމަށް ހުޅުވާލަންވެސް ބިލެއްގެ ގޮތުގައި ހުށަހަޅަން ތައްޔާރުކުރި ކަރުދާހުގައިވެއެވެ.

ހަމައެހެންމެ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި ކަންނެލި ޖަގަހަތަކެއް ހެދުމަށްވެސް ހުށަހަޅާފައިވެއެވެ.

އެމްޑީޕީން ދަނީ އަންނަ މަޖިލީހަށް ހުށަހެޅުމަށްޓަކައި ގިނަ ކަންތައްތަކެއް ރާވަމުންނެވެ. އެގޮތުން، އިންކަމް ޓެކްސް ނެގުމާއި، މިނިމަން ވޭޖް ހަމަޖެއްސުން އަދި އަންއެމްޕްލޮއިމަންޓް ބެނެފިޓް ދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ތުނިޔަ

  ވަގުތު ނޫހުން ބަލާދީބަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން ވީވައުދު ވީހިސާބެއް! ވެރިކަން ލިބުނު ފަހުން އެއްވެސް މީހަކު އެހެން ކިޔާއަޑުވެސް ނީވޭތީ!

 2. ނައީމު

  މަޓްކަލާކޯ މިވެރިންގެ ވާހަކަ އަޑުނާހާތި މިއީ މުޅިންވެސް މަޖުލިސްގެ މެޖޯރިތީ ހޯދަން ޖަހާމަޅި! ރިޔާސީ އިންތިޚާބުގެ ވައުތައްވީ ކޮންގޮތެއް މިކަހަލަ ވާހަކދައްކާ ފަރާތްތަކުގެ ބޭނުމާމެދު ވިސްނާ ކޮންމެ ޚިދުމަތެއްވެސް ލިބެންއަންނަނީ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުމާ ގުޅުވައިގެން ރައްޔިތުނެވޭ ހޭއަރާ ފަހުން ހިތާމަކުރަންޖެހޭ ކަންކަން ނުކުރާތި!

 3. ޖަޒީ

  ޖަޒީރާކުދިން އުޅޭނީ ޖަޒީރާކޮށް. ކިކޭ ދެން ބުނާނީ ދޯ

 4. މުޙާ

  އެއްގޮތަކަށްވެސް ނުކިރާނީ ދޯ؟ 2008 ގައި ވެރިކަމާ ޙަވާލުވެ ހަދާލިގޮތް އަދި ހަނދާނެއް ނުނެތޭ! ފޮނި ނުކަނޑާ!!!

 5. ގޑޖ

  އޭރުން ޑްރަގްމަސް ރާއްޖެއަށް އެތެރެވާނީ

 6. ޢަލް

  ބައެއް ވައުދު ތަކަކީ ވައުދުވި މީހާ ހަދާން ނައްތައިލުމުން އެކަން ފުދިފައިވާ ވައުދު ތިޔަ ހަދާން ތައް ހުންނާނީ ތިޔަ އާއިލާތައް

 7. Miadhu

  ބޯގޯސް ތިއީ މަސްތުވާތަކެއްޗަށް ހުޅުވާލާ ބޮޑުގޭޓެއް

 8. ާަާަަައަސްލު

  ޑޮރަގް ޑީލްކުރަން މަގުފަހިވަނީ...ލަންކާގެ މަސްބޯޓްތަކައް ރާއްޖޭގެ ސަރަހައްދައް ވައްނަން ޖާގަދޭންތޯ...ލަންކާގަ ހުރިސަފީރަކީ އެއްބައި ލަންކާ ރާފުޅިއެއް...ރާއްޖޭގެ ދާހިލީކަންކަމާ ކުޅޭ މދޕ ގެބޮޑުޖަދަހައެއީ..ރައްޔިތުން ސަމާލްވޭ

 9. ބުރޯ

  65 އަހަރުގެ މީހަކަށް 5000ނުކުޅެދޭ މީހުނަށް 2000 ރުފިޔާ ގާނޫނަކުން ހަމަޖެހުނު އިރު ފެންސަނުގެ ގޮތުގާ 100 ރުފިޔާ ލިބޭ މީހުން އަދިވެސް އެބަތިބި ކޮބާތަ ގާނޫނީ ހަމަހަމަ ކަމަކީ ؟ކޮބާތަ ރައީސް އަށް ލިބިވަޑައިގަންނަވާ އިހްތިޔާރާ ބާރު ހެދުނު ނާސްތާއަށް ބޮލަކަށް 10000 މަހަކު ހަރަދުވާއިރު ޕެންސަން 100 ރުފިޔާ އެއީ އިންސާފު ތޯ ؟

 10. އަންނީ

  ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދު ތަކުގައި އެމްޑީޕީގެ ޖަގަހަތައް ހަދާ ޕާޓީއަށް ވަންނަން ބޭނުންވާ ބޮޑުކަންނެލިތަކަށް ފޯމުފުރާދިނުމާ މެމްބަރުޝިޕް ދިނުން މިޖަގަހަ ތަކުގައި ކޮށްދެވޭނެ.

