އިންޑިއާގެ ބިލިއަނަރެއް ކަމަށްވާ އަބީޝޭކް ވެރުމާ، ރާއްޖޭގެ ނޫހެއް ކަމަށްވާ 'ދަ މޯލްޑިވްސް ރިޕޯޓް. ކޮމް' އަތުން 100 މިލިއަން ޑޮލަރު ހޯދަން ދައުވާ ކުރަން ތައްޔާރުވާ ކަމަށް އޭނާ މިއަދު ބުންޏެވެ. އެ ނޫހުގައި ޝާއިރު ކޮށްފައިވާ ހަބަރެއްގެ މައްސަލައެއްގައި ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ކޯޓު ތަކުގައިވެސް 'ދަ މޯލްޑިވްސް ރިޕޯޓް'އާ ދެކޮޅަށް ދައުވާކުރަނެ ކަމަށް ވެރުމާ ބުނެފައިވާ އިރު، އޭނާ ދެވަނައަކަށް އެފްބީގައި ޖެހި ޕޯސްޓާއެކު ގިނަ ބަޔަކަށް ސުވާލުތަކެއް އުފެދުނެވެ.

ހާއްސަކޮށް އެފަދަ ބޮޑު އަގަކުން ބަދަލު ހޯދަން ވަރުމާ ދައުވާ ކުރަން ހުށަހަޅާފައިވާ އިރު، ނޫހުގެ އެޑިޓަރު ހޯދާ، މައުލޫމާތު ހިއްސާ ކުރާ މީހަކަށް ދޭން އޭނާ ބުނެފައި ވަނީ އެންމެ 500 ޑޮލަރެވެ. ވެރުމާއަށް އެފަދަ ބޮޑު ބަދަލެއް ލިބެން އޮތް މައްސަލައެއްގައި، މުހިއްމު މައުލޫމާތެއް ހޯދުމަށް އޭނާ 500 ޑޮލަރު ހުށަހެޅުމުން އެކަން ބައެއް ފަރާތްތަކަށް 'ޖޯކް"އަކަށްވެސް ވެދާނެއެވެ.

'ދަ މޯލްޑިވްސް ރިޕޯޓް'އިން މިއަދު ޝާއިއު ކޮށްފައިވާ ހަބަރެއްގައި ބުނެފައި ވަނީ "އިންޑިއާގެ ހަތިޔާރު ވިއްކާ އަބީޝޭކް ވެރުމާއާއި ކުރީގެ ރައީސް ނަޝީދު ބައްދަލު ކުރުމުން ސުވާލު އުފެދޭ" ކަމަށެވެ. އަދި މިދިޔަ ފެބްރުއަރީ މަހު ނަޝީދު އިންޑިއާގައި ބޭއްވި ކޮންފަރެންސަކަށް ދިޔަ އިރު، ސަރުކާރާ ބައްދަލުކުރި ބައްދަލު ކުރުންތައް ހާމަކޮށްފައި، "އެތަކެއް ހައިޕްރޮފައިލް" ކޮރަޕްޝަންގެ މައްސަލަތަކެއް އޮންނަ އަބީޝޭކް ވެރުމާއާ ބައްދަލު ކުރި ވާހަކަ ނަޝީދު ސިއްރު ކުރި ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

ނޫހުގައި ބުނެފައި ވަނީ އެ ބައްދަލުުމުގެ ފޮޓޯއެއް އާންމުކޮށްފައި ވަނީ ވެރުމާގެ ކުންފުންޏެއް ކަމަށްވާ އޮލިއާލިއާ ވޯލްޑް އިންސްޓާގްރާމްގައި ކަމަށާއި، ޝައްކު ކުރެވެނީ ނަޝީދު މެދުވެރިކޮށް ވެރުމާ ވެލާނާ އެއާޕޯޓް ހޯދަން އުޅޭ ކަމަށް ކަމަށްވެސް ނޫހުގައިވެއެވެ. އަދި މީގެ ކުރިން ސިމްޑީ އިބްރާހީމް ދީދީއާއެކު ވެގެން ވެރުމާ ރާއްޖޭގައި އެއާޕޯޓެއް އަޅަން އުޅުނު ކަމަށްވެސް ނޫހުގައިވެއެވެ.

