ރާއްޖޭގައި މިހާތަނަަށް ހިންގި އެންމެ ބޮޑު ހިޔާނަތް އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ޑޮލަރުގެ ބޮޑުު ހިޔާނާތާއި ގުޅިގެން، އޭސީސީން އާންމުކުރި ރިޕޯޓާ އެއާ ގުޅިގެން ފުލުހުން ތަހުގީގު އަންނަ ހަފްތާގައި ފަށާނެ ކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވީ މި އަންނަ ހަފްތާގައި މި މައްސަލަ ވަރަށް ފުޅާކޮށް ތަހުގީގުކުރަން ފެށޭ ކަމަށާއި އޭސީސީގެ ތަހުގީގީ ރިޕޯޓާއި ގުޅިގެން ފުލުހުން ބައެއް ކަންކަން ހާމަކުރާނެ ކަމަށެވެ.

" މި މައްސަލައާއި ގުޅިގެން ކުރިން ހޯދިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް މި މައްސަލަތައް ކުރިއަށް ގެންދަވާނެ އަންނަ ހަފްތާގައި މި މައްސަލަ ވަރަށް ފުޅާކޮށް ތަހުގީގުކުރަން ފެށޭ " ހަމީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހިންގި ތަހުގީގީ ރިޕޯޓު އެ ކޮމިޝަނުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. އެރިޕޯޓްގައި މި ފައިސާ ލިބުނު ފަރާތްތަކުގެ ނަން ވަނީ އާއްމުކޮށްފައެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން މި ސަރުކާރުގެ ބައެއް ފަރާތްތަކުގެ އެކައުންޓަށްވެސް ހިޔާނާތުގެ ފައިސާ ވަނީ ވަދެފައެވެ.

އޭސީސީގެ ރިޕޯޓާއި ގުޅިފެން ރައީސް ވިދާޅުވީ، ތިން އަހަރު ވަންދެން ރިޕޯޓު އާންމުނުކޮށް ބޭއްވީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، އޭސީސީގެ ރިޕޯޓުގައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކުރަން ފޮނުވައި، އަދި ކުށްވެރި ނުވާ ފަރާތްތަކުގެ ކުށެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އޭސީސީ އަށް ގޮވައިލައްވާ ކަމަށެވެ. އަދި އެކަންކަން އެގޮތަށް ނުކޮށްފި ނަމަ، އިތުރު މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. މިއަދު ވެސް އަޅުގަނޑުމެން މި އައީ އޭގެ ކަންތައްތަކެއް ކޮށްފައި." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭސީސީން އެރިޕޯޓު އާއްމު ކުރުމަކީ ރަނގަޅުކަމެއް ކަމަށެވެ. އަދި އެމުއާމަލާތުގައި ހިމެނޭ ވަކިވަކި މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އޭސީސީއަށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހޯރަބޭ

    އަވަސްކުރޭ ޔާމީން 45 އަހަރުގެ ޖަލްހުކުމްއަންނަންޖެހޭ ޔާﷲއެއަނިޔާވެރި ޔާމީންގެ ފުށުންމިދުނިޔެދޫކޮންދިޔަމީހުންގެ ހައްގުއަދަބު ދުނިޔޭގައި ެ އޭނައނަްދައްކުވާދެވެ

    3
    21
    • ރަސީދު

      ޠާމިނު ރޮލާކަން ވީން ނު

      12
    • އޮރެންޖު

      ކަލޭ ކިނބޫ ވެރިކަމުގަ ގޮތް ނޭނގޭ އެތައް ބަޔަކު ދުނިޔެ ދޫކޮށް ދިޔައިމަ އޭނަޔަށް ދުއާ ކުރަންވީނު. ލުއްޗާ

      11
    • ގުޑުގުޑާ

      އާމީން

  2. އިބްރާ

    ލޮބުވެތި ފުލުހުންނޭވެ. މި ވެރިކަން ނިމެންދެން ތިޔަބޭފުޅުން އުޅުއްވަންޖެހޭނީ ތާކުންތާކު ނުޖެހޭ ކަންކަމުގައި ކަމަށް ލަފާކުރެވެއެވެ. ރަނގަޅަށް ކަމަރު ބަދެގެން ނުކުންނަވާށެވެ.

    16
    1
  3. ޕްރައިވެޓް

    ތީ ވަރަށް ކިބުރުވެރި ނުވެ ބަލަ. ކަލޭ އަބަދަކު ތި މަގާމަކު ނުހުއްނާނެ

    12
    1
  4. ބެއްޔާ

    ތިބުނާ އޭސީސީގެ މީހުންނަށް ލިބިފައިވާ ފްލެޓާއި ގަނެފައިވާ ގޯތިތަކާއި އެމީހުންގެ މާލީ ބަޔާން ފުރަތަމަ ރައްޔިތުންނަށް ދައްކަންވީ. ރައްޔިތުންގެ ފައިސާއިން ބޮޑުންނަށް. މިސަރުކާރުގަވެސް ގިނައީ ޑޮލަރު މާރުކުރާ ވިޔަފާރިކުރިމީހުން. ދެން ކޮން ތަހުގީގެއް ފުލުހުންނަށް ކުރެވޭނީ. ނަމެއްގަ ކޮށްފާނެ. ދެން ކާޑު އަގުހެޔޮކޮށް ރައްޔިތުންގެ ފޯކަސް ބަދަލުކޮށްލާ.

  5. އަހުން

    އެމްސީ ހަމީދަކީ ކިބުރުވެރި ބޮޑާހާކާ އެމްޑީޕީ މީހުން ކުއްވެރި ނުކުރާމަތިން ވަޒީފާދީފައި ހުރި މީހެއް ދެންކޮން ވާހަކައެއް ތިދައްކަނީ.