ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމުގެ އަރިސް ބޭފުޅެއްކަމުގައިވާ އަދި މައުމޫން ރިފޯމް މޫވަމަންޓުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، އައިމިނަތު ނާދިރާވެސް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

ނާދިރާ މިކަން ހާމަ ކުރައްވާފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ނާދިރާގެ ޓްވީޓުގައި ވިދާޅުވީ މާތް ﷲ ގެ ވާގިފުޅާއެކު 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަމުގައެވެ. އަދި އޭނާއަކީ ދާއިރާގެ ރައްޔިތުންގެ އަޑު އައްސަވާނެ ބޭފުޅެއްކަމަށާއި، އަދި ދާއިރާގެ ރައްޔިތުންގެ އަޑު އިއްވައިދިނުމުގައި ސާބިތުކަމާއެކު ހުންނަވާނެކަމުގައެވެ.

އޭނާ އިސްކޮށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އެމްއާރްއެމް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ނިންމަވާފައިވާކަން އިއްޔެވަނީ ހާމަ ކުރައްވާފައެވެ.

ނާދިރާ ގަލޮޅު ދެކުނު ދާއިރާއަށް ނިކުންނަވާނެކަން ހާމަކުރައްވާފައިވާއިރު، އެމްޑީޕީގެ ފަރާތުން އެދާއިރާއަށް ވާދަކުރައްވަނީ އެ ޕާޓީގެ ޔޫތު ވިންގުގެ ރައީސްކަން ކުރައްވާ މީކާއިލް ނަސީމް އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މަޖުލީހައް ކުރިމަތިނުލާ މާނުއާ ދެއަންބަތް އިނިއްޔާ މާ ތާހިރު ވާނެ.

  2. ޖަމަލް ފޮޑި

    ތުނިހެދުން ލައިގެން އަވަހައް އާދޭ..ވޯޓުދޭނަން..

  3. ޖާބިރު

    ނުދޭނަން ވޯޓެ މޮޔަނުވޭ މައުމޫނާ ނާދިރާ ބަލައިގަންނާނެބަޔަކުނެތް. ޖާބިރުއަތުން 39މިލިޔަން ނެގީ ކީއްކުރަންކަން ބުނެދޭންވީ.

  4. ސޫޖީ

    ނާދިރާ ތިއޮތީ އަހަރުން އަތުޖެހިފަ. ﷲ އިރާދަޔާ އެކު އެންމެ ވޯޓެއްވެސް މަގޭ އާއިލާ މީހަކު ކަލެޔަށް ލިޔަ ނުދޭނަން

  5. އަލީލާ

    އަޖައިބު! ތިޔަޕާޓީވެސް އުވާލާފައި ދާނެކަން ޔަޤީން ނާދިރާމެންކަހަލަ ދެފުއް ދެގޮތް މީހުން ކުރިމަތިލުން ރަނގަޅެއްނޫން

  6. ސަލީމު

    އެބޭބެޔާއިދެގެން އުޅެބަލަ ގަލޮޅަކުންކަލެޔަކަށް ވޯޓެއްނުލިބޭނެ