ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން އިޓަލީ ސަރުކާރުން ތައްޔާރަށް އޮތްކަމަށް އިޓަލީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރީޓާ ޖޫލިއާނާ މަނޭއްލާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިގޮތަށް ވިދާޅުވީ، އިޓަލީގެ މިލާނޯ ބިކޯކާ ޔުނިވަރސިޓީގެ އައުޓްޕޯސްޓް ފ.މަގޫދޫގައި ޤާއިމްކުރުމަށް އެޔުނިވަރސިޓީއާއި ދިވެހި ސަރުކާރާއިއެކު ވެވުނު އެއްބަސްވުން އައުކުރުމުގެ މުނާސަބަތުގައި ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުންނެވެ.
އެ ހަފްލާގައި މެހުމާނެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެހަފްލާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ، ބިކޯކާ ޔުނިވަރސިޓީގެ ސައިންޓިފިކް ރިސަރޗް ޕްރޮގްރާމްތަކާއި އެއްބާރުލުމުގެ ސަބަބުން ދިވެހިރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބޭކަން ފާހަގަކުރައްވާފައެވެ.
އަދި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި ގުޅޭ ގޮތުންނާއި، ޚާއްސަކޮށް ފ. މަގޫދޫގެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމާއި ގުޅޭ ގޮތުން ބިކޯކާ ޔުނިވަރިސިޓީއިން ކުރަމުންދާ މަސައްކަތް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
އަދި މިނިސްޓަރ ޝާހިދުގެ ވަނީ އިޓަލީގެ ސަރުކާރުން ރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމާއި، ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
މި ޙަފްލާގައި އިޓަލީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރީޓާ ޖޫލިއާނާ މަނޭއްލާ ވަނީ ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މިއަދު ހަވީރު ބޭއްވި މިރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ބިކޯކާ ޔުނިވަރިސިޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ފައިސާއެއް ނުދޭނެ. އަނގައިން ހުރިހައި އެއްޗެއް ވެސް ދޭނެ.
އެމީހުން ކުރާ ކަމަކީ އެޓަލީން އެމީހުންގެ އާއިލާ މީހުން ގެނެސްގެން ހިލޭ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ ތިޔައި މަގޫދޫ އަކަށް ފައިދާ ކުރާ ކަމެއް ނޫން އެމީހުން މަގޫދޫ އަށް ކޮށްދިން ކަމެއް ބުނެބަލަ ރާއްޖޭގެ ސްކޫލް ކުދިންނަށް ކޮށްދިން ކަމެއް ޝާހިދު ބުނެދީބަލަ އެރަށުގެ ތަރައްގީގެ ބޮޑު މަސްރޫޢޫ އެއް ވޭތެވެދިޔަ 5 އަހަރު ކުރިއްޔާ ކުރީ ނިމިދިޔަ ސަރުކާރުން. ތިޔައީ ނަޝީދު ވެރިކަމުގައި ހުރި އިރު ހިންގާފައިވާ ބޮޑު ޖަރީމާ އެއް ކުރީގެ އަތޮޅުގެ ކުޑަ ކުއްޔަކަށް ބަޔަކަށް ދިނީ އެއްވެސް ބިޑު ކުރުމަކާ ނުލާ މިކަން ވީނޫންތޯ ޓްރާންސް ޕޭރަންސީ މޯލްޑީވްސް އިން ބަލައިލަަން. ނުބަލަނެ ނުބަލާނެ ޗުއްޕުވެސް ނުބުނާނެ. މިހާރު އެމީހުންނާއި ނުބެހޭ ކަމެއް ނެތް ބޭރުގެ ކްރިސްޓިއަން މިޝަނަރީ ތަކުން ދަނީ އެމީހުންނަށް ފަންޑު ކުރަމުން
އެއި ލާދީނީ ބައެއް. އެމީހުން ދޭ އެހީ ރާއްޖޭގައި ބަލައެއް ނުގަންނާނެ