އެކަމާ ގުޅިގެން ވެރުމާގެ ޕޭޖުގައި ބުނެފައި ވަނީ މޯލްޑިވްސް ރިޕޯޓްގެ އެޑިޓަރުގެ ސަބަބުން އުފެދެން ނުވެސް ޖެހޭ މައްސަލައެއް، ގޯސް މާނައިގައި އުފެދިއްޖެ ކަމަށެވެ. އަދި އޭނާއަކީ އދ.ގެ ބްލެކް ލިސްޓް ކުށްވެރިއެއްތޯ ނޫނީ އޮސާމާ ބިއްލާދިންތޯ ސުވާލު އުފެއްދިއެވެ. ނަޝީދާ ބައްދަލު ނުކުރެވެންވީ ކީއްވެތޯވެސް އޭނާ ސުވާލު އުފެއްދިއެވެ.

ވެރުމާ ބުނެފައި ވަނީ އާޓިކަލްގައި ވަނީ ދޮގު މައުލޫމާތު ކަމަށާއި، އޭނާގެ މައްޗަށް އުފުލޭ ކޮރަޕްޝަންގެ ކަންކަމާއި މަނީ ލޯންޑަރިންގެ މައްސަލަތައް ސާބިތުނުވާ ކަމަށް ދެ އަހަރު ކުރިން ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން އެފަދަ ތުހުމަތު ނޭޅުވޭނެ ކަމަށްވެސް ވެރުމާ ބުނެފައިވެއެވެ.

ވެރުމާ ބުނެފައި ވަނީ އޭނާއާ ގުޅޭގޮތުން ދައްކާފައިވާ ހަގީގަތާ ހިލާފު ވާހަކަތައް ނަގާ، އާންމުންގެ ކުރިމަތީ މާފަށް އެދުމަށެވެ. އެހެން ނޫން ނަމަ، އެކަމުގެ ބަދަލު ހޯދަން ތިން ދުވަސް ތެރޭ ރާއްޖޭގެ ކޯޓާއި ބައިނަލް އަގުވާމީ ކޯޓުތަކަށް ދާނެ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ސާބިތު ނުހިފޭ ވާހަތައް ދައްކާ، ކުށެއްގެ އިލްޒާމް އެޅުވުމުގެ ބަދަލުގައި 100 މިލިއަން ޑޮލަރު ހޯދަން ހުށަހަޅާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ވެރުމާއަކީ ފާހަގަކޮށްލެވޭ ހަތިޔާރު ޑީލަރެކެވެ. މީގެ ކުރިން 2012 ވަނަ އަހަރު ވެރުމާ ވަނީ މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރު، އޭނާގެ ކުށެއް ނެތް ކަމަށް ކަނޑައަޅާފައެވެ. އަދި އޭނާ އެއްވެސް ކަމެއްގައި ކުށެއް ނުކުރާ ކަމަށްވެސް ސީބީއާއިގެ ހާއްސަ ކޯޓަކުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މީވެސް

    ދިވެހިންނަކީ ވަރަށް ދަށުދަރަޖައިގެ ބައެއް މިކަހަލަ އަމަލް ހިންގުމުގަ.

    15
    52
  2. މައިޒާން

    ރައީސް ނަސީދޫ.. ކަލޭ ކާކާތަ ތިޔަ ބައްދަލުކުރަނީ..؟

    19
    2
  3. ޙުއްތޔ

    އަހަރެމެންނަށް ކީއް އޭނަ ކާށި ވިއްކިޔަސް

    13
    1
  4. ގެރި

    ތިގެންގޮސް ގެރިއަށް ކާންދީަލަ

    17
    3
  5. ޢޯލަލާ

    ކަލޯގަޔާ.. މީ އެއްކަލަ ދުވަސްބަރު އަންހެނުންނަށް ޚައްސަ ރިސޯޓް ހަދަން އުޅުނު ކަލޭގެ ދޯ. ޢެތަނުގެ ވަޒީފާގަ އުޅެންޖެހެނީވެސް ބޮލުގަ ރަންރީދޫ ކުލަ ހުންނަ ބުރުސޫރަ ރިވެތި ކަނބަލުންނޯ. މިހާރު އެ ރިސޯޓް އެއޮއް ހުޅުވަނީ.. އޯލަލާ ޔޯ ކިޔަނީ. އެއަރޕޯރޓް އެއްވެސް އެބައިން އަލޯލަކާ އިންޓަނޭޝަނަލް އެއަރޕޯޓް މޯލްޑިވްސް ޖަހާފަ އެބުނާ ސައިޓެއްގަ. ޢޮލިއާ އޮލިއާ އެއްނޫން ކިޔަނީ.. އެއީ ލިޔެފަ އޮންނަ ގޮތް.

