އިންޑިއާގެ ބިިނިއަރެއް ކަމަށް އަބީޝޭކު ވަރުމާ ދިވެހިން ދަންނަންފެށީ ރާއްޖޭގައި ހިންގާ އިނގެރޭސި ބަހުން ގެނެސްދޭ ނޫހެއް ކަމަށްވާ، "ދަ މޯލްޑިވްސް ރިޕޯޓް" އާ ދެކޮޅަށް މީސްމީޑިޔާގައި އަޑު އުފުލަން ފެށުމާއެކުގައެވެ. މިގޮތުން "ދަ މޯލްޑިވްސް ރިޕޯޓް" ގެ އެޑިޓަރުގެ ނަން ހާމަކުރާ ފަރާތަކަށް 500 ޑޮލަރު ދޭނެ ކަމަށް އިންޑިޔާގެ ބިލިޔަރަކު ބުނުމާއެކު ވަރުމާގެ ނަން ވައިގައި ހިފައިގެން ދިޔައެވެ.

ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ "ދަ މޯލްޑިވްސް ރިޕޯޓް" ގެ ވާހަކައެއް ނޫނެވެ. އިންޑިޔާގެ ބިލިޔަނަރަކު ރާއްޖޭގައި ވިއްކަމުން އަންނަ ޕްރަޑަކްޓެއްގެ ވާހަކައެވެ. "ޕިންކީ ފްލޭވާޑް ޑޭޓް"، ކަދުރުގެ ވާހަކައެވެ.

ވަރުމާގެ ކުންފުންޏެއް ކަމަށްވާ އޮލިއާލިއާ މޯލްޑިވްސްގެ ޕޯސްޓްގައި މިމަހުގެ 18 ވަނަ ދުވަހު ކޮށްފައިވާ ޕޯސްޓެއްގައި އެފަރާތުން ރާއްޖޭގައި ކަދުރު ވިއްކާ ކަމަށް ބުނެފައިވެއެވެ. ފިޔާތޮށި ފްލޭވަރގެ މިކަދުރު ރާއްޖޭގައި ވިއްކަމުން މިހާރު އަންނައިރު، އޮލިއާލިއާ މޯލްޑިވްސްގެ ޕިންކީ ފްލޭވާރޑް ކަދުުރު ޕެކެޓުގެ ބޭރުގައި ހުރީ އިންޑިޔާގެ ބިލިޔަނަރު އަބީޝޭކު ވަރުމާގެ އަނބިމީހާގެ ފޮޓޯއެވެ. އަބީޝޭކު ވަރުމާގެ އަންހެނުން އަންކާ ވަރުމާއަކީ އަބީޝޭކު ވަރުމާއާ ކައިވެނި ކުރުމުގެ ކުރީގައި ރޯމާނިޔާގައި މޮޑަލްކޮށް އުޅުނު ފަރާތެއްކަން ފާހަގަ ކުރެވެއެވެ.

އަބީޝޭކް ވަރުމާގެ އޮލިއާލިއާ ވޯލްޑާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ، ސިމްޑީގެ ގުޅިގެން ރާއްޖޭގައި، ތަރައްގީގެ ބިޔަ މަޝްރޫއު ތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް މިިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި، "އޮލިއާލިއާ ނިއު މޯލްޑިވްސް" ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމާއި ލަގްޒަރީ ހަތަރު ރިސޯތް ތަރައްގީކުރުމާއި ޓްވިން އިންޖީން 10 ހެލިކޮޕްޓަރާއެކު، މުޅި ރާއްޖެއަށް ހެލިކޮޕްޓަރު ދަތުރުތައް ފެށުމާއި މިނޫންވެސް ބޮޑެތި ޕްރޮޖެކްޓްތައް ހިމަނާފައިވެއެވެ. މީގެ ތެރެއިން އެއްވެސް ޕްރޮޖެކްޓެއް މިހާތަނަށް ފެށިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައިއެއް ނުވެއެވެ.

ވެރުމާއަކީ ފާހަގަކޮށްލެވޭ ހަތިޔާރު ޑީލަރެކެވެ. މީގެ ކުރިން 2012 ވަނަ އަހަރު ވެރުމާ ވަނީ މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރު، އޭނާގެ ކުށެއް ނެތް ކަމަށް ކަނޑައަޅާފައިވެއެވެ. އޭނާ އެއްވެސް ކަމެއްގައި ކުށެއް ނުކުރާ ކަމަށްވެސް ސީބީއާއިގެ ހާއްސަ ކޯޓަކުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ނުވާނެއޭ

    ތިޔާއީ ބްލަޑީ އިންޑިއަންސް އިންނޭ އެމެން ދައްކާވާހަކައިގައި ތެދު ނުހިމެނޭނެއޭ ތިޔާ ބިލިއަނަރެއް ކަމަށް ދައުވާ ކުރާ ކަލޭގެ އަތުގައި 5 މިލިއަން ޑޮލަރު ހުރެއްޖެނަމަ ވެސް ނަސީބޭ ތިޔާއީ ބްލަޑީ އިންޑިއަންސް އިންނޭ އެމެންގެ ވާހަކަ ތައް ހެޔޮ ނުވާނެ ގަބޫލުކުރަން..

