ޗައިނާގެ ބޭންކްތައް މެދުވެރިކޮށް ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރަން ތައްޔާރު ކަމަށް ޗައިނާ ސަރުކާރުން ބުނެފިއެވެ.

މާލީ ޚަބަރުތައް ގެނެސްދޭ "ފައިނޭޝަލް ޓައިމްސް" އަށް މައުލޫމާތު ދެމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ބުނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އެއްބާރުލުން ދިނުމާއި މަޝްވަރާކުރުމުގެ ތެރެއިން ދަރަންޏާ މެދު ވެސް މަޝްވަރާކުރާނެ ކަމަށެވެ.

"ރާއްޖެ އާއި ޗައިނާއިން، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ ހާލަތު ބޭއްވުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ އެއްބަސްވެފައި،" ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވިއެވެ.

"ފައިނޭޝަލް ޓައިމްސް" އަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކުރީގެ ސަރުކާރުގައި ރާއްޖެ އަށް ޗައިނާ އިން ދޫކޮށްފައިވާ ލޯނުތަކުގެ ދަރަނި ކުޑަކޮށް، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަން ޗައިނާ ސަރުކާރާ މަޝްވަރާކުރާނެ ކަމަށެވެ.

އަމީރު ވިދާޅުވީ ޗައިނާ އިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަގު އެކަށީގެންވާ ވަރަށް ވުރެ މާ ބޮޑު ކަމަށާއި އެއީ ޕްރޮޖެކްޓްތައް ހޯދަން ކޮންޓްރެކްޓަރުންގެ ފަރާތުން ދީފައިވާ ރިޝްވަތުގެ ސަބަބުން ކަމަށެވެ.

"މި ޕްރޮޖެކްޓްތައް މިގޮތަށް ކުރިއަށް ގެންދާނެ މާލީ ގާބިލްކަމެއް ރާއްޖެއަކު ނެތް. އެހެންވެ އެކަމާ މަޝްވަރާކުރުމަކީ ރާއްޖެ އަށް ކުރަންޖެހޭ ކަމެއް."

ރާއްޖޭން ޗައިނާ އަށް ދައްކަންޖެހޭ ދަރަނި އަރަނީ 600 މިލިއަން ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ނުވަ ބިލިއަން ރުފިޔާ އެވެ. ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ކުރީ ސަރުކާރުން މާގިނައިން ލޯނު ނަގާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހުއެވެ. ނަމަވެސް ރައީސް ޞާލިހްގެ ވެރިކަމަށް މަސް ދުވަސް ވީއިރު އިންޑިއާ އިން ވަނީ 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 21 ބިލިއަން ރުފިޔާ އެވެ.

މިހާރުގެ ސަރުކާރުން އިންޑިއާ އިން 21 ބިލިއަން ރުފިޔާގެ ލޯނެއް ހޯދި ނަމަވެސް އަދި މިހާތަނަށް ބޮޑު އާމަޝްރޫއެއް އިއުލާން ކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ދާށަށް

    ލޯނު ދިނީ ރާއްޖޭން އެދުނު ގޮތަށް؛ ދަރަންޏާ މެދު މަޝްވަރާކުރަން ތައްޔާރު ކަމަށް ޗައިނާ އިން ބުނާނަމަ މިހާރު އޮތް ސަރުކާރުން ޖެހޭނެއޭ އެކަމާއި މެދު ވިސްނަން ކުރިން ވެސް އޮތީ އެއީ ރައްޔިތުންގެ ވޯޓަކުން ހޮވާފައިވާ ސަރުކާރެކޭ އެހެން ކަމުން އެވެސް ބެލެވޭނީ ރައްޔިތުންގެ ވެރިކަމެއް ކަމަށޭ އެކުރީ އެމްޑީޕީގެ ވެރިކަމުގައި ތަމެން ކުރީ ސަރުކާރުން ކުރި ކަންކަން ފަސްއަޅާ ފޮރުވަން އުޅުނު ނަމަވެސް އެކަން ނުވާނެއޭ ފޮރުވަން އުޅޭ ވަރަށް ތަމެންގެ ކްރެޑިޓް ރޭޓިންގް ދާނީ ދަށަށޭ...

