ސީފުޑް ކައިގެން އެލާޖިކްވެގެން އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް ނިޔާވި އުމުރުން 24 އަހަރުގެ ފާތިމަތު ހަނާ އަސްއަދުގެ ކަށު ނަމާދު މިރޭ ފަތިސް ނަމާދަށްފަހު އޮންނާނެ ކަމަށް އާއިލާއިން ބުނެފިއެވެ.

ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދުގެ ދޮށީ އަންހެން ދަރިކަނބަލުން، ހަނާގެ އާއިލާއިން ބުނީ، ހަނާގެ ކަށު ނަމާދު އޮންނާނީ އާާސަހަރާ މިސްކިތުގައި ކަމަށެވެ.

އަދި ވީހާވެސް ގިނަ ބޭފުޅުން ހަނާގެ ކަށު ނަމާދުގައި ބައިވެރިވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެެއް ކަމަށްވެސް އެ އާއިލާއިން ބުންޏެވެ.

ހަނާ ނިޔާވެފައި ވަނީ އޭޑީކޭގެ އައިސީޔުގައި ފަރުވާދެމުން ދަނިކޮށެވެ. ހަނާ މިދިޔަ ހަފްތާ ތެރޭގައި ރެސްޓޯރެންޓަކުން ސީފުޑް ކައިގެން އެލާޖިކް ވެފައިވާ އިރު، އޭނާގެ އާއިލާގެ ފަރާތުން ބައްޕަ، އައްސަދު ވިދާޅުވީ ހަނާއަކީ މީގެ ކުރިންވެސް ސީފުޑަށް އެލާޖިކްވާ ކުއްޖެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފަތީ

    އިންނާއިއްލާހި ވައިންނާއިލައިހި ރާޖިއޫން

    51
    2
  2. މަގޭ

    ސަޅި ހަމަ

    2
    106
    • އަސްމާ

      ކޯންޗެއް ސަޅީ؟؟

      19
  3. ޢަހަންމާ

    Haadha dheraeyy mp assad aa aailaa ah keitherikan dhevaa maruhooma ah suvarugeyge dhaaimee niumah dhevaashi aameen

    50
  4. ބެއްޔާ

    އޭޑީކޭ އަށް ގެންގޮސްފިނަމަ! ދެން ސަހަރާޔަށް ދިއުން %85

    11
    55
  5. ލަބީބު

    ވަރަށް ހިތާމަވެރި ޚަބަރެއް! މާތްﷲ މަރުޙޫމާއަށް ސުވަރުގެ މިންވަރުކުރައްވާ ޢާއިލާއަށް ކެއްތެރިކަން މިންވަރުކުރައްވާށިއެވެ! އާމީން

    76
    3
  6. ސީފުޑް

    ހިތާމަވެރި ޚަބަރެއް. ﷲ ހަނާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި. އާއިލާ އަށް ކެތްތެރިކަން ދެއްވާށި آمين

    86
    3
  7. ނާުުކޮޅު

    އަލްމަރުހޫމާ ހަނާޔަށް ސުވަރުގެމިންވަރުކުރަށްވާ އާއިލާޔަށް
    ކެތްތެރިކަންދެއްވާށި

    60
  8. ކިޔާމީހާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

  9. ކިޔާމީހާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

    މާތްﷲ ހަނާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި.
    އާއިލާ އަށް ކެތްތެރިކަން ދެއްވާށި.
    آمين

    12