    71
    4
  2. ޒާ

    ފްލޭވަރޑް ކަދުރު ދެން ނުގަންނާނަން.

    76
    3
  3. މިއެސެއ

    ނޯ މޯ ޕިންކް ކަދުރު

    36
    1
  4. އިސްލާމް

    ކެއުމުގެ ތެރެއިން ކަދުރަކީ މާތް ﷲ ދެއްވާފައިވާ ވަރަށް ބޮޑު ފައިދާއެއް ހިމެނޭ ކާއެއްޗަކަށްވާތީ، ކަދުދު ވިއްކުމެ ބަދަލުގައި އެއުޅެނީ މުސްލިމުންގެ މުގަސްދަސް ބިމުގައި ހައްދާއެއްޗީގެ އަގުވައްޓާލާ މުސްލިމުންނަށް މަލާމަތްކޮށް ފިކްރީ ހަގުރާމައެއް ކުރަން، މިވީ ދުވަސްތަކުގައި އެއްވެސް ގައައުމަކުން ވިއްކާ ކަދުރެއްގައި އެއްވެސް މީހަކުގެ ފޮޓޯ ޖަހާފައި ނުހުރޭ (މިކަމާ ވިސްނާ ވިކްރުކުރޭ؟؟؟؟؟؟؟؟

    51
    2
  5. ޢަލީ

    ތީ މީރު ކަދުރެއްވެސް ނޫން، އެއްފަހަރަކު ގަތިން، ނުބައިކަމުން ކުރިއަކަށް ނުދެވުނު،

    33
    1
  6. އަބޭ

    ހޫ ދަ އެފް ސެލްސް ޕްރޮޑަކްޓްސް ޔޫޒިންގ ދެއަރ ވައިފްސް ޕިކްޗަރ؟ ލޮލް. އަނބި ވިއްކައިގެން މުސަނދިވެެފަ

    34
    1
  7. ނަންނަ

    ކޮންމެވެސް އެހެން ތަނަކަށް ދޭބަލަ ކަދުރު ވިްކަން ކަލޭމެންގެ ގައުމަށް އެއްޗެހި ވިއްކަން އަހަރުމެންނަށް ހުއްދަ ނުލިބޭ އިރު ބްލަޑީ އިންޑިަންސް މިތާ ކަދުރު ވިއްކަނީ ކީއްކުރަން. ކިހާ ބޮޑު މުޞީބާތެއް މީ

    44
    2
  8. ޑަކް

    މީނަ މީ ހަމަ ބިލިއަންނަރެއްތޯ ނޫނީ ގޭންގްސްޓަރ އެއްތޯ ސުވާލު އުފެދެން ފަށައިފި........އެކަން ކޮންމެވެސް ނޫހަކުން ބަލާލަބަލަ

    29
    2
  9. ކާނަލް ވއސ

    ތިކަހަލަ ވަރުމާ އަކާއި، ބަރުމާއެއް ރާއްޖެގެނެސް މުޅިދިވެހި އުއްމަތް ހަލާކު ކުރަމުން މިކެނެރީގޭ މުގާބެ މިދަނީ ކިހާބޮޑުވެއްޖެ ކަމެއް ދެންމީ ދިވެހި ފަސްގަޑުދެކެ މިކަލޭގެ ރުޅިއަޔަސް ދެން ބޮޑުވަރުދޯ އަހަރެމެންގެ ވެސް ފަސްގަޑޭމީ އެއްމެފަހު ނޭވަޔާއި ހަމަޔައްވެސް މުހައްމަދު ތަކުރުފާނާއި އުތީމު ތިންބެއިން ކުރިފަދަ ޖިހާދެއް ކުރަން ޖެހިދާނެ އޭގެ ކުރިން ސަލާމަތީ ބާރުތަކުން މިކަލޭގެ ހިފާ ހައްޔަރުކުރުމައް ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކައް ގޮވާލަން.

    37
    2
  10. މިލިނިެއަރެއްތީ

    ތިއީ ބިލިނިޔަރެއް ނޫން. ފޯބްސް ބިލިނިއަރުންގެ ލިސްޓުގަވެސް ތިމީހާ ނަމެއް ނޯންނާނެ. ބިލިއަން ޑޮލަރުގެ ވިޔާފަރީ ކުންފުންޏެއްގެ ޙިއްސާ އޮތަސް އަދި ބިލިނިއަރަކަށް ނުވާނެ މަދުވެގެން 1 ބިލިއަން ޑޮލަރުގެ ޙިއްސާ ނުނީ މިލްކިއްޔާތުގައި އެވަރަށް ފައިސާ ނެތްނަމަ. މީނަގެ ނަންޖަހާފަ ސަރޗް ކޮށްލީމަ ފެންނާނީ މީނަ މީ ބޮޑެތި ކޮރަޕްޝަނާއި ވަގު ވިޔަފާރިތަކުގެ ޑީލަރެއް ކަމަށް ބުނާ ޚަބަރުތައް.

