އިލެކްޝަންސް ކޮމިޝަނުން އަންގާ އެންގުންތަކަށް ތަބާ ނުވާނަމަ ފުލުހުން މެދުވެރިކޮށް އެކަންކަން ހުއްޓުވާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ދެއްވައިފިއެވެ.
ޝަރީފް މިއިންޒާރު ދެއްވާފައި ވަނީ ސިޔާސީ ޕާޓީއެއްގެ ރަސްމީ ކުލަ، ހުއްދަ ނެތި ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުމަކީ ކުށެއް ކަމަށް ވިދާޅުވެ ޝަރީފް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރެއްވުމަށް ފަހު ކުރެއްވި އިތުރު ޓްވީޓެއްގައެވެ.
ޝަރީފު ވިދާޅުވީ އީސީގެ އެންގުމާ އެއްގޮތަށް އިސްލާހު ނުވާނަމަ އެކަންކަން ހުއްޓުވުމަށް ފުލުހުންގެ އެހީތެރިކަންވެސް ހޯއްދަވާނެ ކަމަށެވެ.
"ރަސްމީކޮށް އިލެކްޝަން އަށް ޝަކުވާ ހުށަހެޅުމުގެ މެކޭނިޒަމް ވަނީ ޤާއިމު ކޮށްފައި، ހުށަހެޅޭ ޝަކުވާތަކަށް އީސީ އިން ފިޔަވަޅު އަޅާނެ. އެކަންކަން ހުއްޓުވުމަށް އިސްލާހު ނުވާނަމަ ފުލުހުންގެ އެހީތެރިކަންވެސް ހޯދާނަން.” ޝަރީފް ވިދާޅުވިއެވެ.
EC ah rasmee koh shakuvaa hushelhumuge mechanism vanee gaaim kohfa, husha elhey shakuvaa thakah EC in fiyalhu alhaane, islaahu nuvaanama ekankan huhtuvumah police ge eheetherikan ves hoadhaanan https://t.co/vjtzH5oBw9
— Ahmed Shareef (@ShareefRangondi) February 10, 2019
ޝަރީފު މި އިންޒާރު ދެއްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، އަލްހާން ފަހުމީގެ ކެމްޕޭނުގައި އެމްޑީޕީ އަށް ނިސްބަތްވާ ރީނދޫ ކުލަ ބޭނުން ކުރަން ފަށައިފައިވަނިކޮށެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އެހެން ކުލަތަކުގައިވެސް އަލްހާންގެ ކެމްޕޭން ޕޯސްޓަރުތައް ފެންނަމުންދާއިރު، ރީނދޫ ޕޯސްޓަރާއެކު އަލްހާން ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ ކުލައަކީ އެއްވެސް މައްސަލައެއް ނޫންކަމުގައެވެ. އަލްހާން ގެންދަވަނީ މީސް މީޑިޔާގެ އެކި ވަސީލަތްތައް ބޭނުން ކުރައްވައިގެން ފުޅާ ދާއިރާއެއްގައި ކެމްޕޭން ކުރައްވަމުންނެވެ.
"ކުލައަކީ މައްސަލައެއް ނޫން!! އަހަރެން ހުންނާނީ މީހުންނަށްޓަކައި. އަހަރެންނަށް ވޯޓު ދީ. ހުރިހާ ކުލައެއްގެ ރައްޔިތުން، ހަމަހަމަކަމާއެކު ތަމްސީލު ކޮށްދޭނަން." "ޖަޒީރާ ރާއްޖެ" ތީމް އަށް ހަދާފައިވާ އަލްހާންގެ ރީނދޫ ޕޯސްޓަރާއެކު ވިދާޅުވެފައިވެއެވެ.
Color is not a PROBLEM!
I stand for the people. Vote me. Representation of people of all political colors will be equally represent.
#Alhan2019 pic.twitter.com/yFBNKe6dMp— Alhan Fahmy (@AlhanFahmy) February 8, 2019
އަލްހާނަކީ ގިނަ ސިޔާސީ ޕާޓީތަކެއްގައި އުޅުއްވާފައިވާފައި ބޭފުޅެކެވެ. އޭނާގެ ކެމްޕޭނަށް މިހާރު ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
ކުލައަކީ ވަކި މީހަކަށް ވަކި ޕާޓީއަކަށް އޮންނަ އެއްޗެއްނޫ
މިހެން މިއިނގިލި ދިއްކުރަނީ ތިމާވަރުގެ މީހެއް ނެތިގެން. ކަލޭގެ ކަރުގައި ވާޖަހައިގެން ފުލުހުން ދަމާދުވަސް އަވަސް މުސްތަގްބަލެއްގައި ދައްކަވާށި. އާމީން.
ޢަލްހާނާ ޝަރީފާ ޕާޓީ އެއް ހެދުން ކިހިނެއްވާނެބާ؟؟؟
މިދިޔަ ރިޔާސީ އިންތިޚާބަށް ރީނދޫ ޕާޓީއިން ނެރުނު ޞޯލިހުގެ ކެންޕޭނު ޕޯސްޓަރުތަކާ ބެނާތައް، ދިވެހިރާއްޖޭގައި ހަދާފައިވާ ހުރިހާ ޕާޓީތަކެއްގެ ކުލައިން ހުރި. އެކަން ތިމަރަ ސަރިއްޕެ އަށް ނޭނގެނީބާ؟