އިތުރު ތިން ޤައުމެއްގައި ދިވެހިރާއްޖޭގެ އެމްބަސީތައް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް ހުޅުއްވުމަށް ބާއްވަމުންދާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިހް ވިދާޅުވީ އެމެރިކާގެ ވޮޝިންޓަނާއި ދެކުނު އެފްރިކާ އަދި ރަޝިއާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުމާއި އޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ގާއުމުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"ލާމެހިފައިވާ ކުޑަކުޑަ މުޖުތަމައަަކަށް މުޅި ދުނިޔެ ބަދަލުވެފައިވާއިރު، ވީހާ ގިނަ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަރަށް މުހިންމުކަމެއް, އެމެރިކާގެ ވޮޝިންޓަނާއި ދެކުނު އެފްރިކާ އަދި ރަޝިއާގައި ދިވެހި އެމްބަސީއެއް ގާއިމުކުރުމަށް މަސައްކަތް މިދަނީ ކުރަމުން" ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އެއްބަސްވުންތަކުގައި ސޮއިކޮށް ވިލާތުގެ ގައުމުތަކުން ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަސް ރައީސް ވިދާޅުވި އެވެ.

"ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވަކިން ހާއްސަކޮށް، ކިޔަވާކުދިންނަށް ކޮންސިއުލާ ހިދުމަތްތައް މި އަހަރުތެރޭގައި އިތުރަށް ފުޅާވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަގާމާ ހަވާލުވުމަށް ފަހު ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ގެނައި ބަދަލާއެކު ރާއްޖެއަށް މިހާރު ވަނީ ބައިނަލްއަގުވާމީ އާއިލާގެ ލޯތްބާއި ރަހްމަތްތެރިކަން އަނބުރާ ލިބިފައިކަމަށެވެ.

"މި ވެރިކަން ފެށުނުއިރު ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި, އިގްތިސޯދާއި ތައުލީމީ ކުރިއެރުމުގައި ގިނަ އެހީތަކެއް ދެމުން އަންނަ ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ދިވެހި ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް މިހާރު ވާނީ އެ ޖަމާއަތަށް ހުށަހަޅާފައި" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުގެ އެހެން ބައިވެރިންނާއެކު ވެސް ހީނަރުވެފައިވާ ގުޅުންތައް އަލުން އާލާކޮށް ބަދަހިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕީޕަލްސް

    ކޮންފަދަ ސަޅިތޯ.. އެއި ދިވެހިން އެންމެ ގިނަްިނ މިހާރު އުޅޭ 3 ގައުމު... ހެހެހެ... އެންބަސީއެއް އަޅާ ބޮޑު ޚަރަދުގޑެއް ދުައްވާލަނީ.. އަހަރަކު 10 މީހުންވެސް ނޭގެ ތިޔަތަނަށް ދެވޭކަމައް.. ތިޔައވުރެ މާރަނގަޅުވާނެ ދިއްލީގައި ހުރި އެންބަސީ ޓްރިވެނޑްަރަށް ގެންނައްޔާ...

  2. އެދުރުބެ

    ކޮމަންވެލްތަކީ ރާއްޖެއަށް ގިނަ އެހީތަކެއް ވާ ގައުމެއް ނޫން. އަހަރަކު ދެތިން ސްކޯލަރޝިޕް ނުދޭވާހަކައެއް ނޫން. ކުރާވެސްހާކަމަކީ ހަންފެތުރުން.