މިއީ އަނިޔާވެރި ސަރުކާރެއް ކަމަށާއި، ފުލުހުންނަށް ވަނީ އަނިޔާވެރިވާން މަޖުބޫރު ކުރުވާފައި ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ހައްޔަރުގައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރެގިއުލާ ޗެކަޕަަކަށް ކަމަށްބުނެ، މިއަދު އައިޖީއެމްއެޗަށް ގެނެސް ހިތުގެ ޑިޕާޓްމަންޓްގައި ފަރުވާ ދެމުންދާ އިރު، އެއީ ޔާމީންގެ ފަރާތުން އެދިލައްވައިގެން ކުރައްވާ ކަމެއް ނޫން ކަމަށް ގާނޫނީ ޓީމުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން އައިޖީއެމްއެޗް ތެރެއަށް ގިނަ ބަޔަކު އެއްވެފައިވާ އިރު، އެ މީހުން މައިތިރި ކުރުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ.

ޕެޕާ ސްޕްރޭ ޖެހުމާއެކު އައިޖީއެމްއެޗް ތެރެ ހަލަބޮލިވި ބައެއް ފަރާތްތަކަށް އަނިޔާވެފައިވާ އިރު، ލޭ ވެސް ފެނިގެން ގޮސްފައިވެއެވެ. އެ ކަންކަމާ ގުޅޭގޮތުން މީޑިއާތަކަށް ވާހަކަ ދައްކަމުން ޑރ. ހަލީލް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ދިފާއުގައި ތިއްބެވި ފަރާތްތައް ކަމަށްވާ، ފުލުހުންގެ ފަރާތުން އަނިޔާވެރިކަން ފެނުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

ހާއްސަކޮށް އައިޖީއެމްއެޗްގެ ތެރެއަށް ރައްޔިތުންގެ ފަރާތުން ލޭ އޮހޮރިގެން ދިޔަ ކަމީ ހިތާމަ ކުރާ ކަމެއް ކަމަށާއި، ފުލުހުން އެފަދަ އަނިޔާތައް ކޮށްފައި ވަނީ ވަޒީފާގެ ބިރު ދައްކައި، ސަރުކާރުން ނުފޫޒު ފޯރުވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އައިޖީއެމްއެޗް ތެރޭގައި މިއަދު ހަލަބޮލިވެފައިވާ އިރު، އެތަނުގެ ތެރެއިން ބައެއް މަޖިލިސް މެމްބަރުންނަށް އަނިޔާވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޓިނު ހަސަނު

    ޑރ ހަލީލް ނޫނޭ އަދަބެއް ސަދަބެއް ނެތީމަ މަޖުބޫރު ވާނެ ފުލުހުންނަށް ވެސް ހުއްޓުވަން އެއީކީ އަނިޔާވެރި ވަނީކީއެއްނޫން

    10
    23
    • Anonymous

      އަދަބެއް ނެތީ އަހަރެމެން ގެ ތަވެސް އަދި؟ އަޖައިބެއް. މީނަ މި އުޅެނީ ކޮން ދުނިޔެއެއްގަ

  2. ނާފިޒު

    އެމީހަކު ފޭހުނު އިލޮށިގަނޑެއް އެމީހެއްގެ ލޮލަށް ހެރޭނެކަމީ ޝައްކެތްވެސް އޮތްކަމެއް ނޫނެވެ.

    9
    18
    • Anonymous

      ޔަގީނެއްނު. އެހެންވެތާ އަލަށް ހޮސްޕިޓަލް ތެރެޔަށް އެޖެހީ ޕެޕަރ ސްޕްރޭ. އެއީ ވެސް ހަމަ ކުރިން ކުރި ކަންތައް ދޯ

    • ދދދދދދ

      އާނ ހެރޭނެ. ކެތްތެރިވެ ހުރޭ. ދުނިޔޭގަ ތިބި ބަޔަކަށް ފެންނާނެ ލޮލަށް ކަށި ހެރޭތަން.

  3. މަކަރުވެރިއާ

    މިފެންނަނީ ރަންއިތުންގެތެރޭންވެސް ހަރާންފައިސާއަށް އާއެކޭބުނާ ރަންއިތުން،ޔާމިނަކީ ދައުލަންދަވާލާގެން ބަންދުކުރި މުޖިރިމެކޭ،ޔާމިނު އައިޖީއެމް އެޗްއަށްގެންނައިރަން މޮޔާވެގެން އައިޖީއެމް އެޗް ފަތަހަ ތިކުރަނީ

    9
    23
    • Anonymous

      ކަލޯ މޮޔަ ނުގޮވާ. ކަލޭމެން 800 މިލިޔަނޭވެސް ގޮވި. އެއްޗެއް ދެއްކުނީކި ނޫން. ޔާމީނުގެ ފައިސާ ބޭނުން ނުކޮށް ދީފި. ކަލޭމެންގެ މަޖިލީހަށް ލާފަ ތިބި މެމްބަރުން އެވެސް ކާލީ.

      4
      1
    • Anonymous

      ދައުލަތުގެ ލާރިގަނޑު ކައްވާލައިގެން އުޅެނީ ރީދޫބައިގަނޑު. ބޮޑު މުޖުރިމުން މިހާރު އެތިބީ ވެރިކަމަށް އައިސް. އެވެރިކަން ދަމަހައްޓަން ކަނޑަނޭޅި އެއުޅެނީ ބޮޑު ހިޔަޅު.

      2
      2
  4. ޢަފްލާ

    ޥަގު ކިނބޫ އިސްތިއުފާ ކިބޫ ރިހަ ވ މީރު

    23
    9
  5. ގަންޏާ

    ވެއްޓެނީ

    23
    9
  6. ހާމާން

    100 ދުވަހުގެ 1 ވައުދު..

    4
    1
  7. ކިނބޫ

    ކިބުލަށް 100 ދުވަސް ރައްޔަތުންނަށް 1 ދުވަސް

    4
    1
  8. ަޕައި

    ޑރ ހަލީލުވެސް ތި ގޮތަށް ވާހަކަ ދައްކަން މަޖުބޫރު ކުރުވާފަ ތިއިނީ.

    3
    3
  9. އަލްޖިބްރާ

    ކަލޭމެން ގެ ބާރުއޮތްދުވަހު ކަލޭމެންގެ ވަފާތެރި އަދުރޭއަންގާއިރަށް ފާޑު ފާޑުގެ ސްޕްރޭތަށް މީހުންގެ ލޮލަށް ބޮލަށް ޖެހި ހަދާން ނެތުނީތަ ! މިއަދުމީ ކަލޭމެން ތެޅި ބާލަން ޖެހޭދުވަސް ! އަދި އަދުރޭވެސް ، ނިހާނުވެސް ހައްޔަރު ކުރާނަން !

    1
    1