    32
    1
  11. ހަސަން ނުވަވަނަ

    ސިމްޑީ އިބްރާހިމްދީދިއަކީ ކާކުކަން ބަޔަކަށް ނޭނގުނަސް އަހަރުމެން އޭނަ ވަރަށް ރަނގަޅަށް ދަންނަން އަދި ތިޔަ ވަރުމާއެއްވެސް

    31
    2
  12. ލޮލަށް

    މިއޮތީ ކަދުރު ވަގު ފަޅާ އަރާފަ، ކޮބާ އެމްޑީޕީ ލާދީނީ ފިކުރިއަންސް،

    30
    2
  13. ކަދުރު ކަޅޭ

    ވައްސަލާމް ނުގަންނާނަން ތިޔަކަދުރެއް

    19
    1
  14. ކަމުރު

    ކުރީގަ ކަދުރުގެ އަޑުގަދަވީ ރައީސެއްގެ އަންހެނުންގެ ނަމުގަ ތިކަދުރުވިއްކުމުގަ އަޑީގަ ވަނީވެސް ރައީސެއްބާ ނޫނީއޭރު ޕީޕީއެމް އިން ކަދުރުބަހާތީ ތިކަދުރު ނުވިކުނީމަ ދެއްކިވާހަކައެއްބާ މިހާރުހިތައްއަރާ ހުރިހާޒަމާނެއްގަވެސް ކަދުރަކީ ވެރިންނާ ވަރައްގުޅުން އޮށްނައެއްޗެއް އެއީބަހާތީވެ ސިއްހަތައް އެހާމެފާއިދާބޮޑު

    11
    2
  15. ލީމަން

    ތީ ސްމަގްލަރެއްގެ ފޮޓޯ..؟ ކޮންމެވެސް އެހެން ކަމަކު ރާއްޖެ ވަދެގެން ތިއުޅޭނީ..؟

    ކަމާއިބެހޭ ފަރާތެއް ވާނަމަ...؟ މީގެ ފަތްފުށް ނުހޯދާ..?

    މަ

    16
    1
  16. ތާރީޚު ދިވެހި ރާއްޖެ

    ކަދުރު ވިއްކުމުގެ ނަމުގައި ހިންގާނީ ބޮޑެތި ޖަރީމާ!!!!
    ހޭލާތިބޭތި.! ކުރިން ނުވި ރައްލަލެއް ފަހަކުން ނުވެވޭނެ. އެހެން ނޫނީ މިތަން ފަސާދަކޮށް އަހަރެމެން، އަހަރެމެންނާ ތަޅުވާނެ ހުރިހާގޮތެއް ފައިސާގެ ދަޅަދައްކައިގެން ހަދާނެ.!!!!

    15
    1
  17. ބަފާބެ

    ސިމްޑީ ޑީޑީ އަކީ އަންނީގެ އެޖެންޓެއް ގައުމު ވިއްކާލަން މީނަ އަތުންވެސް ލާރި އަތުލާފަ ވަނީ،

    17
    1
  18. ކޮނބޫ

    ކަދުރު ވަގު އެގިއްެޖެ. އަދިވެސް ފަޅާއަރާނެ
    ެ

    14
  19. ވެރުމާ ބައްޕަ

    މި ކަދުރު ކެއުމުގައި ސަމާލު ވާނއ ޖެހޭ! އެއީ މީނާ އަކީ ރާއްޖެ ދެކެ ރުޅި އައިސްގެން އުޅޭ މީހެއް ކަމުގައި ވާތީ!!!

  20. ލިަމާ

    އަދި ސުޕާރިވެސް ވިއްކާނެ، ނުކުރެވޭނެ އެވެސްކަމެއް

  21. މަންޖެ

    ތިކަދުރު ކާކާ މަފޫހިވެއްޖެ ދެންނުގަންނާނަން !
    ސައުދީ ރަސްގެފާނު ހިލޭ ކަދުރު ބަހާ މިރާއްޖެޔަށް މިފަހަރު ރޯދަމަހު ކަދުރު ބޮޑެތި ސިޕްމަންޓު އާދޭ އަދި އަހަރަމެން ކަދުރުކާނީ ނުގަނެ!

  22. ހާފިޒް

    އިންޑިއަން އެންޑް ޑޯގުސް މިގައުމަކަށް ބޭނުމެ ނުވޭ މި އޮލިއާލިއާގެ ފިޔާތޮށި ފްލޭވަރގެ މިކަދުރު ބޮއިކޮޓް ބޮއިކޮޓް ބޮއިކޮޓް ބޮއިކޮޓް

  23. އރހ

    އެއް ތަނުގައި ވަރުމާ، އަނެއް ތަނުގައި ވެރުމާ