ކުރީގެ ރައީސް ޔާމީން ހޮސްޕިޓަލަށް ގެންދިއުމުން އެމަނިކުފާނުގެ އަރިހަށް އެއްވި މީހުންގެ ގަޔަށް ޕެޕަރ ސްޕްރޭ ޖެހި މައްސަލައިގައި ފުލުހުންގެ ބަޔާން ދޮގުކޮށް އިދިކޮޅު މައި ކޯލިޝަންއަށް ނިސްބަތްވާ ޕީއެންސީއިން ބަޔާނެއް ނެރެފިއެވެ.

މިބަޔާނުގައި ޕީއެންސީއިން ބުނެފައިވަނީ އައިޖީއެމްއެޗްގެ ތެރޭގައި މަސްލަޙަތު ގެއްލޭ ފަދަ ގޮތަކަށް ކަމެއް ހިނގައިފިނަމަ އެކަމެއް ހިނގާފައިވަނީ ފުލުހުންގެ ސަބަބުން ކަމަށެވެ.

"އެތަން ހޫނުކޮށް ތަނުގެ އެތެރޭގައި މަސްލަހަތު ގެއްލޭފަދަ ގޮތަކަށް ކަމެއް ހިނގައިފިނަަމަ، އެކަމެއް ހިނގާފައިވަނީ އެތަނުގައި ތިބި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޭފުޅުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ސުލްހަވެރިކަމާއެކު އެތާ ތިިބި ރައީސް ޔާމީންގެ އަރިހަށް ޒިޔާރަތް ކުރި މީހުން ކޮއްޕާ ގަދަކަމުން ދުރަށް ޖައްސަން ކުރި މަސައްކަތުގެ ތެރޭފައެވެ" ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާތީ މިމައްސަލަ ބެލައިދިނުމަށް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓް އޮފް މޯލްޑިވްސްއަށް ގޮވާލާ ކަމަށްވެސް މިބަޔާނުގައިވެއެވެ. އަދި އައިޖީއެމްއެޗްގެ ކާޑިއޯލޮޖީ ސެންޓަރަށް ގަދަކަމުން ވަންނަން ސަޕޯޓަރުން އުޅުނު ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް ފުލުހުން ނަސޭހަތްތެރިވި ކަމަށް ފުލުހުންގެ ބަޔާނުގައި ބުނިނަަމަވެސް، އެއީ ކަން ހިނގާ ދިޔަ ގޮތް ނޫން ކަމަށްވެސް ޕީއެންސީއިން ވަނީ ބުނެފައެވެ.

ރައީސް ޔާމީން އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ރޭ ވަނީ އެމަނިކުފާނު 24 ގަޑިއިރަށް އެޑްމިޓް ކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ވަޒީފާގައި ތިބެން ބޭނުމިއްޔާ ޕެޕަރ ސްޕްރޭ ޖަހަން އެންގީމަ އެސޮރުމެން ދެންޖަހާނީތާ

    12
    2
  2. Anonymous

    ފުލުހުން އެހަދަނީ ކަނޑައެޅިގެން ދޮގު. ފުލުހުންގެ ވެރިންގެ ނުބައިނުލަފާކަން މިފެންނަނީ.

    14
    2
  3. ޙައުލާ

    އެތާ ހަމަނުޖެހުން ހިނގިޔަަސް ޕެޕަރ ސްުޕްރޭ ޖަހައިގެންނުވާނެ. ޖެހޭނީ ގަދަކަމުން ނެރެން. އެތަނަކީ ބަންދުވެފައި ހުރި ތަނަކަށްވާއިރު އެތަށް ބަޔަކަށްއޭގެ އަސަރުކުރި. ޕލލިހުންނަކީ ގަޅި ވިޔާނުދާ ބައެއްއުލާ

    14
    2