އިންޑިއާގެ ބިލިއަނަރެއް ކަމަށްވާ އަބީޝޭކް ވެރުމާ، ރާއްޖޭގެ ނޫހެއް ކަމަށްވާ 'ދަ މޯލްޑިވްސް ރިޕޯޓް. ކޮމް' އަތުން 100 މިލިއަން ޑޮލަރު ހޯދަން ދައުވާ ކުރަން އެނޫހުގެ އެޑިޓަރުގެ މައުލޫމާތު ހޯދަން ފޭސްބުކްގައިވަނީ ޕޯސްޓެއް ޖަހާފައެވެ. 'ދަ މޯލްޑިވްސް ރިޕޯޓް. ކޮމް' ގެ އެޑިޓަރު މަޢުލޫމާތު ހާމަކުރި 500 ޑޮލަރު ދޭނެ ކަމަށް ގިނަ ބަޔަކަށް އެކަންވީ ބޮޑު ޖޯކަކަށެވެ. ޓީ.އެމް.އާރް ގޮވައިގެން ސަތޭކަ މިލިއަން ޑޮލަރު ހޯދުމަށް ކޯޓަށް ދާން އޭނާ ނިންމިއިރު، ނޫހާ ބެހޭ މަޢުލޫމާތު ހިއްސާ ކުރި ފަރާތަތަކަށް 500 ޑޮލަރު ދޭން ބުނުމުންނެވެ. ނަމަވެސް އެއާއަށްފަހު އަދި ކަން ހިނގާފައިވަނީ ތަފަތު ގޮތަކަށެވެ.

"އިންޑިއާގެ ހަތިޔާރު ވިއްކާ އަބީޝޭކް ވެރުމާއާއި ކުރީގެ ރައީސް ނަޝީދު ބައްދަލު ކުރުމުން ސުވާލު އުފެދޭ" ކަމަށްބުނެ، 'ދަ މޯލްޑިވްސް ރިޕޯޓް' ގައި ޝާއިއިރުކޮށްފައިވާ ރިޕޯޓު ނެރުމާއި އެކު ވެރުމާ އަދި ރާއްޖޭގައި އޭނަ ހިނގާ ކުންފުނި އޮލިއާލިއާ ވަނީ މީސްމީޑިއާގައި ހަރަކާތްތެރިވާން ފަށާފައިއެވެ. އަދި އެކުންފުނީގެ ވެރިޔާ، އަދި ރިޕޯޓް އަމާޒުކޮށްފައިވާ އަބިޝޭކް ވެރުމާ ފޭސްބުކު އަދި ޓުވިޓާ ގައި ބުނީ ޓީ.އެމް.އާރްގައި ވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިޚަބަރު ރާއްޖޭގެ އިތުރު މީޑިޔާތަކަށް އެރިއެވެ.

އެއާއެކު އަބިޝޭކް ވެރުމާގެ ރުޅިގަޑު ޓްވިޓަރގައި ގަދަވިއެވެ. އަދި 'ދަ މޯލްޑިވްސް ރިޕޯޓް. ކޮމް' ހިންގަނީ ރާއްޖޭގައި މަޝްހޫރު ކޮލަމިސްޓެއް ކަމަށްވާ މުހައްމަދު ބުޝްރީ (ކެޔޮނިރު ބުޝްރީ) ކަން އޭނާއަށް އެނގޭ ކަމަށް ބުންޏެވެ. އަދި ފިލާ އޮވެ ދޮގު މައުލޫމާތު ފަތުރާ ކަމަށާއި ވަގުތުން ވަގުތަށް ޓްވިޓަގައި ކޮށްފައިވާ ޕޯސްޓް ޑިލީޓްކޮށްލާ އަދި ޚަބަރު ނެގުމަށް އަބިޝޭކް ބުންޏެވެ. ނޫންނަމަ ރާއްޖޭގެ ކޯޓްތަކާއި ބޭރުގެ ކޯޓްތަކުގައި ދައުވާކުރާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ބުޝްރީ ވަނީ މިކަން ދޮގުކޮށްފައެވެ.

