މާލޭގެ ހަ ދާއިރާއެއްގެ ވޯޓު އަލުން ގުނައިދިނުމަށް އެމްޑީޕީން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅި ނަމަވެސް މަގްބޫލު ސަބަބެއް ނެތި އެއްވެސް ދާއިރާއެއްގެ ވޯޓު ފޮށި ކަނޑައިގެން ނުވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް ޑރ. އަބްދު ﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު ކެމްޕެއިން ހަރަކާތްތަކުގެ ތަރުޖަމާނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަލީލް މިގޮތަށް ވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ އެމްޑީޕީއަށް މާލެ ސިޓީގެ ކައުންސިލް އަޣުލަބިއްޔަތު އަލަށް ގެއްލުމާ ގުޅިގެން އެ ޕާޓިން މާލޭގެ ދާއިރާތަކުގެ ވޯޓު އަލުން ގުނަންޖެހޭ ކަމަށް ބުނެ އީސީއަށް ޝަކުވާ ހުށަހެޅުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައެވެ.
"މާލެ ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ނުދިނުމުން އެމްޑީޕީގެ އިސް ފަރާތްތަކުގެ ހަމަ ބުއްދި ފިލާފައިވާ ކަހަލަ. މަގުބޫލު ސަބަބެެއް ނެތި އެއްވެސް ދާއިރާއެއްގެ ވޯޓު ފޮށި ކަނޑައިގެން ނުގުނޭނެ." ޑރ. ހަލީލް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ތައާރަފުވި ފަހުން ދެ ލޯކަލް ކައުންސިލް އިންތިޚާބެއްގައި އެމްޑީޕީއިން ބޮޑު ކާމިޔާބީއެއް ހޯދާފައިވަނިކޮށް، އެ ޕާޓީގެ ވެރިކަމުގެ ދައުރުގެ މެދު ތެރެއިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި އެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ.
މި އިންތިޚާބުގައި އެމްޑީޕީއާއި ޕީޕީއެމްއަށް ވެސް ދާދި އެއް ވަރަކަށް ގޮނޑިތައް ލިބިފައިވާއިރު، އާންމު ގޮތެއްގައި އެމްޑީޕީއިން މެޖޯރިޓީ ހޯދަމުން އަންނަ ވެރިރަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ މި ފަހަރު ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމްއިންނެވެ.
ނަމަވެސް މާލެ ސިޓީގެ ހަ ދާއިރާގެ ފޮށިތައް އެމްޑީޕީއިން އަލުން ގުނައިދޭން އެދުނުއިރު އެ ދާއިރާތައް ކާމިޔާބު ކުރި ކެންޑިޑޭޓުންނާއި އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެމެދު އޮތް ފަރަޤު ކުޑަ އަދި އެ ފަރަޤަށް ވުރެ ބާތިލް ވޯޓް ގިނައެވެ. އެމްޑީޕީގެ ލީޑާޝިޕްއިން ދެކެނީ އެ ފޮށިތައް އަލުން ގުނުމުން ނަތީޖާއަށް ބަދަލު އައުމަކީ ގާތް ކަމެއް ކަމުގައެވެ.
ވޯޓް ފޮށިތައ އް ކަނޑަގެން މަކަރާ އި ހީލަތުން އިންތިޚާބު
ކާމިޔާބު ކުރުމުގެ ރޭވުމެއ އްގެ ތެރެ އިން ހިންގަން އުޅޭ ވަރުގަދަ ޖަރީމާ އެކެވެ އީސީއަށް އިތުބާރު އޮތްކަމަށް ބުނަމުންދަނީ އެކަން ކުރުމުގެ ބޭނުމުގައ އެވެ ހުރިހާ ވޯޓް ފޮށިތަށް އަލުން ކަނޑަ އިގެން ނަމަވެސް މިފަހަރުގެ އިންތިޚާބު ވަގަށް ނެގުން ވަރަށް ގާތެވެ އިދިކޮޅު ކޯލިޝަނުން މިކަމަށް ވަރަށް ބޮޑަށް ފާރަވެރި ވުމަށް ގޮވާލަމެވެ.