  2. ދޭންވީއޭ

    ލޯނު ދިނީ ރާއްޖޭން އެދުނު ގޮތަށް؛ ދަރަންޏާ މެދު މަޝްވަރާކުރަން ތައްޔާރު ކަމަށް ޗައިނާ އިން ބުނާނަމަ ރައީސް އިބޫ ޖެހޭނެއޭ މިކަން އަޑުއަހަން ރާއްޖޭގެ ތާރީޚް ގައި ވެސް މިހާތަނަށް ރާއްޖެ އަށް އެންމެ ޖެނުއިން ކޮށް ލޯން އެހީއާއި އަދި ގްރާންޓް އެއިޑް ދިނީ އެއީ ޗައިނާއިންނޭ ކަން މިހެން ހުރުމުން މިހާރުގެ ސަރުކާރުން ޗައިނާ އާއި ގާތް ގުޅުމެއް ބާއްވައިގެން ބައްލަވަންވީ ގުޅިފަޅު ހިއްކާލާ އަދި ތިލަފުށި ހިއްކާލާ އަދި ގިރާވަރު ފަޅު ހިއްކާލާ އެތަން ތަނުން ގޯތި ދޭންވީއޭ ގޯތި ބޭނުންވާ ކޮންމެ މީހަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ދައްކާ ގޮތަށް ކޮންމެ މީހަކަށް 4 ހާސް އަކަފޫޓްގެ ގޯއްޗެއް...

  3. ޖަސްޓްގޮނާ

    ދަރަނި ދައްކާނެ ގޮތާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ތައްޔާރަށް ކަމަށް ޗައިނާ އިން ބުނާނަމަ ސަރުކާރުން ނުޖެހޭނެއޭ ޓްރޭޑްވޯރ އެއް އިއުލާން ކުރަން ޗައިނާ އާއި އެކު ޗައިނާ އަތުން ލޯން ނަގައިގެން މާލެ ސަރަހައްދު ތަރައްގީ ކުރީ އެއީވެސް ރައްޔިތުން ހޮވާފައިވާ ވެރިއެކޭ މިހާރު ހުރި ވެރިމީހާ ވެސް ޖެހޭނެއޭ މިކަން ދަންނަން ޗައިނާ އިން އަދި ވެސް ލޯން ނަގައިގެން ގުޅިފަޅު އެއްކޮށް ހިއްކާލާ އެތަނުން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ މީހުންނަށް އެތަނުން ގޯތި ދޭންވީއޭ މަމެން ޕިންކީންގެ ވެރިކަމުގައި މިވަނީ މާލެ އާއި ހުޅުލެ ގުޅުވާލާފައޭ ބްރިޖް އަކުން އޮން ދަ ފަސްޓް ޕޭޖް އޮފް އަވަރ ސްޓޯރީ ދަ ފިއުޗަރ ސީމްޑް ސޯ ބްރައިޓް ދެން ތިންގް ޓާރންޑް އައުޓް ސޯ އީވްލް އައި ޑޯންނޯ ވައި އައި އޭމް ސްޓިލް ސަޕްރައިޒްޑް...

  4. ދުރުމި

    އެހެންވީމާ ޔާމިން މާރަގަޅެއްނޫން އެއާޕޯޓަށް އެކަނި ހަރަދު ވާނެކަމަށް ލަފާކުރެވޭ 800 މިލިޔަން ޑޮލަރު ތިބުނަނީ ޔާމިންސަރުކާރު މިހށތަނަށް ޗައިނާއަށަ ދަރާފަ އޮތީ އެއްމެ 600 މިލިޔަން ޑޮލަރުު ކަމަށް 5 އަހަރގެ ދައުރުގައި މުޅިދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގަ މަޝްރޫ ހިންގާފަ އެހެންވީމަ ޔާމިން އަކީ އިގްތިސާދީ މީހެކޭ މީހުންބުނަނީ މިހެންވެގެންތާ.

  5. ޑިމޮކްރަސީ

    ޗައިނާއިން ރާއްޖެއާއެކު އޮންނަނީ ތެދުވެރިކާމާއެކުއޮންނަވިޔަފާރީގެގުޅުން. ޢަބަދުވެސް ޗައެނާއިން މަޝްވަރާކުރާނެ. ޢިންޑިޔާއިން ބިރުދައްކާ ނަޝީދުއާގުޅިގެން ޤައުމު އަޅުވެތިކުރަނީ. ނަޝީދުގެ އަމިއްލަ އެދުމަށް ވެރިކަމުގެ ދަހިވެތިކަމުގަ ޗައިނާއޭކިޔާ ދޮގުވާހަކަދައްކާ އިންޑިޔާ އަށް ޤައުމުވިއްކާ އަޅުވެތިކުރަނީ.