ބުޝްރީ މިކަން ދޮގުކޮށްފައި ވަނިކޮށް ރޭގެ ވަގުތެއްގައި ފެނިގެން ދިޔައީ މުންސިފު ރުޝްދީ ގެ ފޭސްބުކު ސްޓޭޓަސް އެކެވެ. އެޕޯސްޓްގައިވަނީ މުންސިފު ހުރީ ޓީ.އެމް.އާރް ގައި ޝާއިރުކޮށްފައިވާ ލިޔުމުގެ ޒިންމާ ނަގަން ޖެހޭ ޕޮޒިޝަނެއްގައި ކަމަށެވެ. އަދި އޭނާ ދޭން ބުނި 500 ޑޮލަރު ބޭނުން ނުވާ ކަމަށާއި ލޯޔަރު ގޮވައިގެން މަސައްކަތް ކުރިޔަށް ގެންދިއުމަށް އެދޭ ކަމަށްވެސް މިޕޯސްޓްގައި ބުނެފައިވެއެވެ. މި މެސެޖު ކޮށްފައި ވަނީ އާދީއްތަ ދުވަހު ހަވީރު އެވެ. ނަމަވެސް މެސެޖްގެ ޖަވާބު ނުލިބުމުން މުސްނިފުވަނީ ފޭސްބުކްގައި އެޕޯސްޓްގެ ސްކްރީން ޝޮޓެއްލާ ޕޯސްޓެއްކޮށްފައެވެ. މިއާއެެކު އަދި މައުލޫމާތު ދިން ފަރާތަކަށް 500 ޑޮލަރުދޭން ޖެހި ސްޓޭޓަސް ވެސް އޮލައިލާ މޯލްޑިވްސްއިން ވަނީ ޑިލީޓް ކޮށްފައެވެ. އަދި މިހާތަނަށް މުންސިފު އާއި ބެހޭ ގޮތުން ވެރުމާ އެއްޗެއް ލިއެފައެއް ނުވެއެވެ. މައުލޫމާތު އެނގޭ ފަރާތަކުން ހިއްސާ ކުރި ގޮތުގައި މުންސިފަކީ ޔާމީނު ސަރުކާރުގެ ކުރީ ދުވަސްކޮޅު ސަރުކާރުގެ އިސް މަގާމެއްގައި އުޅުއްވާފައި ވާ ފަރާތެކެވެ. ނަމަވެސް އޭނާ އާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ލިބޭގޮތްވަނީ ނުވެފައެވެ.

މިހާތަނުން އުފެދޭ ސުވާލަކީ މުންސިފު ގޮވައިގެން ގެއްލުމުގެ ބަދަލު ހޯދަން އަބީޝޭކް ވެރުމާ ކޯޓަށް ހިނގައިދާނެ ހެއްޔެވެ؟ ނުވަތަ ދޮގު ތުހުމަތު އެޅުވި ކަމުގެ ކުށުގައި އަބިޝޭކް ވެރުމާ ގޮވައިގެން ކޯޓަށް ދާނީ ބުޝްރީ ހެއްޔެވެ؟ "ވަގުތު" އިން މީގެ ކުރިން، "އިންޑިއާގެ ބިލިއަނަރަށް ދިވެހީންގެ އަގަކަށްވީ އެންމެ 500 ޑޮލަރު" މިސުރުޚީގެ ދަށުން ގެނެސްދިން ޚަބަރަކާއި ގުޅިގެން ވަގުތު ގޮވައިގެން ކޯޓަށް ދާނެ ކަމަށްވެސް ވެރުމާވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަލި

    އިންޑިޔާ މީހުންނަކީ އަބަދުވެސް ތިކަހަލަ ތާކުން ތާކުނުޖެހޭ ކަންކަން ކުރާބަޔެއް ދިވެހިން ގެ ބަޔެއް ބޮޑުން ވަނީ އެމީހުންގެ މަޅީގައި ޖެހިފައި، ވޯރާ ވިޔަފާރި ވެރިންގެ އިރުގައި އަދި ފަހުން އިލިޔާސް އިބަރާހީމް އަދި ފަހުން ނަޝީދު އަދި ފަހުން މިސަރުކާރު ވެސް އެމީހުންގެ މަޅީގައި ޖެހިއްޖެ.

