ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ދަތުރުތަކުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެމްޑީޕީން ކަމަށް އެޕާޓީގެ މަޖިލިސް ސްޕޯކްސް ޕާސަން އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނާ ގުޅޭ ގޮތުން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ ރައީސް އެމްޑީޕީ ކެމްޕޭނަށް ކުރާ ދަތުރުތަކުގެ ކެއުމާއި، ހުރުން އަދި ދަތުރު ހަރަދުވެސް އެމްޑީޕީން ދޭނެ ކަމަށް އަފްޝަން ފާހަގަކުރެއްވިއެވެ. އަފްޝަން މައުލޫމާތު ދެއްވި ގޮތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕޭން ޖަލްސާ މިރޭ ކ. ގުރައިދޫގައި އޮންނާނެއެވެ.

އޭގެ ފަހުން އައްޑޫގައި އެމްޑީޕީން ހިންގާ ކެމްޕޭން ހަރަކާތްތަކެއްގައިވެސް ރައީސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ކުރީ ސަރުކާރުގެ ކެމްޕޭން ޖަލްސާތަކުގައި ރައީސް ބައިވެރިވެވަޑައިގަތް އިރު، އެކަމަށް ދައުލަތުން ހަރަދުކުރާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އޭރު ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނޫން

    ދެން އެމް.ޑީ.ޕީއަށް ޚަރަދުކުރާ އަޑިއަޑިން ސަރުކާރުން. ތިކަން ނޭނގޭނެ މީހެއް ހުންނާނެތަ؟ ސަރުކާރު ހިންގާ ޕާޓީއަށް ސަރުކާރުން ބައި އަޅާނެދޯ؟

    13
    1
  2. މިއަދު

    އެހެންވިއްޔަ ޙަށިފާރަވެރިންގެ ގޮތުގައި ގެންދަވާނީ ކުލީސިފައިންތާ!

    12
    2
  3. ކުޑަ އަލީ

    ހާދަ އަވަހަކަށް ތިޔަބުނީ އެވާހަކަ ކޮބާ ބޭރުގައުމު ތަކުން އެހީގެ ގޮތު ގައި ދިން ބާ އަދިކަމެއް ނުކުރޭ ތިޔަބުނާ ޕާޓީގެ ކުދިންގެ ބެންކް އެކައުންޓެއް ވެސް ހުރިކަމަކަށް ނުވޭ ދެން ކޮންތާކުން ލާރި ހަރަދުކުރަނީ

    4
    1
  4. ވަހީދު

    ހާދަ ބަރާބަރޭ ކުރާހުރިހާހަރަދެއް މީޑިއާގައި ހާމަކުރައްވާތި ތިކަހަލަ ރައީސުން ބޭނުމީ

    5
    10