  6. ސިކް

    ލޯނު ދިނީ ރާއްޖޭން އެދުނު ގޮތަށް؛ ދަރަންޏާ މެދު މަޝްވަރާކުރަން ތައްޔާރަށް ކަމަށްޗައިނާ އިން ބުނާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ރައީސް އިބޫގެ ވެރިކަމުގައި ދެން ވަރަށް ރަނޑު ކަންކަން ކުރަމުންދާތީވެ އެކަން ކަން ފިރިހެންވަންތަ ކަންކަމަށް ބަދަލު ކޮށްލުމަށް ޓަކައި އެބަޖެހޭ ޗައިނާ އާއި ގުޅިގެން 12 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން މާލޭގެ އުތުރު ފަރާތުން ކަނޑު ހިއްކަން ފަށަންވީއޭ 1 ކިލޯ މީޓަރުގެ ރާސްތާ އަށް ޔަގީނޭ އެއިރުން ދެއްކޭނެ ކަން ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ހިއަރ މައި ކްރައި އައުޓް ނައު ދިސް ގްރެވްލް އިން އަވަރ ވޮއިސެސް ގްލާސެސް ޝެޓަރޑް ފްރޮމް ދަ ޓޭބަލް ޓޮޕް އިން ދިސް ޓަގް އޮފް ޖެލަސީ ވޯރފެއަރ ދޭ ވިލް އޯލްވޭޒް ވިން އީވެން ވެން އައި އޭމް ރައިޓް އިޓްސް ސިކް ދެޓް އޯލް ދީސް ބެޓްލްސް އާރ ވަޓް ކީޕްސް މީ އެނޯއިޑް އޯލް ޓައިމް...

  7. ޝަރފު

    21 ބިލިއަން ދެއްކުމަކީ ކަމަކަށް ނުވެފަ 9 ބިލިއަން ދެއްކޭވަރު މިގައުމުގަ ނެތް ކަމަށް ވިދާޅުވުމަކީ ކިހާބޮޑު ޖޯކެއްތޯ. 9 ބިލިއަން ރުފިޔާއިން ކުރިއަށްދާ މަޝްރޫޢުތައް ފެނޭ. 21 ބިލިއަން ވެރިކަމުގެ ފުރަތަމަ 2 މަސްތެރޭ އިންޑިއާއަށް ދޭން ޖެހުނުއިރު އެއްވެސްކަމެއް ކުރިތަނެއް އަދި ކުރަން ރޭވި ތަނެއްވެސް ނުފެނޭ.

  8. ރެސްޕެކްޓް

    ރާއްޖޭގެ ފިނޭންސް މިނިސްޓަރު އަމިއްލަ އަށް އޭނާގެ ގައިގައި ހުރި ދަ ބަނޑުއަކިރި ކަން ފިލުވާލަން ވެގެން ޗައިނާ އިން ނެގި ލޯން ތަކުގެ ވާހަކަ ދެއްކީ އެހެލާން ތެހެލާން ތިއަރީގެ ދަށުންނޭ އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ދަންނަން ޖެހޭނެއޭ ޗައިނާ އިން ލޯން ނަގައިގެންނޭ ރާއްޖޭގެ އިކޮނޮމީ އަަޕަރ ސްޓްރީމް އަށް ޖައްސަނީ އެހެން ކަމަށްވާނަމަ ޖެހޭނެއޭ ޗައިނާ އިން ނަގާފައިވާ ލޯން ތައް ރިޕޭކުރަން ރެސްޕެކްޓް ޓު ބިލީވް އިން އަވަރ ޑްރީމްސް...

  9. ކިންގްފިޝަރ

    3 ބިލިއަން ޑޮލަރު މިހާރު 0.6 ބިލިއަން ޑޮލަރަށް ބަދަލުވީތޯ. ވެރިކަމަށް އަންނަންވެގެން ރައްޔިތުންގެ ލޮލުގައި މާސްކް އެޅުވުމުގެ ގޮތުން ދޮގު މާލޫމާތު ފެތުރީމާ އެއިގެން އެނގޭ އެއްޗަކީ މި ސަރުކާރު ލޯޔަލް ނުވާނެކަން. އޭގެ ހެކިތައް މިހާރު ފެންނަމުން މިދަނީ. ވެރިކަމަށް އައުމަށް އެހީވެދިން އިންޑިއާއިން ކުރިއަށްވުރެ ބޮޑެތި ލޯނުތައް ބޮޑު އިންޓަރެސްޓްގައި ކުރު މުއްދަތުގައި ދައްކަން ނެގުން. ބިޑްކުރުމެއްނެތި ޕްރޮޖެކްޓްތައް ދޫކުރުން. އަޅެ މިއީ ޤައުމަށް އެންމެ ފައިދާހުރިގޮތްބާ؟

