ދެ ކުދިންނަށް ބަލިވެ އިންދާ ކުއްލި ގޮތަކަށް ނިޔާވި ރަޝްފާގެ ބަނޑުގައި އޮތް ދެ ކުދިން ސަލާމަތް ކުރަން، އޭނާއަށް ފަރުވާ ދިން މާފުށީ ޞިއްޙީ މަރުކަޒުން މަސައްކަތް ކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއްޖެއެވެ.
މިކަން ބަޔާންކޮށްފައިވަނީ ރަޝްފާގެ މަރާ ގުޅިގެން އޭނާގެ އާއިލާއިން މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ޖަވާބުގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއި ކުރައްވާ އެއާއިލާއަށް ފޮނުއްވެވި ސިޓީއެއްގައެވެ.
ރަޝްފާގެ އާއިލާއަށް ފޮނުވި ސިޓީގައި ހެލްތު މިނިސްޓްރީން ވިދާޅުވެފައިވަނީ ބަނޑުގައި އޮތް ރަޝްފާގެ އެއްނިބޫ ދެކުދިން ސަލާމަތް ކުރުމަށް ސިއްހީ މަރުކަޒު މަސައްކަތް ކޮށްފައިވާކަން ހާމަވާކަމަށެވެ. އެގޮތުން އެވަގުތު އައިޖީއެމްއެޗްގައި ޑިއުޓީގައި ހުރި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަށް ގުޅައިގެން، އަމަލު ކުރަންވީ ގޮތް ސާފު ކުރިކަމަށް ވިދާޅުވެފައިވެއެވެ.
ސިޓީގައި އިތުރަށް ބަޔާން ކޮށްފައިވާ ގޮތުން މާބަނޑު ދުވަސްވަރު ރަޝްފާއަށް ލިބެން ޖެހޭ ފަރުވާތަކުގައި އިހުމާލުތަކެއް ހުއްޓެވެ. އެގޮތުން މާބަނޑު ދުވަސްވަރު ގަވާއިދުން ޑޮކްޓަރަށް ދައްކާއިރު ހަދަން ޖެހޭ ޓެސްޓު އެންމެ ފަހުން ހަދާފައިވަނީ ދެ މަސް ދުވަސް ކުރިންކަމަށް ބަޔާންކުރައްވާފައިވާއިރު ޑޮކްޓަރަށް ދެއްކުމުން ހަދަން ޖެހޭ އެހެން ޓެސްޓެއް ވަނީ ނުހަދައެވެ. އެއީ އޭނާގެ ފައި ދުޅަވުމުން ޑޮކްޓަރު ހަދަން އެންގި ޓެސްޓެކެވެ.
ހެލްތު މިނިސްޓްރީގެ ސިޓީގައި އިތުރަށްވާ ގޮތުން ރަޝްފާގެ އަނގަޔާއި ނޭފަތުގައި އުފެދުނު ދަވަތައް ސާފުކުރުމަށް ސިއްހީ މަރުކަޒުން މަސައްކަތް ކޮށްފައިވާކަމަށާއި އަދި އޮކްސިޖަން ދިނުމަށްވެސް މަސައްކަތް ކޮށްފައިވާކަމުގައެވެ. ހަމައެހެންމެ، އެރޭ ސިއްހީ މަރުކަޒުން ދިން ބޭހަކީ ދެވިދާނެ ބޭހެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރަޝްފާގެ ކުއްލި މަރާ ގުޅިގެން އޭނާގެ ދައްތަ ވަނީ ފޭސްބުކް މެދުވެރިކޮށް މީގެ ކުރިން، ކަމާބެހޭ ފަރާތްތަކަކަށް ބޮޑެތި ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. ރަޝްފާގެ މަރަކީ "މެޑިކަލް މެލްޕްރެކްޓިސް"އެއްގެ ސަބަބުން ދިމާވި ކަންތައްތެއްގެ ސަބަބުން ކުރިމަތިވި މަރެއް ކަމަށް އޭނާގެ ދައްތަގެ ޕޯސްޓުގައި ބުނެފައިވެއެވެ. ތިން ފުރާނައެއް ކުއްލިއަކަށް ދުނިޔެ ދޫކޮށް ދިޔުމާއެކު ލިބުނު ހިތާމާގައި "މީހަކު މެރިކަމަށް ވަނީ ހަމައެކަނި ތޫނު އެއްޗަކުން ހަމަލާދީ މަރާލީމަތޯ" އޭނާ ސުވާލު އުފައްދާފައިވެއެވެ.
