2012 ފެބުރުއަރީ 7 ގައި ކުރީގެ ރައީސް ނަޝީދުގެ ވެރކަން ބަދަލުވި ދުވަހު ދިވެހި ފުލުހުން އަމަލުތައް ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށް އެކުޓިން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު (އެމްސީ) ވިދާޅުވެއްޖެ އެވެ.

ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފުލުހުންގެ އިންޓެލިޖެންސްގެ އިސްވެރިއެއްގެ ގޮތުގައި އޭރު ހުންނެވި، އެކުޓިން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ އެެއީ ފުލުހުންގެ ތާރީޚުގައި ކަޅު ދުވަހެއް ކަމަށާއި އެދުވަހު ޕްރޮފެޝަނަލް ނޫން ބައެއް ކަންކަން ބައެއް ފުލުހުންގެ ފަރާތުން ފެނިގެން ގޮސްފައިވާކަމަށެވެ.

"އަނިޔާވެރި ލާއިންސާނީ ބައެއް ކަންކަން އެދުވަހު ހިންގާފައިވޭ, އެދުވަހުގެ ހާދިސާ ތަހުގީގުކޮށް ކޮމިޝަނަރ އޮފް ނޭޝަނަލް އިންކްއަރީން ފާހަގަކޮށް ރަނގަޅުކުރަން އަންގާފައިވާ ކަންކަން ތަންފީޒުކުރަން ފުލުހުން މަސައްކަތް ކުރާނެ" ހަމީދު ވިދާޅުވިއެވެ.

ހަމީދު އިތުރަށް ވިދާޅުވީ ފުލުހުންގެ ޤާނޫނީ ބާރު ބޭނުންކުރުމުގައި ހިނގާފައިވާ އެފަދަ ކަންކަމަށް ވިސްނައި، ވަރަށްގާތުން އެފަދަ ކަންކަން ބަލައިގެން މަސައްކަތްކޮށްގެން ނޫނީ ރައްޔިތުންގެ އިތުބާރު ހޯދަން ވަރަށްބޮޑަށް ދަތިވާނެކަމަށެވެ.

ހަމީދު އިތުރަށް ވިދާޅުވީ ފުލުހުންގެ ހިދުމަތް ކުރިއާ އަޅާބަލާއިރު މިހާރު ވަރަށްބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.

"އެދުވަހު ހިނގާދިއަ އެއްވެސް ކަމަކީ ފުލުހުންގެ މުއައްސަސާއަކަށް ނިސްބަތްވާ އެއްވެސް ފުލުހަކު އެކަން ކޮށްގެންވާނެ ފަދަ ގޮތަކަށް ހިނގާދިއަ ކަންތައްތަކެއް ނޫން, ފުލުހުންނަށް ވަރަށްގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައި ވާއިރު، އެ ފާޑުކިއުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ" ހަމީދު ވިދާޅުވި އެވެ.

2012 ވަނަ އަހަރު ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓައި ހަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރުމުންނެވެ. ނަމަވެސް ރައީސް ޞާލިހަށް ވެރިކަން ލިބުނު ފަހުން ޝަރުޢީ ކޯޓުތަކުގެ ޙުކުމްތަކަށް އައި ބަދަލުތަކުގެ ތެރެއިން އޭނާ އަށް އަލުން އަނބުރާ ވަޒީފާ ދޭން ސުޕްރީމް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ކިބޫ ވޯޓުވަގު

  ކަލެޔައްރަގަޅުވާނީ ފުލުހުންވެސް ކަލޭކަހަލަ ޔަހޫދީއަކައްވިއްޔާ އެކަމް ތިކަމެނުވާނެ މީހުންގެ ސޯލިހުދަރުން އެބަތިބި ފުލުހުންގެތެރޭގަވެސް

 2. ބޯހަލާކު

  މިކަހަލ ޚިޔާނާތްތެރިންނަށްމިކަހަލަ ވަޒީފާދިނީމަ ކިޔޭ ނުކިޔޭ ނޭގިގެން އުޅޭތަން މިފެންނަނީ

 3. ގައްދާރު

  މީގައްދާރެއް، 2012ވަނަ އަހަރު ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކޮށް ނަޝީދައް ވެދުމަށް އެރުވި ކާހިނު ކަލޭގެ. އިސްތިއުފާ އެމްސީ ޝިޓްހެޑް

 4. އަނަސް

  މުއްދަތު ހަމަވަނީ. ވެރިމީހާ ލާއިންސާނީ، ލާދީނީ ކަންކަން ކުރަމުންގޮސް ހައްދުން ނެއްޓީމަވެސް ތިބެންވީތޭ. އެމްސީ އިސްތިއުފާ.

 5. އަޒާ

  7 ފެބުރުއަރީ އަކީ 5 މީހަކު ފެއިލް ވެގެން ހިނގި ކާރިސާއެއް.. އެކަމުގެ ވާހަކަ ދެން ނުދައްކާ...

 6. ތޯހިރު

  ހަޤީގަތުގަވެސް އެއީ ވަރަށް ރަނގަޅު ވާހަކައެއް...... ރައްޔެތުން އިންތިހާބުކުރި ވެރިކަމެއް ގުޅަކުޅޭ ފަސްގަނޑަކުން ބަދަލެއް ނުކުރެވޭނެ

 7. ހޭލާ..

  7 ފެބުރުއަރީ އަކީ ބަޤާވާތެއްނަމަ އެކަން ރޭވީ ރ ނަޝީދު...