  10. އަބުﷲ

    އިންޑިއާއިންނަގައިގެން ކާލާނިންމާލި 5'1
    މިލިޔަނުޑޮލަރުވާހަދަންކާ ބަލަ

  11. ސައްތާރު

    ޢަހަރަމެންގެ މިރާއްޖެ ދުވުސްކޮޅަކުން އަފްއާނިސްތާނަށްވުރެ ހާލުދެރަވާނެ އެތާގެވެސް އެހެންގައުމުތަކުގެ ސިފައިންތިބެ ރައްޔިތުންނަށް ބާރުފޯރުވަނީ މިތާގެވެސް ދުވަސްކޮޅަކުން އިންޑިޔާސިފައިންގެ ނުފޫޒުއޮންނާނީ މިދާރޭޓުންދަންޏާ! އިންޑިޔާއަކީ މިގައުމުގެ ދާހިލީކަންކަމުގެ ތެރެއަށް ނުފޫޒުފޯރުވާބައެއް،، އެކަމަކު ޗައިނާ އެހެންނެއްނޫންދޯ!

  12. ބަދަލުކޮށްލީއޭ

    ހިދުމަތްތަކަށް ސިޓީގެ ބަދަލުގައި ކަސްޓަމްސުން ފޯމެއް ތައާރަފްކުރަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ކަސްޓަމްސް އިން ރަނގަޅު ޕާރފޯމް އެއް ނެރެދެއްވާނެ ކަމަށް ކަސްޓަމްސްގެ ބޮޑޭ ޖުނައިދު މެން ހެދި ގޮތަށް ފޭކް އެހެލާން ތެހެލާން ގޭމް ނުޖައްސާނެ ކަމަށް އެއާލާތުންނާއި ހެދިއޭ މަމެން ޕިންކީންގެ ވެރިކަން ވެއްޓުނީ މަމެން ޕިންކީން 2013 ގައި ވެރިކަމަށް އައި ފުރަތަމަ ދުވަސް އެއީ އުފާވެރި ދުވަހެކޭ ދެން އެދުވަސް ބިރުވެރި ހުވަފެނަކަކަށް

  13. އަބުﷲ

    އިންޑިއާއިންނަގައިގެން ކާލާނިންމާލި 5'1
    ބިލިޔަނުޑޮލަރުވާހަދަންކާ ބަލަ

  14. ޑޯންވޮނާ

    ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފަސް އަހަރު ދިގު ކަމަށް ރައީސް އިބޫ ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ އިބޫގެ ވެރިކަމަކީ އެއީ ދެން ވަރަށް ރަނޑު ކަންކަން ކުރާ ނަތީޖާ ނެރެނުދެވޭނެ ވެރިކަމެކޭ އަދި އިބޫ ކެނެރީގެ ނަޝީދު އާއި ގުޅިގެން އެދަނީ މިރާއްޖެ ބަރުލަމާނީ ނިޒާމަކަށް ރައްޔިތުންގެ ރުހުން ނެތި ބަދަލު ކުރަންއޭ އެއްގޮތަަށް ވެސް އެކަން އެގޮތަށް ވިޔަދީގެން ނުވާނެއޭ ޖޭޕީ އާއި އެމްއާރުއެމްއާއި ޕިންކީން ނާއި އަދި ޕީއެންސީ ގުޅިގެން އައި ޑޯން ވޮނާ ކްލޯސ މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯސް މައި އޮން ދިސް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް...

  15. ޅާރާ

    މޑޕ ސަރުކާ ރުން ޖމރ އާއެކުހެދި ޑީލް، އިބޫ ސަރުކާރުން އިންޑިޔާ އެކު ހަދާ ޑީލް އާބެހޭގޮތުން ފާޅުގާ ރައްޔިތުން ނަްނައް ކިޔަިދޭން ކެރޭނެތަ؟ ވަގުހަދާމީހުންނައް ޖަވާބުދާރީ ވާން ނުކެރެނީ، ބުރަކަށީގަ ރިއްސާނެ ނުވަތަ ހޭނެތޭނެ.
    ރައީސް ޔާމީން އައް ކެރިގެން ޖަވާބު ދާރީވާން ކެރެނީ ތެދެވެރި އަދި އިޙްލާސްތެރި ދިވެހި ދަރިއަކައްވީމަ.