މަޖީދީ މަގުގައި ފުލުހުން ޙަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

ދިވެހި ރާއްޖެ އަމާންކޮށް ބޭއްވުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވެއްޖެއެވެ.

"ވަގުތަށް" ދެއްވި އިންޓަވިޔުއެއްގައި ފުލުހުންގެ ތަރުޖަމާނު، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ސަރުކާރާއި އިދިކޮޅު ފަރާތެއްވިޔަސް އަދި އެއްކޮޅު ފަރާތެއްވިޔަސް ރާއްޖޭގެ އަމަން އަމާން ކަމާއި ސުލްހަ މަސަލަސްކަން ނަގާލުމުގެ ފުރުސަތު ދިވެހި ފުލުހުން ނުދޭނެ ކަމަށެވެ.

އަދި ދިވެހި ގައުމިއްޔަތަށް ނުރައްކަލެއް ވެދާނެ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ދިވެހި ފުލުހުން ނުދޭނެ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

" ދިވެހި ފުލުހުންނަކަށް ނޯންނާނެ އެއްކޮޅެއް، އިދިކޮޅެއް. ހުކުރެއް ހޮނިހިރެއް. ދިވެހި ފުލުހުންގެ މަސައްކަތަކީ ގައުމު އަމާންކޮށް ބޭއްވުން. އެހެންކަމުން ގައުމު އަމާންކޮށް ބޭއްވުމަށް ފުލުހުން ދާނީ 24 ގަޑިއިރު ކެނޑި ނޭޅި މަސައްކަތް ކުރަމުން" ޝިފާން ވިދާޅުވިއެވެ.

އަދި މުޒާހަރާތަކާއި ގުޅިގެން ވިޔަސް އަދި އެނޫން ކަމެއްގައިވެސް ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކަށް ފުލުހުން އަނިޔާކުރަނީ ނަމަ އެއީ ކުށެއް ކަމަށާއި އެ ފަދަ ހާލަތެއްގައި އެ ފުލުހަކާއި ދެކޮޅަށް ޝަކުވާ ހުށައެޅޭނެ ކަމަށާއި ، ޝަކުވާ ހުށައެޅުމުން އެ ޝަކުވާ ފުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާން ކޮމާންޑުން ބަލުމަށް ފަހު އެކަމާއި މެދު އިންޓާނަލް ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވާއިރު ފަހަކަށް އައިސް އިދިކޮޅު އިއްތިހާދުން މާލެ ތެރެ ހަލަބޮލިކުރުމަށް ކުރަމުން ގެންދާ މުޒާހަރާތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު އެފަދަ ފަރާތްތަކަށް ފުލުހުން އަނިޔާކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސާބަސް ދިވެހި ފުލުހުން. އެއްކޮޅެއް ދެކޮޅެއް ބަލާނެ ކަމެއްނެތް. ކޮބައިތޯ ފުލުހުން މާނަކުރާ ދެކޮޅަކީ.

  2. ދިވެއްސެއް

    ފުލުހުންގެ މީހާވިޔަސް އިިިންސާނީ ީތޮބިއްޔަތުގައި ހުންނަސިފަތައް ހުންނާނެ. އެއީފުލުހުންގެމީހާ ޕްރޮފެޝަނަލްވުންނުވަތަ ނުވުމަކުންވާނެ ކަމެއްނޫން . ޚިތަންމެޕްރޮފެޝަނަލްވިޔަސް އާންމުމީހާ ފުލުސްމީހާގެ އަނބިދަރިން މައިންބަފައިންނާ ބެހިގެހިތުހުރިއެއްޗެއްކިޔާ އެފަދަނޭދެވޭ މުއާމަލާތް ކަރުމުން އޭގެނޭދެވޭ އަސަރުކުރުމަކީވެދާނެ ކަމެއް. ޙަމައެހެންމެ އާންމުމީހާމެދު ފުލުހުންގެމީހާ އަމަލް ކުރާގޮތަކުން ވެސްއޭގެނޭދެވޭއަސަރުކުރުމަކީ ވެސްވެދާނެކަމެއްް. ޛުމްލަކޮށްބުނާނަމަ މިހާތަނައްފެނިގެންގޮސްފައިވަނީ މީގެތެރެއިން އިސްވެ ފުލުހުންނާއި ދެކޮޅައް ތެދުވެ ހަމަލާދީ އަނިޔާވެރިއަމަލު ހިނަގާފައިވަނީ އިދިކޮޅުފަރާތްތަކައް ތާއީދުއޮންނަ އާންމު ފަރާތްތަކުން. ވީމާއެފަދަކަންކަމާގުޅިގެންއުފެދޭ ނުތަނަވަސްކަމުގެ އަސަރުފުލުހުންނައްވިޔަސްކުރާނެ. ސޮލިއުޝަންއަކީ ފުލުހުންގެ މީހާކުރާމަސައްކަތަކީ ވަޒީފާގެ މަސްއޫލިއްޔަތުގެގޮތުން އޮތްއޭނާގެޒިންމާ އުފުލުމައް ކުރާކަންްކަމުގަ އެއްބާރުލުންދީ އަމުރަކިޔަމަންތެރިވުން.

  3. ފުލުހުން ތިބުނަނީ ސޫކީވެސް މިޔަންމާ އަމާން ކުރާށޭތަ ހުރިހާ މުސްލިމުންތައް މަރާ އެހުސްކުރަނީ.

    • މި ކިޔާ އެއްޗެއް ފަހުމްވާވަރަށް އުނގެނި ދަސްކޮށްގެން އާދޭ!!! ނެތް ވަގުތު ބޭކާރުކުރެވޭކަށް!!!