  6. ތުނިޔަ

    އިންޑިޔާ މީހެއްނު! ފިސާރި ދަހިވާނެ!

    22
    1
  7. އަބުރު

    އެންމެފަހުންވެސް އަބުރުގެ ޤާނޫނު އުވާލީ މިދިވެހިރާއްޖޭގަ. ދިވެހިރާއްޖޭގެ ކޯޓަކަށް އަބުރުގެ ބަދަލު ހޯދަން އައީމަ ހިނިއަންނަނީ...

    35
    1
  8. ހުސޭނުބޭ

    އަބީޝޭކް ވެރުމާ .......... މަށަށް މިވަރުން އެގިއްޖެ މިއީ ކިހިނެއްވެފައި އިން މީހެއްކަން! މީގެ މާނަ އެނގޭ މީހުން ބަނޑުގައި އަތްއަޅައިގެން ހޭނެކަން ޔަޤީން!

    13
    1
  9. ކޮސް

    ތިބުނާ ވެރުމާ ހެރުމާއަކީ ހަމަ ކަންނިގެ ޕަޕެޓަކައް ވުންގާތް ވެރުމާ ދިވެހިންނާ ކުޅެން ނޫޅޭތި ވެރުމާ

    9
    1
    • ކަލޯ

      ބޭނުން އެއްޗެއް ހަދާނީ. ހަމަ ތިހެން ފަޅޯ ކޮމެންޓް ކުރަން ހުންނަން ޖެހޭނީ

  10. ޒާ

    ދިވެހިންނަކީ ބިކާރީންކަމަށް އޭނާ ދެކެނީދޯ؟

  11. ސޮންދާލި

    ބާޤީންނާޢި ގުޅޭނީ ބާޤީން... މިބުނީ ނަޝީދު ވަރަށް ހަތިޔާރު ގެންގުޅޭހިތްވާނެޔޭ

    8
    1
  12. ކިއްލި ބާދުސާ

    ވޯޓު ދުވަސް ވަރު އާންމުކޮށް ދިވެހިން ގެ އަގަކީ 500ރ

    4
    2
  13. އަބޫމޯދީ

    އަބީޝެކަރު ވަރުމާ ހަތިޔާރު ވިއްކަންދޭބަލަ އާސާމް އާއި ގުޖްރާތު ގެ ގެރިއަށް އަޅުކަން ކުރާ މީހުނައް ކޮންމެހެން ދިވެހިންނާ ދިމާކޮއްގެން އުޅެނކަމެއްނެތް.. މޯދީ ގެ ފައިގަ ދޫލާ ބަލަ ކަލޭ 2012 ވަނަ އަހަރު ވެރުމާ ވަނީ މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފަހުރި މުޖޤރިމެއްތި .. އަންނި އަކީ ޓެރަރިސްޓެއް.. ކަލެޔާކީ ޓެރެރިސްޓުންނާ ގުޅުން އޮންނަ މީހެއްކމައް ފެންނަނީ މި ލުއްޗާ މި އުޅެނީ ވެލާނާ އިންތަރނެޝަނަލް އެަރ ޕޯރޓް ހޯދުމައް އަންނި އަށް ރިސްވަތުދީގެން

  14. ރައްޔިތުމީހާ

    ދިވެހިން ވޯޓު އެބަވިއްކާލާ 500 ރުފިޔާއަށް. 500 ޑޮލަރު ޖޯކަކަށް ވާނަމަ ދެންބުނާނެ އެއްޗެއްނެތް.

  15. އޯކޭ

    އެވަރުވެސް ދެރައެއްނޫން. ދިވެހިންގެ ފެންވަރު އެނގޭނެ މި ކޮމެންޓްތައް ކިއުމުންވެސް. އެހެންވީމަ އެވަު ގޯހެއްނޫން. 100 ރުފިޔާވެސް އޯކޭވާނެ

  16. ސޯދިގު

    ދޮން އަންހެނަށް ލިބުނީމަ އޭނައާއރކު ފޮޓޯއަކަށް ހުއްޓެއްވެސް ނޭގޭ ސޮރެއް.

  17. ބުމްބާބުރޯ

    ތިލާރިގަނޑުން އުސްހީލެއް ގަނެގެން އަރާ އޭރުން ތިހިރަ މަންޖެއާ އެއްވަރު ވެދާނެ. ތިވެސް ފޮޓޯއަށް ގަނެފަ ހުރި ފޭކު އަންހެނާ ފެންނާނީ