ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި އަބްދުﷲ މަތީން އެ ޕާޓީގެ އެސްޖީގެ މަގާމުން ދެއްވައި، ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން އުނގޫފާރު ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އެންވެރޮމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މަތީން އަތުން ޓިކެޓް އަތުލައި އެދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ ޖޭޕީގެ ކެންޑިޑޭޓް، މިހާރު ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ތާއީދު ކުރަން ޕީޕީއެމްއިން ނިންމައިފައިވާ އިރު، މަތީން ޕީޕީއެމްގެ މަގާމު ދޫކޮށްލީ ޓިކެޓް އަތުލުން ކަމަށް ބެލެވެއެވެ.

މަތީންގެ އިތުރުން އަންނަ އެޕްރީލް މަހު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްއިން ކުރިން ޓިކެޓް ދީފައިވާ ބައެއް ބޭފުޅުންގެ ޓިކެޓްތައް މިހާރުވަނީ އަތުލާފައެވެ. އެގޮތުން، ރޭ ވަނީ މަތިވެރި ދާއިރާއަށް ވާދަކުރެއްވުމަށް ކުރީގެ ނޫސްވެރިޔާ ލަޔާލް މަނިކުއަށާއި، ގެމަނަފުށީ ދާއިރާއަށް ވާދަކުރެއްވުމަށް މިހާރުގެ މެމްބަރ ޖަމީލް އުޘްމާންއަށް ދީފައިވާ ޓިކެޓާއި، ވިލިނގިލީ ދާއިރާއަށް ވާދަކުރެއްވުމަށް ޝަހީބް އިބްރާހިމްއަށް ދީފައިވާ ޓިކެޓްވެސް ޕީޕީއެމުން އަތުލާފައެވެ.

މީގެއިތުރުން ފުވައްމުލަކު އުތުރު ދާއިރާއަށް ޕީޕީއެމް އިން ވާދަނުކޮށް މިހާރު ޖޭޕީގައި ހުންނެވި އެދާއިރާގެ މެންބަރު އަލީ ޝާހަށް ތާއިދުކުރަން ޕީޕީއެމް އިން ވަނީ ނިންމައިފައެވެ. ޕީޕީއެމް އިން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއިދު ކުރަން ނިންމާފައިވާއިރު، ޕީޕީއެމް އާއި ޖޭޕީން ވަނީ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާތަކެއްކޮށް ނިންމުންތަކެއް ނިންމާފައެވެ. އެ ނިންމުންތައް ހިއްސާ ކުރުމަށް، އެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވަނީ ދެކޮޅު ހަދާފައެވެ. ދެޕާޓީގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ބުނާ ޚަބަރު ދެޕާޓީން ދިޔައީ ދޮގު ކުރަމުންނެވެ.

ޖޭޕީން ވެސް ފުރަތަމަ މަސައްކަތް ކުރީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތައް ސަރުކާރުގައި ބައިވެރިވާ ހުރިހާ ޕާޓީއެއް ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރާށެވެ. ނަމަވެސް ކޯލިޝަން އެއްބަސްވުމާއި ހިލާފަށް އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމުން މިހާރު ޖޭޕީން ވެސް ނިންމާފައި ވަނީ 45 ދާއިރާއަކަށް ވާދަކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލައްޓި

    Party ah haraan koaruvi meehunnah thaaeedh kuran PPM in nimmumun PPM ah kuramun ai thaaeedh an'buraa genesfin.

  2. އެލެކްސް

    ޕީޕީއެމް ޕީ އެންސީ އަކީ ފުރިހަމަ އަށް ހިނގަ ހިނގަ އޮތް ސަރުކާރެއް އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއްގެ އެކަންޏެއް ނޫން ބަލަދުވެރިންގެ ގޮތުގައި ތިބި ބައެއްގެ ނާގާބިލުކަމުގެ ޝިކާރައަކަށް އާންމު މެމްބަރުން ވާކަށް ނުޖެހޭ. ޕާޓީގެ ނާގާބިލް ލީޑަރޝިޕް ފެއިލް ވީމާ ދެން ނިކުންނާނީ އާންމު މެމްބަރުންގެ ލީޑަރޝިޕް އެހެނީ ޕާޓީ އުފެދިފައިވަނީ އާންމު މެމްބަރުންތަކެއްގެ މައްޗަށް ކަމަށްވާތީ. ޤައުމީ ދަރީންގެ ހޮތްވަރާ ފަންވަރުވެސް މިފަހަރު ފެންނާނެ.

    2
    1
  3. މިއަދު

    ޕީޕީ އެމްގެ މެމްބަރުންގެ އަތުން ޓިކެޓު އަތުލާ އެކިދާއިރާތަކުގެ ޖޭޕީ ކެންޑިޑޭޓުންނަށް ތާއިދުކުރަން ނިންމަވާއިރު ޖޭޕީގެ ކޮންބޭފުޅެއްގެ ޓިކެޓެއްތޯ އަތުލީ ޕީޕީއެމް ކެންޑިޑޭޓަށްތާއިދު ކުރުމަށް ؟

    5
    3
    • ވިސްނާ

      މަހިބަދޫ ދާއިރާ ޓޮމް އަށް ދިނުމަށް ސުނިލް އަތުން އަތުލީ