ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޗެއާމަނަކަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އާ ސަރުކާރުން ކުންފުނިތަކުގެ ވެރިން ބަދަލުކުރަމުން އަންނަ އިރު، މުހައްމަދު ރަޝީދެވެ.

ސްޓެލްކޯގެ ޗެއާމަނަކަށް އައްޔަން ކުރި މުހައްމަދު ރަޝީދު އަކީ އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން އެ ކުންފުނީގެ ސީއީއޯ ކަމާއި ޑެޕިއުޓީ އެމްޑީ ކަން ވެސް އޭނާ ކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ސްޓެލްކޯގެ ބޯޑަށް ވަނީ ބަދަލުތަކެއް ގެންނަވައިފައެވެ. އެގޮތުން ސްޓެލްކޯގެ އެމްޑީ އަކަށް އައްޔަން ކޮށްފައިވަނީ ނަޝީދުގެ ސަރުކާރުގައި ވެސް އެ މަގާމު އަދާކުރެއްވި ހަސަން މުގްނީ އެވެ.