ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ޕީއެންސީއާއި ޕީޕީއެމް ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންއިން ކުރަމުންދާ މަސައްކަތަށް ސަރުކާރުން ވަރަށް ބޮޑަށް ހުރަސް އަޅަމުންދާ ކަމަށް ޕީއެންސީން ބުނެފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުން ޕްރޮގްރެސިވް ކޯލިޝަންގެ ކެމްޕޭނަށް ހުރަސްއަޅާ، ހަމަހަމަ ކަމާއެކު ތާއިދު ހޯދުމަށް އޮންނަ މަގު ބަންދުކުރަމުންދާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
އޭގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރުވެސް ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކޮށް، ގޯނާ ކުރަމުންދިޔުމުގެ އިތުރުން އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގަވަން ހުންނެވި ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުވެސް ފުލުހުންގެ އިދާރާއަށް ގެންދެވި ތިން ގަޑިއިރަށްވުރެ ގިނަ އިރު، ފުލުހުންގެ އިދާރާގައި ބައިންދާފައިވުން ހިމެނޭ ކަމަށް ޕީއެންސީ ބަޔާނުގައިވެއެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ އެކައުންޓަށް މިލިއަން ޑޮލަރު ޖަމާވެފައިވާ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައިގައި ވަނީ ދައުވާ އުފުލާފައެވެ. އަދި އެ މައްސަލައިގެ ހެއްކައް ނުފޫޒު ފޯރުވާ ކަމަށް ބުނެ، މައްސަލަ ނިމެންދެން ޔާމީން ޖަލުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ.
ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ކުރި މުޒާހަރާގައި ޕޮލިސް ވެހިކަލެއްގެ ފުރޮޅު ދަށަށް ގާބުރިއެއް ލައްވާ، ވެހިކަލަށް ހުރަސް އެޅި މައްސަލައިގައި ނިހާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ އިރު، ތިން ގަޑިއިރު އޭނާ މަޑުކުރުވާފައި ވަނީ ބަޔާން ނެގުމަށެވެ.
ޕީއެންސީން ބުނެފައި ވަނީ އިންތިހާބުގައި ކެމްޕޭނު ކުރުމާއި، ތާއިދު ހޯދުމަށް އެފަދަ ކަންކަމުގެ ސަބަބުން ދަތިވާ ކަމަށާއި، އެއީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ގެއްލޭ ކަންކަން ކަމަށެވެ. އަދި ސަރުކާރު ކުރަމުންދާ އެފަދަ ދަށު ދަރަޖައިގެ ކަންކަން ބަލައި ނުގަންނަ ކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ.
ސަރުކާރަކީ ކޮބައިކަން އޮޅިއްޖެ. އެމްޑީޕީތަ؟ ޖޭޕީތަ؟ ކޯލިޝަންތަ؟ ޖޭޕީގެ އުނދަގުލުން ސަލާމަތް ނުވެގެން ޕީޕީއެމަށް ތާއީދު ކުރާ ރައްޔިތުންނާ ޕީޕީއެމްގެ ޓިކެޓް ދީފައިތިބި ކެންޑިޓޭޓުންތައް މަޔޫސް ވެގެންނާ ރުޅިގަދަ ވެގެންނާ ދެރަވެގެން އުޅޭތަން މުޅި ރާއްޖޭގެ ހުރިހާ ދިމަލަކުން މި ފެންނަނީ. ގާސިމް އަތުގައި ފައިސާ އޮތީމައި ރައްޔިތުންގެ ވޯޓު ނީލަމުގައި ގނެވިއްކަން މަސައްކަތް ކުރާތަން ފެންނަނީ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ވަނީ ވިއްޔާ މިކަންކަން ބަލަން ވާނެ. ނޫނީ ކުރިޔަށް ވުރެގޯސް. މިޖަރީމާ މިހިންގަނީ ވަރަށް ފާޅުގައި.
ޕީއެންސީގެ ޓިކެޓްތައް ޖަހައިގަނެ އަނިޔާވެރި ގޮތެއްގައި މަޖްލިސް އަތުލަން މަސައްކަތް ކުރަނީ ކޯލިޝަން ސަރުކާރުގައި ހިމެނޭ އެންމެ ޕާޓީއަކުން. އެއީ ޖޭޕީ. މުޅި ސަރުކާރެއްނޫން. ސާފު މައުލޫމާތު ޖަހާ ޒިންމާދާރު ކަމާއެކު ޚަބަރު ފެތުރުމަކީ ނޫސްވެރިންގެ ޒިންމާއެއް.
