އޭޕްރިލް މަހު އޮންނަ ރައްޔިތުން މަޖިލީހުގައި އިންތިޚާބުގައި ވާދަކުރުމަށް އަދާލަތު ޕާޓީން އަށް ބޭފުޅަކަށް ޓިކެޓް ދީފިއެވެ.

ކުރިން 13 ދާއިރާއަކަށް ކެންޑިޑޭޓުން ނެރޭނެކަން އިއުލާންކޮށް އެދާއިރާތަކުގައި ކެމްޕޭން ވެސް އަދާލަތު ޕާޓީން ކުރިއަށް ގެންދިޔައެވެ. ނަމަވެސް މިރޭ ޓިކެޓް ދީފައި ވަނީ އަށް ބޭފުޅަކަށެވެ. ޓިކެޓް ދީފައި ވަނީ ކެލާ ދާއިރާއަށް ތޫބާ ރަޝީދު، މަކުނުދޫ ދާއިރާއަށް އަނާރާ ނައީމް، ވައިކަރަދޫއަށް ދާއިރާ ހުސެން ސަގީފް، އިނގުރާއިދޫ ދާއިރާއަށް އަހްމަދު ހުސައިން، ކާށިދޫ ދާއިރާ އަށް އަހްމަދު އަދީބް، މަހިބަދޫ ދާއިރާއަށް އަލީ އާޒިމް، މުލަކު ދާއިރާއަށް އައިޝަތު ރިއާޝާ އަދި ނިލަންދޫ ދާއިރާ އަށް މުޝްހަފް މުހައްމަދު އަށެވެ.

މަޖިލީހުގެ 13 ދާއިރާ އަކަށް ވާދަކުރުމަށް ނިންމުމަށް ފަހު އެނިންމުން ބަދަލު ކުރި ސަބަބާއި ގުޅޭ ގޮތުން މިރޭ ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދﷲ ވިދާޅުވީ މި ނިންމުން ނިންމާފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށެވެ.

އަދާލަތުން މި ނިންމި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަދި މި ސަރުކާރަށް 19 ވަނަ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމަށް މަގު ތަނަވަސްވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތް އަމާޒު ކުރެވިފައިމިވަނީ އެ ދިމާލަށް. ހުރިހާ އެންމެން އެކުގައި ކުރެވޭ މަސައްކަތުގެ ނަތީޖާއަކަށްވާނީ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ސަރުކާރަށް ލިބިގެން ދިޔުން" އިމްރާން ވިދާޅުވިއެވެ.

13 ދާއިރާ އަށް ކުރިމަތިލުމަށް އަދާލަތު ޕާޓީއާއެކު ތައްޔާރުވި ބޭފުޅުންގެ ތެރެއިން ސަރުކާރު މަސްލަހަތު ދެމެހެއްޓުމުގެ ބޭނުމުގައި ފަހަތަށް ޖެހުނު ބޭފުޅުންގެ ނިންމުން ބަލައިގަންނަ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ ގޮތުން ތަނަވަސް މަސައްކަތްތަކެއް ކުރުމަށް އެ ބޭފުޅުންނަށް ފުރުސަތު ޕާޓީގެ ފަރާތުން ހޯއްދަވައި ދެއްވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އަދާލަތުން ވަނީ އެންމެ ފަހު ވަގުތު ވެސް އެމްޑީޕީ އާއި ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރަން މަޝްވަރާކޮށްފައެވެ. ނަމަވެސް އެމަޝްވަރާތައް ކުރިއިރު އެމްޑީޕީގެ ޕްރައިމަރީ ނިމިފައި އޮތުމުން މަޝްވަރާތައް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ އަޙުމަދު

    ކޮންކަމެއް ވަަނެކަމަށް .....

  2. ސެލް

    ޕާޓީގެ ބުރަދަން ބަލާ އެއްޗަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކަމިޔާބު ކުރެވޭ ގީޑީގެ އަދަދު. 87ދާއިރާއިން އެންމެ 8ދާއިރާއަށް ކުރިމަތި ލާން ނިއްމުމަކީ ޕާޓީގެ ނިކަމެތިކަން ދައްކަދޭކަމެއް. ތިއަކީ އެމްޑީޕީއަށް އަދި ރައީސްއަށް މަޖިލީހުގެ މެޖޯރިޓީ ހޯދަދޭން ނިންމި ނިއްމުމެއްނޫން. ތިމާމެންގެ އެވަރުގެ ގާބިލްކަމާ ތާއީދު ނެތުމާ ޕާޓީގެ ނަމުގައި މަޖިލީހަށް ނިކުންނާނެ މެމްބަރުން ނުލިބުމުން ނިއްމި ލަދުވެތި ނިއްމުމެއް. އާދާލަތު އުފެއްދި މަގުސަދު ވިއްސިވިހާލި ވުމުން މިހާރު ތިޔަޕާޓީގައި މާގިނަބަޔަކު ނެތް. އުޅެނީ އިމްރާނުގެ ފަހަތުގައި އުޅޭ ސިޔާސީ އެކޮޅުމިކޮޅު ނޭގޭ މޮޔަ ކުދިންކޮޅެއް.

  3. އެލެކްސް

    ޤައުމު އަޅުވެތިކޮށް އަމިއްލަ އެދުން އެންމެ ބޮޑެތި ދިނީ ތާޖުގެ ވެރިން ހިމެނޭ ޖަމާއަތް

  4. ޜަނާ

    ކާކުބާ މިމީހުނަށް ވޯޓްދޭނީ ބަލަން ތިބެމާ

  5. ކަބީލާ

    އިރާދަކުރެއްވިއްޔާ އެއްގޮނޑިވެސް ނުލިބޭނެ. ސޭކް ޢިމްރާނަކީ މަޤާމެއްގެ ދަހިވެތިކަމުގައި އުޅުނު މީހެއްކަން އޭނަގެ މިހާރުގެ ޢަމަލުތަކުން ސާބިތުވެއްޖެއެވެ.

  6. މަނަދޫ ސޭކުބޭ

    މިލާދީނީސަރުކާރުގެ ލާދީނީކަން ކުރިއަރުވާ، ލާދީނިއްޔަތައް ހިތްވަރު ދިނުމަށް އޭޕްރިލް މަހު އޮންނަ ރައްޔިތުން މަޖިލީހުގައި އިންތިޚާބުގައި ވާދަކުރުމަށް އަދާލަތު ޕާޓީން އަށް ބޭފުޅަކަށް ޓިކެޓް ދީފިއެވެ.

  7. އަފްލާ

    އަދާލަތު ގެ ނަމުގަ ޕާޓީ އެއް އުފައްދައިގެން ހުޅަނގުގެ ޑިމޮކްރަސީއައް ކަލޭމެން ތަބާވެ ހެއްދެވި ފަރާތް މަތިން ހަނދުމަ ނެތިވެ ދުނިޔޭގެ އެދުމުަ ތިއުޅެނީ ކަލޯ ތީތަ ޝޭޚުންގެ ފެންވަރަކީ ތާއީފު ކުރަނީ މޯދީއާއި ޓްރަންޕައް ޔާﷲ މިވެެިން މައިތިރިކުރައްވާދޭވެ. ާމީން