ފ. އަތޮޅު ފީއަލީގައި، ޑެންގީ އަށް ޕޮޒިޓިވް ވި ހުރިހާ ކުދިން، އިތުރު ފަރުވާއަށް މާލެ ގެނައުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ޞިއްޙީ މަރުކަޒުގައި މިހާރު ފަރުވާ ދެމުން ދަނީ ހަ ކުއްޖަކަށެވެ. އަދި އޭގެތެރެއިން އެއް ކުއްޖެއްގެ ހާލު ވަރަށް ސީރިޔަސްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެރަށުން ޑެންގީ އަށް ޕޮޒިޓިވް ވި ދެ ކުއްޖަކު ރޭވެސް މާލެ ގެނެސްފައިވާއިރު އޭގެ ކުރީ ދުވަހުވެސް އެރަށުން ދެ ކުއްޖަކުވަނީ މާލެ ފޮނުވާލާފައެވެ.

ޑެންގީ ޖެހިފައިވާ ކުއްޖަކަށް ފީއަލީގައި ފަރުވާ ދެނީ

ފީއަލީ ކައުންސިލްގެ ރައީސް ވިދާޅުވީ ރެއިން ފެށިގެން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާކަމުގައެވެ.

"ރައީސް އޮފީހުންވެސް އަޅުގަނޑުމެންނަށް ގުޅައިގެން ރަށުގެ ހާލަތު ސާފުކޮށްދީ އެހީތެރިކަން ފޯރުކޮށް ދެމުން ދަނީ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެރަށުން ޑެންގީ އަށް ޕޮޒިޓިވް ވި ކުދިން މާލެ ގެނައުމަށް އެމްއެންޑީއެފް ކޯސްޓު ގާޑުން ދަނީ ދަތުރު ކުރަމުންނެވެ. އަދި މިއަދު 06:30 އަށް ކޯސްޓު ގާޑަށް ރަށަށް ދެވޭނެކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ފީއަލީ ޞިއްހީ މަރުކަޒުތެރޭގައި ގިނަ އަދަދެއްގެ ބަޔަކު --

"ފުރަތަމަ ހާލު ސީރިޔަސްވި ކުއްޖާ ސީ އެމްބިއުލާންސްގައި މާލެ ގެންދާ ގޮތަށް އާސަންދައިން ހަމަޖެހުނީ. މިހާރު ސަރުކާރުން ނިންމާފައިވަނީ ޑެންގީ އަށް ޕޮޒިޓިވް ވެފައިވާ ކުދިންގެ ތެރެއިން މާލެ ދާން ބޭނުންވާ ހުރިހާ ކުދިން ކޯސްޓު ގާޑުގައި ގެންދިއުމަށް." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފީއަލީގެ ހާލަތު، ސަރުކާރުގެ ސަމާލުކަމަށް އައުމުން މިއަދު ހެނދުނު، އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމެއްވަނީ އެރަށަށް ގޮސްފައެވެ. މި ޓީމުންވަނީ މިއަދު ހެނދުނު އަށަކުން ފެށިގެން ހަވީރުގެ ނިޔަލަށް މީހުންނަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވެފައެވެ.

ޑެންގީ ޖެހިފައިވާ ކުއްޖަކަށް ފީއަލީގައި ފަރުވާ ދެނީ

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ އަދިވެސް ރަށުން ބޭސް ލިބުމުގައި ދަތިވެފައިވާކަމަށެވެ. ރަށުން ބައެއް ބޭސް ހުސްވެފައި ހުރިއިރު އިއްޔެ ނިލަންދޫ އިން ގެންދިޔަ ބޭހާއި ޑޮކްޓަރުންގެ ޓީމުން ގެންދިޔަ ބޭސްވެސް ވަނީ ހުސްވެފައެވެ.

ފީއަލީގައި ޑެންގީގެ އިތުރުން ބޭރަށް ހިންގުންވެސް ދަނީ ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    ހާދަހެޔޮފުޅު ސަރުކާރެކޭ އެކުދިންނަށް ޓަކާ ޝުކުރު ކުރަން ނަމަވެސް ތިރަށުގަ ބޮޑަށްފެތުރޭކަމަށް ވާނަމަ ބަލިވާފަރާތްތައް ދެކޮޅަށް ދަމާބެލެނިވެރިން ގަންހިންގާ އެތައްޚަރަދެއް ކުރަންޖެހޭނެ ވީމާ ވީހާވެސް އަވަހަކަށް އެރަށުގަ ފަރުވާގެކަންތައްހަމަޖައްސާ ބަލިން މުޅރަށް ސަލާމަތްކުރެވޭތޯބެލުން އެންމެ މުހިއްމީ ކަންދަށްކަށް ނޫނީ ކެމްޕެއިންގެ ހަރަކާތަކަށް ހަދަން ބލިވާ ކުދިންނާ އާއިލާއަށް އެންމެރަގަޅުވާނީވެސް ރަށުގަތިބެގެން ކަންދެއްކިއްޔާ މުޅިންވެސް އަދިމިދަނީ ގަދަބަސްބުނެފަ ކަންދެއްކުމާ ދޮގާމަކަރު ހެދުމުގަ ހެހެހޭ

  2. Anonymous

    ޙެލިކަޕުޓަރު ކޮބާ