ފުވައްމުލަކު ސިޓީގެ ފުނާޑު އަވަށަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ ފޯމަރެއް ގޮވުމުގެ ސަބަބުން އެއަވަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ފުވައްމުލަކުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މިރޭ 20:00 އިން ފެށިގެން އެއަވަށުގެ ބޮޑު ސަރަހައްދެއްގައި ކަރަންޓް ނެތް ކަމަށެވެ.

"ފޯމަރެއް ގޮވައިގެން އުޅޭ ކަމަށް މައުލޫމާތު ލިބެނީ. ދެންމެ އަދި ފޯމަރު ގޮވި ސަރަހައްދާއި ފެނަކަ މުވައްޒަފުންނަށް އެ ކައިރި ވެވުނީ. މިރޭ ދެން އެންމެ އަވަހަށް ވެސް ކަރަންޓް ލިބޭނެ ކަމަށް ބެލެވެނީ މެންދަމުން އަލިވާ ފަހުން." މައުލޫމާތު ދިން މީހާ ބުންޏެވެ.

ފޯމަރު ގޮވި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ފޯމަރު ގޮވަން ދިމާވީ ކީއްވެ ކަމެއް ވެސް އަދި ސާފު ވެފައެއް ނުވެއެވެ.

މިއަދު މެންދުރު ވެސް ފުނާޑު އަވަށުން ދެފަހަރެއްގެ މަތިން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނެވެ.

ފުވައްމުލަކުގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ ބަހެއް އަދި ނުލިބެއެވެ.

ފުވައްމުލަކު ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނު މައްސަލައިގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ބަހެއް ވެސް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މަނާ

  ތީ ކަނޑައެޅިގެން ބޮޑުބުހުތާންދޮގެއް މިވެރިކަމުގައި ރާއްޖޭގެ އެއްވެސް ރަށަކުން ކަރަންޓު ކީއްކުރަންތޯ ފެންވެސް ލޮނުވެސް ނުކެނޑޭނެ އެއީ އިބޫވެރިކަމުގައި މުޅިން މަނާކަމެއް އަދި އެއީ ޔާމީނު ވެރިކަމަށް ހާއްސަ ކަމެއް ތިފަދަ ބޮޑޭތި ދޮގުނުހަދަބަލަ ....

 2. ކަރަންޓް

  ފެނަކައިގަ އުޅޭ ޓެކްނިކަލް ބޭފުޅުން ވިދާޅުވާގޮތުގަ

  އިންޑޯ ޓްރާންސްފޯމާރ އަކީވެސް އޮއިލް ޗޭންޖު ކު

  ރަން ޖެހޭ އެއްޗެއް ނޫނޯ! އެހެންވީމަ ތިފަދަ ކަންތައް ވާނެ ދެއްތޯ.

 3. ރޯނުއެދުރު

  ކަރަންޓް ފޯމަރުތައް ހުންނަންވާނީ އާންމުން ދިރިއުޅޭ އިމާރާތްތަކާއި ދުރުގައި. މިދެންނެވީ ކިލޯމީޓަރެއްގެ ދުރުމިނެއްގެ ވާހަކައެއްނޫން. ބިންކުޑަތަނެއްގައި އެމްމެކުޑަމިނުން 40-100 ފޫޓް ދުރުމިން ބެހެއްޓެންވާނެ. ނޫންނަމަ ދިމާވެދާ ޓެކްނިކަލް އެކްސިޑެންޓަކުން ބައެއްގެ ފުރާނައަށް ނުރައްކާވުން ކައިރި. ބައެއްރަށްރަށުގައި ފޯމަރު ބަހައްޓާފައި އެބަހުރި ދިރިއުޅޭ ގޭގެއާއި ސްކޫލްތަކާއި ހަމަ ޖެހިގެން. ކުޑަމިނުން 5 ވަރަކަށްފޫޓްވެސް ނުހުރޭ.