ހަމައެހެންމެ، ރަޝްފާ އަށް ދިން ބޭހަކީ މާބަނޑު އަންހެނަކަށް ދެވޭނެ ބޭހެއް ނޫންކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.
ކޮބާ ކިހިނެއް މިވީ. ރ.ޔާމީނު ސަރުކާރު މިކަހަލަ މަރެއް ވިޔަސް އެއީ ރ.ޔާމީނު މަރާލި މީހަކަށް ވަނީ. އެކަމަކު އެމްޑީޕީ ސަރުކާރު ވީމާ މަރުވި މީހާގެ އިހުމާލު. މީތި ސަޅި.
ކެކެކެކެކެކެކެކެެކެކެކެކެ ވަރަށް ހިތާމަ ހުރި
ތިބާމީހުންގެ ސަލާމަތާަރައްކާތެރިކަން ހިމާޔައް ކުރާނެކަމީމާކުރީގަވެސް އެގޭކަމެ ރަށް މަރުވިތާއެތަ ގަޑިފަހުން ރަށް ހޮސްޕިޓަލައް ގެންދެވުނީވެސް ދެން ކިހިނެތޯ 2 ކުދިން ސަލާމައްކުރަން މަސަކަށްކުރީ އެބާމީހުން ކުރީގަ ބުނަމުން އައީ ސިއްހީމަރުކަޒަގެން ދިޔައިރުގަވެސް 2 ކުދިން ވަނީ މަރުވެފަޔޯ ތިމަންނަމެނައް ކުރެ ވޭނެކަމެ ނެތޭ މިއަދު ކުއްލިޔަކައް 2 ކުދިން ސަލާމައް ކުރުމަށްޓަކާ މަސަކަށްތަކެކުރިކަމަ މިވަނީނިމްމާފަ މީ ހުނައް ނުފެންނަކަންތަކުގާ ތިކަހަލަ ދޮގުހަދާގެން ގަބޫލުކުރާނީ ގިނަބައެގެ ލޯމަތީހިގާދިޔަ ހާދިސާއަކައް ވެސް މިހަދަނީ ބުހުތާނުދޮގު ތިމާމެންގެ ނާގާބިލުކަން ފޮރުވަންވެގެން
ތިޔަ ކަމާ ތި ވަރަށްއުޅެނީ އާއިލާގެ އިހުމާލެއް އޮތީމަކަން ކުރިންވެސް ހީވި ތިޔަ އިހުމާލު ތިޔަ އޮތީ ފެނިފަ.
ޥަރައްސަޅި ތީގެކުއްވެރިވާނީ ބަލިމީހާ މީއެމްޑީޕީސަރުކާރު
މަރަކީ ހިފެހެއްޓޭނެ އެއްޗެއްނޫން، މަރުގެ އަންދަވަޅުން ސަލާމަތް ކުރަން މަސައްކަތް ކުރުމަކީ ވެސް އޮތް ކަމެއް. ގައުމަކީ ތަރައްގީ ވެފައިވާ ގައުމެއް، ސީއެމްބިއުލާންސް ހެލިކޮޕްޓަރ ހިދުމަތް ލިބޭ. އެކަން އެގޮތަށް އޮތަސް ނުރޯދަރިއަކަށް ކިރެއް ނުލިބޭނެ. ކ.މާފުށީގައި ހެދިފައި ވަނީ ހޮސްޕިޓަލެއް، ނަމަކަށް ކިޔާއުޅެނީ މަރުކަޒު. ބަލިމީހާ މަރުކަޒަށް ވަނަންޖެހެނީ ބޮލުގަ އަތް އަޅާގެން، ގައިން ތަންކޮޅެއް ހަލާކުވިޔަސް ، ދަރިފުޅު ހުން އަޔަސް މާލެ. ބަނޑުގަރިއްސައިގެން އެމަޖެންސީގަ ދާއިރު 2 ނަރުހުން ފޮނުވަން ހަންދާންނުހުރޭ، އައިޖީއެމްއެޗް އިންވެސް ބުނަނީ ހަމަ ފަރުވާކުޑައޭ. ކަމެއްވާއިރަށް ސަރުކާރު، ބަލަގަ ކ.މާފުށީ މެނޭޖުމަންޓު އެއީ ކީއްކުރަން ހަދާފައިވާ ތަނެއްތޯ؟ ކަމެއްގަ މެޅޭނެހެންހީވީމަ މަގޭ އަބުރު. ބޯހަލާކު ދޯ؟ ދެން ކުރާނެކަމެއް ނެތް ތާ! ވީކަމެއް ނުވާކަމަކަށް ނުހެދޭނެ، އެކަންކަން އަލުން އަންބުރާ ނުވެސް އަންނާނެ..