 11. އަހުމަދު

  ދެން މަސްވެރިން މަސް ނުކިރިގެން ސަރުކާރަށް އިންގިލި ދިއްނުކުރެވޭނެ ގޮތް އެހަދަނީ ކިހިނެތް އެހާ ތެޔޮ އަންދައިގެން ރޯމަސް ކިރުވަން ސިލޯނަށް ދާނީ އަދި ސިލޯނަށް ކޮންއަގެއްގާބާ ކިރުވެނީ ކިހާވަރަކޮށްތޯ ބެލިިންތޯ ދެން އުޅޭނެ ގެއްލިގެން ނުފެނި އުޅޭ ދޯނި ތަކާއި ވީނުވީ ނޭގޭ ދޯނި ފަހަރު އަދި ބޭރުގެ މަސްބޯޓްތައް މަސް ކިރުވުމުގެ ނަމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދައް ވަދެ ދާއަޅައިގެން ދާނީ ބުނާނި މީ ރާއްޖެއިން ގަނެފައިވާ މަހޭ..... މަހޭނެތި ދާނީ މަސްކަނޑުތައް ހުސްވާނީ ހަތަރެސްކަން މިހަމަވަނީ ރާއްޖޭގެ މަސް އެކްސްޕޯޓް ކުރާ ކުންފުނިތައް ބަނގުރޫޓް ވާނެ

 12. އަހުމަދުލއ

  2 ދުވަހު ދުއްވައިގެންވެސް ރަގަޅު އަގުގަ މަސްކޮޅު ކިރާ ލެވެންޏާ އޯކޭ. އެދަތުރު ކުރާނީވެސް ބޭނުންވާ ބަޔަކުތާ .އަންނަމުން މުދާ ބަރޔކޮށްގެން އައިމަ ނިމުނީ.

 13. ޟޭރީ

  އެއީދޯ އައިނުމަތީ ތިއްބާ މަސްކިރޭގޮތް ހެދހުމަކީ؟ ޢިންޑިޔާ މާކެޓްގެ އަގުދހަށީދޯ؟

 14. ޖޮއްބެ

  އަދިހަމަ ތާކުންތާކު ޖެހޭ ނިންމުމެއް ނުނިންމާ. މުޅިން ވެސްތިބީ ބޯގަމާރުވިއްޔަ.

 15. އަހުން

  މި ވެރިކަން ކުރާ މީހުން ބޭނުންވަނީ ދިވެހީންނާ ލަންކާ މީހުންނާ ހަމަ ނުޖެހުމަކަށް ގެންގޮސް ހަނގުރާމައަކަށް ދާންހެން ހީވަނީ؟ ކަމެއް ކުރަން ނުދަންނަ މީހުންނާ ގައުމުގެ ހުންގާނު ދިނީމަ ވާނެ ހައެތި ތި ކޮޅުމަތި އަދި މިފެންނަނީ؟ މީހަކަށް ހަސަދަލާ އަނެކާއަށް ދެރަދޭން ކުރާކަން ކަމުން އާޙިރުގަ ގެއްލުން ލިބޭނީހަމަ ތިމާއަށާ ތިމާ ވަށާގެންވާ އެންމެނަށް.

 16. ލަދުކުޑަ

  އަޅެ ރައްޔިތުންނަށް މިވަރުގެ ޖެއްސުން ކުރަން ޖެހޭތަ

 17. އަބުﷲ

  މަސްވެރިންދާންއެންމެރަގަޅީ އިގިރޭސިވިލާތަ
  މަސްވިއްކަން ރަގަޅުއަގު ޕައުންޑު ލިބޭނެ

 18. ޣާދިރު މަނަދޫ

  ލަންދޫގަ ކުއްޅަވައް ފެކުޓަރީ ވެސް ހެދީ ހަމަ މިގޮތައް.. މިހާރު ލަންދޫބޯޓުގަ ރާއްޖެއިން ބޭރައް ކުއްޅަވައް ފަނި ބޭރުކުރަމުން އެގެންދަނީ.. މަނަދޫގަ ބަކަރި ކޮށިތައްވެސް ފުރިގެން މިހާރު ލަންކާ އައް ބޭރު ކުރަމުން ދަނީ..

 19. ފޯއްބެ

  ތި ޖެހުނީ ކަންތަކާ.. ދެން މުޅި ލަންކާގެ ބަނދަރު ތެރޭގައި އޮންނާނީ ދިވެހި ކުދިންގެ ނެޕީ..

 20. އެލެކްސް

  ހެޔޮފުޅޭ ކޮންފަދަ ފަސޭހަ ގޮތެއް އެ ނިންމާ ދިނީ

  • މަނާ

   ދިވެހިންނައް ރަގަޅު އެއްގޮތްވެސް ނޯންނާނެ ދެން ވަރަށް ސަލާމް

 21. މަގޭގައުމު

  ޔާﷲ! މިކައމުން މިގައުމު ސަލާމަތް ކުރައްވާށި! މިނުހުއްޕާން މިއުޅެނި މަސްވެރިންކޮޅު ކަނޑުމަތިން ނަގާލަންވެގެން. މިނޫން އިތުރުކަމެއް މީގަ ނުވިސްނުނު.

 22. މަސްވެރިޔާ

  އަހަރެމެން ލަންކާގެ ސަރަހައްދަމް ވަންނައިރު އެމީހުންވެސް ބޭނުންވާނެ މިސަރަހައްދައް ވަންނަން އަހަރެމްން އެއްގޮތަކައް ވެސްް ނޭދެމު ލަންކާ މީހުން އައިސް ދާއަޅާގެން މިތާންގެ މަސްވެރިކަން ހަލާކުކުރާކަށް