    38
  2. މިއެސެއ

    ބިލިޔަނަރަށް ނުލިބުނުތަ އޭނަޔަށް ހެޔޮވަރު ސޫޓޭއްވެސް ؟

    29
  3. ބަފާ

    ޔާމީނުގެ ވެރިކަން ވޯޓުން (މަކަރުން) ނުވެއްޓުނުނަމަ ހަތިޔާރުބޭނުންކޮށްގެންވެސް ނިއްމާލަން އިންޑިޔާގެ ކުލީސިފައިން ތިބީ ތައްޔާރަށް! މިސޮރު އޭނަޔާ ބައްދަލުކުރީ އެބޭނުމުގަ! މިހަގީގަތް ސިމްޑީ ޑީޑީ ޔަށް އގޭނެ.

    26
  4. ބެއްޔާ

    ނޫސްވެރިކަމުގެ މިނިވަން ކަމަށް ގޮވާލާ ރީނދޫ ކުދިންކޮޅު ކޮބާ؟ ގައިމު އިބޫވެސް ބުނި ނޫސްވެރިކަމުގެ މިނިވަން ކަން ހިމާޔަތް ކުރާނަމޭ

    28
    1
  5. ފީކުކުޅު

    ދާނެ، އިންޑިޔާ މީހެއްނު. އެމީހުންނަކީ ތިމާ ދުނިޔެއަށް ގެނައިތީ މައިން ބަފައިން ގޮވައިގެން ކޯޓަށް ދިޔަމީހުން.

    31
  6. މަގޭ ވެސް ޤައުމު

    ކޯޓަށް ގޮއްސިއްޔާ ފްލޭވާރޑް ކަދުރު ރާއްޖެ އެތެކުރުން ބޮއިކޮޓް ކޮށްލާނީ . ނިކަން ދޭބަލަ

    25
  7. ބަކުރުބެ

    ބޮޑު މޮޔައެއްތީ، ގެރިއަކީ ކަލާނގެކަމަށްބަލާ ގެރިގޮރުން ފެންވަރާ އާލާތުންނަށް އެނގޭނީ ކޯޗެއް....ކަލޭ ކޮން ފުއްޕުމެއް ފުއްޕާކަށް....

  8. ބާޒުއަބޯ

    މޮޔަގެރި ބަލި ޖެހިފަ ތިހުރީ އަވަހަށް ފަރުވާކުރޭ..................

  9. ފޯއްބެ

    ކަދުރޭ ނުކިޔާތި އެއީ ޞަދަޤާތު ފަންޑުގެ ރައުސުލްމާލު

    3
    2
  10. ވަތަން ގެ ދިފާއުގައި

    އިންޑިއާ ގެ އުފެއްދުންތައް ގަތުން ހުއްޓަލާ ލަންކާ ، ޕާކިސްތާން، ބަނގްލަދޭސް ، ލާއޯސް، ޗައިނާ، އިންޑޮނޭސިޔާ ފަދަ ގައުމުތަކުން ތަކެތި އެތެރެކުރަން ދިވެހި ވިޔަފާރިވެރިންނަށް ގޮވާލަން.. އަދި ރާއްޖޭގައި ވިޔަފާރި ކުރާ އިންޑިއާ މީހުން ބޭރުކުރުމައްގޮވާލަން

  11. ހުސޭނުބޭ

    ދަޢުވާ ކުރުމުގެ ކުރިން އިންޑިޔާގެ ބިލިޔަނަރު ވެރުމާ އެކު ދެން ވާނީ ޖުނުބުވެރިނޫންތޯ! އޭރުން ފުރަތަމަ ޖެހޭނީ ހިނައިގަންނަން!

  12. ބެއްޔާ

    ކަލޯމެންނޭ..ދެން ތިޔާ ޒާތުގެވާހަކަތައް ލިޔެފާ އިންޑިޔާއައް ނޫސްވެރިކަން ކުރަން ނުވަތަ މެޑިކަލްއައް ނުވަތަ ޗުއްޓީއައް ދިއުން އެހާ ބުއްދިވެރިކަމަކައްނުވާނޭ ކަން މި ބެއްޔާގެ ހިތައް އެބަ ފަހުމްވެއެވެ.

    3
    2
  13. ނުސޭ

    އޯ! މުންސިފު ދޯ؟ 2013އިގަ ދިމާވި މީހެއް. އާދަޔާޚިލާފު މޮޅަށް ދުނިޔެއާ ސިޔާސީކަންކަމަށް ލޯހުޅުވިފަހުރި މައުލޫމާތުުމުއްސަނދި މީހެއް. އިންޑިއާ މިހާ ހަމަ ގޮނޑަކަށްވޢނީ