 8. ބެއްޔާ

  އަދިވެސް ދީނާއި ގައުމުގެ ދިފާޢުގައި ފުލުހުންނާއި ސިފައިނާއި ރައްޔިތުން ނުކުންނާނެ. މިގައުމެއް އިންޑިޔާއަކަށް އަދި ލާދީނީމީހުންނަކަށް ނުދެވޭނެ.

 9. ާަަަަަެެެޮޮިުއަފީ

  މިހާރުއަގަފެޅީދޯއެދުވަހުތިބޭފުޅާވެސްހުރީތިބުނުއްވާބޭ
  ފުޅުންގެއެއްމެއިސްސަފުގަމިހާރުތިވާހަކަދައްކަވަނީ
  މަގާމުގެބޭނުމުގާތިވާހަކަތިދައްކަވަނީކޮންކަމެއްއާކުރަނތޯ؟ ޤައުމައްވަފާތެރިބަޔަކމިހާރަކުމިޤައުމަކުނޫޅޭ
  ތީރައްޔަތުންލޮލުގައަޅުވާއަދުނެއް؟

 10. މައުރޫފު

  1 މޭ ގައި ފުލުހަކަށް ދިންއަނިޔާ ކޮށްވެރިކޮށްބަލަ! މީ ކޮންފަދަ މުސީބާތެއްތަ!

 11. ނޫސްކިޔާމީހާ

  މިވެރިން ރަނގަޅުވާނީ މަގުމައްޗަށް. ޢަދިވެސް އެހަރަފެންނަނީ ގޮތްދޫނުކުރުމާއި ބޮޑާކަމުގެ ޝައިތާނީ ސިފަ. މިތަހުޒީބީ ޒަމާނުގައި އިސްލާމީ ޤައުމެއްގެ މުއައްސަސާއެއްގެ ވެރިއެއްގެ ކިބައިގަ ހުންނަންޖެހޭ ބަސްމަގު ތީ ކަމަށް ޤަބޫލުނުކުރެވޭ.

 12. ނަންނަަ

  01 ފެބްރުއަރީ ކުއްވެރި ކުރާނެ މީހަކު ނެތްތަ

 13. ހުސޭނުބޭ

  ފުލުހެއްގެ ޔުނީފޯމްގައި ހުއްޓަސް ތިއީ އެތެރެއިން ރީނދޫ ކުލައިގެ ޔުނިފޯމްގައި ހުރި މީހެއް! ފުލުހުންގެ ދާއިރާ އެއްކޮށް ސިޔާސީކޮށްފައި ދައްކާ ވާހަކައެއް އެއީ~

 14. އައިޝާ

  މިކަހަލ ޚިޔާނާތްތެރިންނަށްމިކަހަލަ ވަޒީފާދިނީމަ ކިޔޭ ނުކިޔޭ ނޭގިގެން އުޅޭތަން މިފެންނަނީ

 15. ނުރަބޯ

  އެއިރެއްގައި ކަންކުރަން އޮންނަ ގޮތައްނޫންތޯ ފުުލުހުން ކަން ކުރާނީ؟ ދާދިމިދާކަށްދުވަހު މަޝްހޫރު ލާދީނީ މީހަކު ހިންގާ ކޮލެޖެއް ކައިރީ މަޑުކޮށްލި ދެތިންމީހަކު އުފުރާލިގޮތް އިހަށް ކުށްވެރިކުރޭ. އެ ތިންމީހުން ދަމާކޫއްތާފަ ގެނެސް ފުލުސް ވެހިކަލްގެތެރެއަށް ގުޅައަކަށް ޖެހިތަން ކިތައްމެ ބަޔަކު ދެކޭނެ. އެއީ ހަމްބެ އަންގައިގެން ހަމްބެގެ އިޝާރާތަށް ކުރި ކަމެއްނޫންތޯ؟ ދެން ކޮން އަނގައެއް ތިޔަ އަރުވަނީ؟

 16. ާަާަަައަސްލު

  ކަލޭ އާއި ކާލޭގެ އަންހެނުން އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރަން ލިޔެފަހުރި ޓޮވިޓްތައް ދެންކިހިނެއްހަދާނީ...ﷲގަންދީފަބުނަން މީހަމަލާދީނީ ބަޔެއް...ރައްޔިތުން ހެޔޮވިސްނޭކައްނުވޭތަ..

 17. ސަޓޯ

  މިކަލޭގެޔައް މިނޫން ވަހަކައެއް ދައްކާކައްނޭނގޭނެ... މީނަ އެކްޓު ކުރަން އެރުވީ އެންމެ ލައިނެއް ކިޔަން... ވަޒީފާއަށް ހަރާމް ކޯރު!!

 18. މުހައްމަދު އަހްމަދު

  7 ފެބުރުއަރީ 2012 އަކީ، އެމްޑީޕީ މީހުންނަށް ބާޣާވާތެއް.. އެހެން މީހުންނަށް ދީނަށް ލިބުނު ހިމާޔަތެއް.. ޤާނޫނު އަސާސީ ދުވަސް..

  8 ފެބުރުއަރީ 2012 އަކީ އެމްޑީޕީ މީހުންނަށް ޖިހާދުގެ ދުވަހެއް... އެހެންމީހުންނަށް ބިރުވެރި އުދުވާނުގެ ދުވަހެއް..

  ތި އެމްސީ ހަމީދަކީ އެމްޑީޕީ މީހެއް.. އެހެންވީމާ އޭނަ ދެކޭނެ ގޮތް ވިސްނާ

 19. ހޭޅި

  ކަލޭމެނަށް ނޭގޭތަ ސީޕީ ގައިގަ ޕޮލިސް ތެރެއިން ޖަހަައި މާރާމާރީ ހިންގި ކަން.