ގއ.ވިލިނގިލީގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިލިނގިލީގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް މިއަދު ހެނދުނު އެރަށު އުތުރު ކޮޅު ހަރުގެއެއް ކައިރީގައި ވެއްޓިފައި އޮތް މީހަކު ފެނިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވާ ކަމަށެވެ.

ނިޔާވެފައި އޮތް މީހާއަށް އަނިޔާކޮށްފައި އޮތްކަމުގެ ނިޝާނެއް އެބަހުރިތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ބަލަމުން އަންނަ ކަމަށާއި އަދި އެފަދަ މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ވިލިނގިލީ މީހަކު ބުނީ މީހެއްގެ ފަރާތުން އޭނާއަށް އަނިޔާއެއް ލިބިފައިވާ ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ބައެއް ތަންތަން ފިއްސާލާފައިވާ ކަމަށް ބެލެވޭ ކަމުގައި މައުލޫމާތު ދިން މީހާ ބުންޏެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި އޮއްވާ ފެނުނީ ވިލިނގިލީ މީހަކާއި ކުރިން ކައިވެނިކޮށް، އެރަށުގައި ދިރިއުޅޭ އައްޑޫ ސިޓީ މީހެކެވެ.

ފުލުހުން ވިދާޅުވީ ނިޔާވި މީހާގެ ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަޖަމްބެ

    މި ސަރުކާރު ވެއްޓޭނީވެސް ހަމަ ކުއްލިޔަކަށް ؟ ބަލަންތިބޭ.....މީ ވަރަށް ވާހަކަ

    15
    8
  2. Addu

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    23
  3. ވިލިގިއްލޭ ގޮޅެޔާ ކާމިލު

    ވިލިނގިލި މީހުން ތިކަން ސިއްރު ކުރަން އުޅޭހެން ހާދަ ހީވެޔޭ.. އަނިޔާ އެއް ނެތޯ ގައިގަ ތަނެއް ފިހިފަ އެބަހުއްތޯ.. ތި އަނެއްކާ ގެވެށި އަނިޔާ އެއް ނޫންބާ.. ވިލިނގިލި އަންހެނުންނަކީ ފިރިހެނުންނާއި އެއްހަމައެއްގައި އަނިޔާވެރި ބައެއް.. މި ކޮމެންޓް ޖަހާލަން ކެރޭނެތަ ވަގުތު މީހުނަށް..

    7
    1
  4. ށަޒީލް

    މަރުގެފަހަތުގައި ޕޮލިހުންގެ އަތެއްވޭ

    2
    3
  5. ބަށިރިހަ

    ކިހިނެއްތަ މިވަނީ؟ ކުއްލި މަރުގެ ފުރިހަމަ ދިރާސާ އެއް އުގައިލު ލައްވާ ކުރަންވީނުން. ކުރިކެޓް ދޯ...

  6. ހޯރަބޭ

    ނުލަފާ ޖައްބާރުން އަދި ހަސަދަވެރިންގެ ކިބައިން މާތްﷲމިގައުމުގެ ވެރިމީހާސަލާމަތްކޮންލަހައަޓަވާދޭވެ ޔާމީނު ކަހަލަ ނުލަފާމީހުން ހަލާކްކުރައްވާދޭ

    1
    16
    • އޮރެންޖު

      ޢަދިވެސް ޔާމީންތަ ނުލަފައީ ބްރާންޗާ. ކަލޭގެ ނުބައި ނުލަފާ ކަމާއި ޖާހިލު ކަމާއި އިބޫގެ ޖައްބާރުން ހަލާކު ކުރއްވާންދޭވެ. ޢިސްލާމް ދީނަށް ގޮންޖަހާ މީހުން ހިމާޔާތްކުރާ ބައިގަނޑު ހަލާކު ކުރަން ދުއާ ކޮށްބަލަ ބީތާއާ.

      11
      2