ކެނެރީގެ ނަޝީދު އަޑީގައި ހުރެގެން ހިންގަމުން
ގެންދާ ޖަރީމާތައް ކުށްވެރިކުރަމެވެ އަދިމިކަންކަން
ވަގުތުން ހުއްޓާލުމަށާއި ކަމާބެހޭ އިދާރާތަކުން
މިކަންކަން ތަހްޤީޤކޮށް ފިޔަވަޅު އަޅައިދިނުމަށް
ގޮވާލަމެވެ.
ކަލޭމެންގެ ބާރު އޮތްއިރު ކަންތަށް ކުރިގޮތް ހަދާން އެބަހުރިތަ ! އެދުވަހު ތަނެއްގާ ޖަލްސާއެއް ބޭއްވެނީވެސް ކަލޭމެނަށް އެކަނި ! އެއްވުމެއް ބޭއްވެނީވެސް ކަލޭމެނަށް އެކަނި ! ކޭމްޕޭންު ކުރީވެސް ކަލޭމެން އެކަނި ! އެގޮތަށް އެކަންނުކުރާން ފަށްފަށުން އިލްތިމާސް ކުރި ! ކަލޭމެންދީނީ ބީރު ކަންފަތެއް ! މިދުވަސް ކަލޭމެނަށް އަތުވެދާނެކަމަށްވެސް އިންޒާރުވެސް ދެވުނު ! ކަލޭމެންހީކުރީ ދުނިޔޭގާ ތާއަބަދު ރަސްކަންކުރާނީ ކަލޭމެންކަމަށް ! މިހާރު ހުރަސްވެސް އަޅާނެ ! ހުއްޓުވަންވެސް ހުއްޓުވާނެ ! ކަލޭމެން ޖެހޭނީ މިހުރިހާކަމެއްވެސް ހަޖަމު ކުރަން ! ނުކުރާމީހަކު ދާންޖެހޭނީ ޖަލަށް !
މި މީހުން ޖަލްސާނުބާއްވަނީ ސަރުކާރުން ކޮން ހުރަހެއް އަޅަިގެންބާ؟ މަނާކުރީ ކޮން އެއވުމެއްބާ ؟ ދެދޮރު ދޭތެރޭ ގެއެއް ވުން ހުއްޓާލީ އެތަނަށް ދާނެ މީހަކު ވެގެން. މިހާރު ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ޙާޒިރީ ބަލާ އޮވަރ ޓަެިމް ދީގެން ތި ޖަލްސާތައް ފަޅުވަން މީހުނަށް މަޖުބޫރުކޮށް ނަހަދާނެ. އަދި އެމްޑީޕީ ޖަލްސާތަކަށް ވެސް ޙާޒިރީ ބަލައިގެން ސަރުކާރުގެ މުއަށްޒާފުން މަޖުބޫރުން ނުގެންދާނެއެވެ.
ވޯޓު ވަގު ތިމަރައާއި ލާދީނީ ބައިގަނޑު ގުޅިގެން މަޖްލިސް އިންތިޚާބުވެސް އޮޅުވާލުމަށް ދަނީ ވަރަށް ވަރުގަދަޔަށް ތައްޔާރުވަމުން
ބަންދުގައި ބަހައްޓަން ހުކުމް ކުރީ ކޯޓުން . ޔާމީނު އިތުބާރު ކުރާ ކޯޓުން . ސުވާލު އުފައްދަން ޖާގައެއްނެއް.
ނަހަމަގޮތުގައި ރައީސްނަޝީދުގެ އެކައުންތަށް 5.4 މިލިއަންރުފިޔާއެވަނީ ޖަމަވެފައި އެފައިސާގެ މައްސަލަ ތަހުޤީގުކުރުމަށް ރައިސްނަޝީދުވެސް ހައްޔަރުކުރަންފެނޭ މީގެ އިތުރުން ދައުލަތުގެ 1.3 ބިލިއަންރުފިޔާގެ ފައިސާޖަމާވެފައިވާކަމަށް ތުހުމަތުކުރެވޭ ނުވަތަ ފެންނަންހުރި އެއްމެން މިހާރުންމިހާރަށް ބަންދުނުކުރެވެނީނަމަ މިސަރުކާރަކީ އަދުލުވެރި ސަރުކާރެކޭ ނުބުނެވޭނެ